ބެންކޮކުގެ ޝޮޕިން މޯލްތައް ބަންދުކުރީ އާދިއްތަ ދުވަހުން ފެށިގެން 22 ދުވަހުގެ މުއްދަތަށް. --ފައިލް ފޮޓޯ
21 މާޗް 2020 - 21:27
ބެންކޮކް (މާޗް 21) - ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ހުރިހާ ޝޮޕިން މޯލެއް ބަންދު ކުރަން ނިންމައިފި އެވެ.
ބެންކޮކުގެ ހުރިހާ ޝޮޕިން މޯލްތަކެއް ބަންދުކުރަން ނިންމީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިއަދު ކުއްލިއަކަށް މައްޗަށް ދިއުމުންނެވެ.
ބެންކޮކުގެ ގަވަރުނަރު އަސްވިން ކްވަންމުއާން ވިދާޅުވީ ހުރިހާ ޝޮޕިން މޯލެއްގެ އިތުރުން ބޮކްސިން ސްޓޭޑިއަމްތައް އަދި ސެލޫންތައް ބަންދުކުރަނީ އާދިއްތަ ދުވަހުން ފެށިގެން 22 ދުވަހުގެ މުއްދަތަށް ކަމަށެވެ. މި އަމުރާ ޚިލާފުވާ ފަރާތްތައް އެއް އަހަރަށް ޖަލަށްލުން އަދި 100،000 ބާތު (3،000 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުން ހިމެނެ އެވެ.
ތައިލެންޑުން މިއަދު ވަނީ 89 މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 411 އަށް އަރައިފަ އެވެ. ބަލި ފެތުރުން އިތުރުވެފައި ވަނީ ބޮކްސިން މެޗަކަށް ދިޔަ މީހުންގެ ފަރާތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރފަލަޑޭ
22 March 2020
މިއަދު 200 މީހުން ޕޮޒިޓިވް