ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް: ކޮވިޑް-19 ގެ ސަބަބުން ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އެޕްރީލް 2020 - 14:14
ކޮރޯނާވައިރަހުން ރައްކާތެރިވާން ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދެވެ. ހިތްހަމަޖައްސާލަން ބޭރަށް ގޮސް އުޅުން ވެސް ހިއްޓާލަން ޖެހޭ މި ދަނޑިވަޅު ފޫހިނުވެ، ފޮތެއް ކިޔާލަން ހޭދަކޮށްލަމާ ހެއްޔެވެ؟ "ނޭޝަނަލް އެމަޖެންސީ ލައިބްރަރީ" އަކީ އެފަދަ ކަމަކަށް އެންމެ ރަނގަޅު އެއް ވަސީލަތެވެ.
މީގެ ގަރުނެއް ކުރިން ފެށިގެން މިދިޔަ އަހަރާ ހަމައަށް ޝާއިއުކުރި ފޮތްތަކުގެ ތެރެއިން 1.4 މިލިއަން ފޮތާއި ތަފާތު އެކި ލިޔުންތަކާއި ވީޑިއޯތަކާއި ފޮޓޯ، އެމެރިކާގެ "އިންޓަނެޓް އާކައިވް" ނަމަކަށް ކިޔާ ޖަމިއްޔާއިން ހިންގާ އެމަޖެންސީ ލައިބްރަރީގައި ހިލޭ ލިބެން އެބަ ހުއްޓެވެ.
ކިޔަވައިދޭން ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ތަފާތު އިލްމީ ދިރާސާތަކާއި މުހިއްމު ފޮތްތައް މަދެއް ނޫނެވެ. އޭގެ ތެރޭގައި ދަރިވަރުން ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދެވޭނެ ގޮތްތަކާއި ސާނަވީ ގްރޭޑުތަކުގެ ދަރިވަރުންނަށް ފިލާވަޅު ނަގައިދޭން ބޭނުންކުރެވޭނެ ފޮތްތައް ވެސް ހިމެނެ އެވެ.
For students, teachers and avid readers, here is a link that gives free access to 1.4 million digital books.https://t.co/0LPm6w11Ti
— Aishath Ali (@aisthly) March 29, 2020
އެކި ސްޓްރީމްތައް ކިޔަވާ ދަރިވަރުންނަށް، އެކި މާއްދާތަކުގެ އެންމެ ފުރިހަމަ މައުލޫމާތު ވެސް، އެމަޖެންސީ ލައިބްރަރީން ލިބެ އެވެ.
ސައިންސްގެ އެކި ހޯދުންތަކާއި އިންސާނުންގެ ހަށިގަނޑާއި ތަފާތު ޖަނަވާރުތަކުގެ އިތުރުން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އިނގިރޭސި ފޮތްތައް ވެސް އެ ވެބްސައިޓުގައި ހިމެނެ އެވެ.
އިނގިރޭސި ފޮތްތަކުގެ އިތުރުން ދިވެހި ވާހަކަ ކިޔުމަށް ޝައުގުވެރިވާ މީހުންނަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) ގެ ވެބްސައިޓުން މަރުހަބާ ކިޔާނެ އެވެ. ޔުނިސެފާއި ގުޅިގެން ހިންގި ޕްރޮޖެކްޓެއްގެ ދަށުން އެންއީއައިގެ ވެބްސައިޓުގައި އާއްމުކުރި ލިޔުންތައް މައިގަނޑު ގޮތެއްގައި ހުރީ ގްރޭޑު 1-8 ގެ ދަރިވަރުންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށް ހާއްސަ ފޮތްތައް އެބަހުއްޓެވެ.
ކުރިއަށް އޮތް ތަނުގައި އިތުރު ލިޔުންތައް އެ ވެބްސައިޓުގައި އާއްމުކުރާނެ ކަމަށް އެންއީއައިން ބުނެ އެވެ.
އޭގެ އިތުރުން އޭޝިޔާ ފައުންޑޭޝަންގެ letsreadasia.org އަކީ ވެސް، މި ދުވަސްވަރު ދަރިވަރުންނަށް ލިބޭނެ އެހީ އެކެވެ. އެ ވެބްސައިޓުގައި އޭޝިޔާގެ އެކި ބަސް ބަހަށް ވަނީ ކުޑަކުދިންގެ ވާހަކަތައް ތަރުޖަމާކޮށްފަ އެވެ. އޭގައި ދިވެހި 60 ފޮތާއި އިނގިރޭސި 3،000 ވާހަކަ މިހާރު ވެސް ޝާއިއުކޮށްފައި ވެ އެވެ.
Click the link below to download our digital stories while you stay at home and enjoy! 😁 https://t.co/GEPY59xd2K
— Ministry of Education (@MoEdumv) March 30, 2020
Copyright © 2024 Mihaaru · Terms and Conditions · Privacy Policy