މީހަކު ފޯނަކާ ކުޅެނީ: ފޯނުގެ ސިގްނަލް ވަރުގަދަ ކުރަން ބޫސްޓަރު ހަރު ނުކުރަން ވަނީ އެދިފައ- -- ފޮޓޯ/މިހާރު
07 އެޕްރީލް 2020 - 12:53
މޮބައިލް ފޯނުގެ ސިގްނަލް ރަނގަޅު ކުރަން އަމިއްލަ އަށް ބޫސްޓަރާއި ރިޕީޓަރު ހަރު ނުކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން އަންގައިފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ފޯނުގެ ސިގްނަލް ރަނގަޅު ކުރުމަށް ބައެއް މީހުން އަމިއްލަ އަށް ބޫސްޓަރާއި ރިޕީޓަރު ހަރުކުރަމުންދާ ކަމަށެވެ. އެކަމަކު، އެގޮތަށް ހެދުމުން އެ ތަނެއްގައި ފޯނުގެ ސިގްނަލް ވަރުގަދަ ވިޔަސް، އެ ސަރަހައްދުގެ އެހެން މީހުން މޮބައިލް ފޯނު ބޭނުން ކުރަން ގިނަ ދަތިތައް ކުރިމަތިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެހެންވެ، ސިގްނަލް ހޯދުމަށްޓަކައި ބޫސްޓަރާއި ރިޕީޓަރުު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލަ އަށް އިންސްޓޯލް ނުކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީން އެދެ އެވެ. އަދި ސިގްނަލް ލިބުމުގައި މައްސަލައެއް އުޅޭ ނަމަ، އެކަން މޮބައިލް ޚިދުމަތް ދޭ ކުންފުނިތަކަށް އެންގުމަށާއި އެކަން ހައްލު ނުވާ ނަމަ، އެ އޮތޯރިޓީ އަށް އެކަން ހުށަހެޅޭނެ ކަމަށް ބުންޏެވެ.
ސިގްނަލް ރަނގަޅު ކުރަން އަމިއްލަ އަށް ބޫސްޓަރު ހަރު ނުކުރަން ކޮމިއުނިކޭޝަން އޮތޯރިޓީން އިލްތިމާސް ކުރިއިރު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެދުމުގެ މަތިން އިންޓަނެޓް ޚިދުމަތް ދޭ ކުންފުނިތަކުން ވަނީ އިންޓަނެޓްގެ އަގު ހެޔޮކޮށް، އެކަމުގައި އިތުރު ލުއިތަކެއް ދޭން ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަފި
08 April 2020
ޤާނޫނުގެ ފުރަތަމަ ޕޮއިންޓް (ޓެލެކޮމިއުނިކޭޝަން ގެ ޚިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކެއް ކަމުގައި ހެދުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ އަގެއްގައި، ހަރުދަނާ އަދި އިތުބާރުހުރި ގޮތަކަށް ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖު ތިމާޢީ ބޭނުންތަކަށް ފުދޭ ގޮތެއްގެމަތިން، ރަނގަޅު ފެންވަރެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެދުން
ދޮންރަހާގެ މުހައްމަދު
08 April 2020
ސަރުކާރުން އެހެންބަޔަކައް ލައިސަންސްދީ އަގުކުޑަކުރަން ށަރުތުކުރަންޖެހޭ ދިރާގަކީ ރޯމާދުވާލު ވައްކަންކުރާ މާޒީގަ ދިވެހިންގެލޭބޮއެފަ މަސްޖަހާ ވަރުގަދަވެފަ ހުރިބަޔެއް
ދަވާލި19
08 April 2020
އެހެން ވެއްޖެއްޔާ ވަރުގަދަޔައް ސިގުނަލް ދީބަލަ ނުދެވޭނަމަ ލިބޭގޮތަކައް ހޯދާނެ ހޯދާނަން
ރަންދެލި
08 April 2020
ކޮމިއުނިކޭޝަންސް އޮތޯރިޓީ: ގަދަ ނިދީގަ އޮތް މުއައްސަސާ އެއް. މިއިން ދުވަހަކު މީ ތިބި ބައެއް ކަން ވެސް ނޭނގޭ. ސިގްނަލް ނުލިބިގެން އެތއް އަހަރެއް ވަންދެން އުޅެފިން. އަދިވެސް ބޫސްޓަރެއްވެސް ނުލިބިގެން މި އުޅެނީ. ކޮން ވައްތަރެއްގެ ބޫސްޓަރެއްތް އެނެ ރަނަގޅީ. އެގޭ ކުއްޖަކު ބުނެދީބަލަ. ދަންނަވަން އޮތީ އާދޮނގޭ އޭ! ހަމަ ބަހައްޓާނަމޭ.
ޞޮކި
07 April 2020
ކުރާނަން.
އެންދެރި
07 April 2020
ރޭން ޖް ލިބޭ ގޮތް ހަދާ ދީބަލަށެވެ. އެންމެ މަހަކުވެސް ބިލް ނުދައްކާ ނުހުންނަމެވެ. އެކަމު ހިދުމަތް ނުލިބެ އެވެ.
ހާޖި
07 April 2020
މިހާރުވެސް ތިއޮތީ ސިގްނަލް ނުލިބޭތަންތަންތަން އެނގިފައެއްނު
ހޭބަލިމިތުރު
07 April 2020
ހިދު މަތުގެ ފެންވަރު ރަނގަޅުކުރު މަށާ ތަ މްރީންތަކުގަ ބޭނުންކުރުމައް ތިޔަކޯލް ރެކޯޑްކުރެވިދާނެ. ކޯލްރެކޯޑްކޮއްގެން ހިދުމަތް ރަނގަޅުވާނަމަ އަމިއްލަޔައް ބޫސްޓަރ ހަރުކުރާކައް ނުޖެހުނީސް. އަދިވެސް ހިދުމަތް ރަނގަޅުވާވަރައް ކޯލްރެކޯޑްނުވަނީތޯ؟.
ހޭބަލިމިތުރު
07 April 2020
ރޭންޖް ނުލިބެންޏާ އަހަރެމެންނައް ވީގޮތަކައް ރަނގަޅުކޮއްގެން ބޭނުންކުރާނަން. ދިރާގާ ކޮ މިއުނިކޭސަން އޮތޯރިޓީތިބޭ މޭޒުދަށުން ދަށުންދަ މާކުޅެން.
ހޭބަލިމިތުރު
07 April 2020
ތިޔޮއް ދިރާގަކައް އާދޭސްކުރާތާ 3 އަހަރައްވުރެ ގިނަވީ، ރޭންޖް ނުލިބޭ، ސްޕީޑްނުލިބޭ، ދިލްބަހާރު މަގު މާކަރީގެ ހިސާބުން ފެށިގެން ކުދީނާގޯޅި އާއިހަމަޔައް އަދި ކުދީނާގޯޅީގެ ތެރޭގަހުރި ގެތަކައް ރޭންޖްނުލިބޭ، ޑޭޓާސްޕީޑް ދައްކަމުން ބޭނުންނުކުރެވޭ. ދިރާގައް ރިޕޯޓުކުރެވިއްޖެ ހާސް ފަހަރު. ވީކަމެއްނެތް.