13 އެޕްރީލް 2020 - 08:35
މީގެ 32 އަހަރު ކުރިން ރިލީޒްކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޝެހެންޝާހް" ގެ ރިމޭކެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ފިލްމުގެ ޑައިރެކްޓަރު ޓިނޫ އާނަންދާ ހަވާލާދީ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ 1988 ގައި ގެނެސްދިން "ޝެހެންޝާހް" ގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. އަދި ފިލްމާ ބެހޭ މައުލޫމާތުތައް ރަސްމީކޮށް ހިއްސާކުރާނީ ކޮރޯނާވައިރަހާ ހެދި ހުއްޓުމަކަށް އައިސްފައިވާ ފިލްމީ މަސައްކަތްތައް އަލުން ފެށުމުން ކަމަށް ޓީނޫއާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.
އެކަމަކު "ޝެހެންޝާހް" އަމީތާބް ކުޅުނު ކެރެކްޓާ ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން އޭނާ އެއްޗެއް ނުބުނި ނަމަވެސް، ބައެއް މީޑިއާތަކުން ބުނީ ރަންވީރު ސިންގްއާ އެކު މަޝްވަރާތަކެއް ކުރިއަށްދާކަން އެނގިފައިވާ ކަމަށެވެ.
އަމީތާބް ވަރަށް ތަފާތު ކޮސްޓިއުމެއް ބޭނުންކުރި އަދި ފުލުހެއްގެ ރޯލް ކުޅުނު ފިލްމުގައި ބަތަލާ އަކީ މީނާކްޝީ ސެޝަދާރީ އެވެ. އަދި "ޝެހެންޝާހް" ގެ ވިލަން އަކީ އަމްރިޝް ޕޫރީ އެވެ.
ފިލްމުތައް ވެސް ކުޅޭ ޓީނޫ، 74، އަމީތާބާ އެކު ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 1998 ގެ "މޭޖާ ސާހަބް" އާއި 1989 ގެ "މޭ އާޒާދު ހޫނ" އާއި 1981 ގެ "ކާލިއާ" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަބު
13 April 2020
ކުރީގެ ފިލްމުތަކުގެ ނަން ބޭނުން ކުރިއަސް އެ ފިލްމުތަކާ އެއްވަރުނުވާނެ. އެ ފިލްމުތައް މިހާރުގެ ޒުވާނުންނަށް ކަމަކުނުދާނެ. މޮޅުގޮތަކީ އެދުވަސްވަރަކަށް ފެތޭގޮތަށް ފިލްމު އުފެއްދުން. ޝެހެންޝާހް،ޑޯން،ތްރިޝޫލް، އަމަރު އަކްބަރު އަންތޮނީ،ދީވާރު،ޒަންޖީރު،އާޚިރީ ރާސްތާ،ޕަރްވަރިޝް،ކާލިއާ،ލާވާރިސް،މުގައްދަރުކާ ސިކަންދަރު،ނަމަކް ހަލާލު ފަދަ ފިލްމުތައް ނިކުތް އިރު އެ ފިލްމުތައް ބެލި އަދަދުވެސް ނޭގޭ. އެކަމަކު ޚުދު މިހާރު އެ ފިލްމުތައް އެހާބަލާހިތްނުވޭ.