ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ބްރީފިން ގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ.---ފޮޓޯ؛ ހުސައިން ވަހީދު/މިހާރު
15 އެޕްރީލް 2020 - 22:06
ކޮވިޑް-19އާ ގުޅިގެން މުޅި ގައުމު ކުއްލި ހާލަތަކަށް އައިސްފައިވާ މި ދަނޑިވަޅު ދައުލަތާއި ރަައްޔިތުންގެ މުދަލަށް ގެއްލުންދީ މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އެކަކު އަނެކަކަށް އަޅާލާ އިންސާނިއްޔަތު ކަމުގެ ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު ކަމަށެވެ. އަދި މިފަދަ ދަަނޑިވަޅެއްގައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަކީ ނުބައިކަން ބޮޑު އަމަލެއް ކަމަށާއި އެފަދަ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
Ekaku anekakah eheetherive alhaalaa insaaniyyathukamuge mathiveri sifathah emme bodah dhakkanvee vaguthu rayyithunnaa dhaulathuge mudhalah gellundhee mujuthamauga biruverikan ufadhan masahkayi kurumakee nubaikan bodu kameh. Mifadha kankamah alhugandumen furusathu nudheynan iA.
— Imran Abdulla (@ShimranAb) April 15, 2020
މިނިސްޓަރު މހެން ވިދާޅުވެފައި ވާއިރު، އދ. މަހިބަދޫގައި އަޅާފައި އޮތް ލޯންޗުތަކެއްގައި މިއަދު ހެނދުނު ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ސަލާމަތީ ހިދުމަތްތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވެއެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެކޭ ބުނެވިދާނެ ފަދަ އަމަލަކާ ވަރަށް ގާތް އަމަލެއް ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.
މަހިބަދޫގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އަމިއްލަ ފަރާތެއްގެ ދެ ލޯންޗު ކަމަށްވާ އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބީތށ އިމްރާން
16 April 2020
ފުރަތމ ވެސް މެލޭޝިއާއިން އާއިލާ އަށް ފުލައިޓުން ޖާގަ ހޯދާދިނީ
ތެދުބަސް
16 April 2020
ދައުލަތުގެ ޓީޥީ ހިސޯރުކޮށް، މުވައްޒަފުންނާއި މުޅި ބިރުވެރިކަމުގެ ރެތެއަށް ވައްޓާލާ، މިބޭފުޅާ އުޅުނު ހުތުރު ގޮތް ދިވެހިން ހަނދާނެއް ނުނެތޭނެ
ނަސީމް1
16 April 2020
ރާއްޖޭގައޮތް އެންމެ އަގުބޮޑު ރިސޯޓެއްގެ ވިލާއެއް އަންދާލީ. ފަހު ދުވަހު ލ.އަތޮޅު ރަށެއްގެ ފަޅުގަ އަޅާފައޮތް ސިފައިންގެ ލޯންޗެއް ރޯކޮށްލާފަ ބަޔަކު އެކަމުގެ ޒިންމާނެގީ.. އެފަހުން ފުލު ފުލުން އަލިފާނުގެ ހާދިސާ ހިންގަނީ ގަސްތުގަ ބަޔަކު ކަން އެގޭއިރު އެބަޔަކު އަތުނުވާކަމީ ފެއިލިޔަރއެއް.
ސަސި
16 April 2020
ބޮޑެތި ސުރުހީތަށް އެޅުން ނޫން ކަމެއް މަނިކުފާނު އެބަ ކުރަންތޯ؟
އެމްޑީޕީމީހާ
16 April 2020
ރޔާމިންގެ ވެރިކަން ވައްޓާލަން މަނިކުފާނު ރައްއިތުންގެ ކުރިމަތީގަ ހެދި ބުހުތާން ދޮގުތައް އަދިވެސް ދިވެހިން ހަދާން އެބަހުރި.
ޝޮކްތެރަޕީ
16 April 2020
މަނިކުފާނައްވުރެ ގިނައިން ބިރުވެރިކަން އުފެއްދި މީހަކު މިޤައުމުގަ ނެއް.
ވަތަން އިސްކުރަންޖެހޭ
16 April 2020
މަގާމުގެ ދަހިވެތިކަމުގަ މުޅިންވެސް އުޅުއްވަނީ. ރޔާމިން މަގާމު ނުދިނީމަ ރޔާމިން ވެރިކަން ވައްޓާލަން އުޅުނީ.
މަންޑޭލާ
15 April 2020
މިހަރުން މިހާރަ މިމީހަ މަގާމުން ބާލާ.
ބަޖިޔަ
15 April 2020
މިހާބޮޑު ކަމެއް މިނިންމާލީ ޓުއިޓަކުން.
BOUJEEX
15 April 2020
ހޮރުހޮރުގައި ފިލާތިބި މީދާތައް އުފަލުން ހޮރުން ނިކުމެ ޗުކްޗުކް ލައްވަންފެށީދޯ؟ މިބަލި ރާއްޖެއަށްނައިސް ސަރުކާރަށް ކަންބޮޑުވެގެން ބޭރުގައި ތިބިހާ ބަޔަކު ގެނެސް ބަލިފެތުރީ.