23 އެޕްރީލް 2020 - 17:19
އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު އާއްމުންނަށް މިއަދުން ފެށިގެން ބަހަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި ފަހަރު ބަހާނީ މިިދިޔަ އަހަރު ރަޖިސްޓަރީ ވެފައިވާ ފަގީރުންގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ބެހުމަށް ފަހު ބާކީވާ ކަދުރު ކަމަށެވެ. ފަގީރުންނަށް ބެހުމަށް ފަހު ދެން ކަދުރު ބަހާނީ ބަލައި މީހުން ދާ ތަރުތީބުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކަދުރު ބަލައިދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހެ އެވެ.
ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.
މާލެ އާއި ވިލިމާލޭގައި ކަދުރު ބަހަނީ ސިޓީ ކައުންސިލުންނެވެ. ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. ރަށްރަށުގައި އެ ރަށެއްގެ ކައުންސިލުންނެވެ.
ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 5:00 އަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ކަދުރު ދޫކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސައުދީން ހަދިޔާ ކުރީ ކިހާ އަދަދެއްގެ ކަދުރު ކަމެއް މިނިސްޓްރީން ނުބުނެ އެވެ. މިިދިޔަ އަހަރު 50 ޓަނުގެ ކަދުރު އެ ގައުމުން ރާއްޖެ އަށް ހަދިޔާ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ނަޝީދު ޢުމަރު
25 April 2020
50 ޓަނަކީ 50 މިލިއަން ގްރާމް. 5 ލައްކަ މީހުނަށް ބެހިޔަސް މީހަކަށް 100 ގްރާމް ލިބޭނެ. ޖުމްލަ ލިބުންވަރު ހާމަކުރަންޖެހޭ. ވީއެންމެ އިންސާފުވެރިކޮށް ތިކަންކުރުމަށް ގޮވާލަން.
ޑޮންޑޮންފުޅި
23 April 2020
ސައުދީން ހަދިޔާ ކުރީ ކިހާ އަދަދެއްގެ ކަދުރު ކަމެއް މިނިސްޓްރީން ނުބުނެ އެވެ. އެ ކީއްވެ؟ ތަންކޮޅެއް ހާމަކަން ބޮޑު ގޮތަކަށް މިކަންކަން ކުރަންވެއްޖެއެއްނު.
ރައްޔަތުމީހާ
23 April 2020
މިއީ ރައްޔަތުންނަށް ކޮށްފަ އޮތް މަލާމާތެއް. ލޮކްޑައުން ގައި ގޭގަ ތިބޭށޯ ކިޔާފަ މިބުނަނީ ކަދުރު ބޭނުމިއްޔާ ބަލާ އަންނާށޯ؟ އަހަރުމެންގެ ޕަކެޓް މިދިމާލަށް އެއްލަންވީ ނޫންތޯ؟ އޭރުން ހިފާނަން.
ާަަަަައަހުމަދު
23 April 2020
ކަދުރާއެކު ޓެސްޓްކިޓްކޮޅެއްވެސް ފޮނުވިނަމަދޯ؟ ):
މުހައް މާދު
23 April 2020
ކަދުރު ބަލާ ވައްދަނީ މުލިއާގެ ކޮންދޮރާއްޓަކުންތޯ؟ ފަސްޓްލޭޑީގެ އަތްޕުޅުންތޯ ބައްސަވަނީ؟ އެއީ ކުރީގެ ފލޭޑީވެސް ޢަ މަލީގޮތުން އުޅުއްވި ވީއްޔާ.
ވައިސޫރި
23 April 2020
މިފަހަރު މެޑަމުގެ ސޮދަގާތު ފައުންޑޭސަނުގެ ފަރާތަކުން ކަދުރެއް ނުބައްސަވާތޯއެވެ
މަޖޫރީން
23 April 2020
ސައޫދީން ތިކަދުރުތައް އެމީހުން މަރަމުން ގެންދާ ޔަމަނުގެ ކުޑަކުދިންނާ އަންޖެނުންނަށް ދިނިއްޔާ މާތާހިރުވާނެ.
ކުދުބެއްޔާ
23 April 2020
ސައުދީ އަރަބިއާއިން ދިވެހިންނަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމުން 45 ޓަނު ބަހަން ނިންމީ، ސުވާލަކީ އަނެއް 5 ޓަނު ކަދުރު އެއީ ދިވެހިންނަށް ދިން އެއްޗެއް ނޫންހޭ، އެ 5 ޓަނު ކަދުރަށް ހަދަނީ ކިހިނެއްހޭ
Hera Pheri
23 April 2020
ގެނައި ވަރެއް ނުބުނޭ އަދި. ހަދާނެ ގޮތެއް ނޭގެ. ޒީރޯ ޓޮލަރަންސް
އަބްދުއްالله
23 April 2020
ސޫދީގަ ކޮވިޑު ވަރަށް ގިނަ. ކީއްވެގެން ކަދުރުތައް އެއްކޮށް ކަރަންޓީނު ނުކުރީ؟ ލިލީ އަށް އެއް ގަވައިދެއް، ސޫދީއަށް އެހެން ގަވައިދެއް ދޯ؟
ރަދީފުގެދަރި ކުމާރު
23 April 2020
ކަދުރު ބަލާދާތަނުން ހިފާހައްޔަރުކޮށް ފުރަބަންދުކޮށްފިއްޔާޔޯ، ދެން ކިހިނެއް ހަދާނީ؟