ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
25 އެޕްރީލް 2020 - 21:31
ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން އޯވަޑްރޯ ކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދޭނީ އިގްތިސާދީ ހާލަތު ވަރަށް ގޯސްވީމާކަން ގަބޫލުކުރަންޖެހޭ ކަމަށާއި މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކަ އަށް ލިޔެފައިވާ ޚަބަރެއް ޓްވިޓްކުރައްވައި އުޝާމް ވިދާޅުވީ އޯވަޑްރޯ ކުރުން ފިޔަވައި ސަރުކާރަށް މިވަގުތު ކުރެވޭނެ ކަންތައްތަކެއް ހުރި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ އުޝާމް އެ އިޝާރާތް ކުރެއްވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ބޮޑެތި މައްސަލަތަކުގެ ސަބަބުން އުފެދިފައިވާ ހާލަތަށެވެ. މިހާލަތުގައި ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދަރަންޏަށް ފައިސާ ނެގުމަށް ނުވަަތަ "ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް" ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނޫގެ ބައެއް މާއްދާތައް ސަސްޕެންޑްކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ހުއްދައިގެ ދަށުން ނަގާ 4.2 ބިލިއަން ރުފިޔާ ބޭނުންވަނީ ކޮން ކަންތައްތަކަށް ކަން އެނގޭނެ ތަފްސީލް ކަރުދާހެއް ވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.
އުޝާމް ވިދާޅުވީ ސަރުކާރަށް އެނޫން ގޮތެއް ނެތް ކަމަށާއި އެކަމުގައި ސަރުކާރަށް އެހީތެރިވާން ޖެހޭ ކަމަށެވެ.
"ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން އޯވަޑްރޯކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދޭނީ އިގްތިސާދީ ހާލަތު ވަރަށް ގޯސްވީމަކަން ގަބޫލުކުރަންޖެހޭ. މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު. އޯވަޑްރޯކުރުން ފިޔަވައި މިވަގުތު ސަރުކާރަށް ވެސް އިތުރު އޮޕްޝަންތަކެއް ހުރިކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގެ ބަހުސްގައި ހަސަން ލަތީފް މިއަދު ވިދާޅުވީ ސަރުކާރަށް ކުރިމަތިވި މާލީ މައްސަލަތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރީ މާ ލަހުން ކަމަށެވެ. އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލައިގެ ބޮޑުކަން ސިފަކުރައްވަމުން، ފިނޭންސްް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
މިއަދުގެ ޖަލްސާގައި ހަސަން ވިދާޅުވީ އިގްތިސާދު އެ ހާލަތަށް ދިއުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އެ މައުލޫމާތު ދޭންވާނެ ކަމަށެވެެ.
"ރާއްޖޭގެ އިގްތިސާދު ވެންޓިލޭޓަރުގައި އޮތް އިރު، އަޅުގަނޑުމެން އެއްވެސް މީހަކަށް އެކަން ސަރުކާރުންް އަންގާލާފައި ނެތީމާ ދެން އެ ކުރެވުނު އިހްސާސް. އެކަމަކު މި ދަންނަވަނީ މި ގައުމުގެ އިގްތިސާދުގެ ވާހަކަ ވިއްޔާ. އަޅުގަނޑުމެން ވެސް ހަމަ ދިރި މި ތިބީ މި ދުނިޔޭގައި އަދި. އަންގާލަން ވާނެ ނޫންހޭ އަޅުގަނޑު ހިތަށް އަރަނީ،" ހަސަން ވިދާޅުވި އެވެ.
ސަރުކާރުން އެދުނު ގޮތަަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމުން ލަސްވާ ކަމަށް ވިދާޅުވެ، އިއްޔެ ވެސް ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު1
26 April 2020
ސަރުކާރަށް އެހީވާން ގޮވާލާއިރު ބޮސްކާލިސް އާ ކޮށްފައޮތް ކޮރަޕްޓް 50 މިލިއަން ޑޮލަރުގެ ޑީލް އުވާލާ ގުޅިފަޅު ހިއްކުން މިވަގުތަށް ހުއްޓާލަން ކިހިނެތްތޯ ވާނީ؟ ބޮޑު ބްރިޖެއް އަޅަން ތިކުރަމުންދާ ޚަރަދުތައް ހުއްޓާލަން ކިހިނެތް ތޯވާނީ؟ މިދައްކަނީ ސަރުކާރު ބަޖެޓުން ޚަރަދުކުރާ 1 ބިލިއަނަށް ވުރެގިނަ މިވަގުތު ކުރަން ނުޖެހޭ ޚަރަދެއްގެ ވާހަކަ. މިކޮންޓްރެކްޓްތައް އަދިވެސް އެދަނީ ކުރިއަށް.
ާމަސްވެރިޔާ
26 April 2020
ކޮބާތަސަރުކާރު މަސްވެރި ސިނާތްތައް. ދުވަހަކކުރިއެއް ނާރާ. ފެލިވަރުވެސް ފަހަތައް. މުސާރަތައް އެހާބޮޑު...ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. އަމިއްލަ މަސްކުންފުނިތައް ކުރިއަށް ދަނީ. ތަން ހަމައަކަށް އަޅުވާ..ގާބިލް މީހުން ލާ. ފައިސާ ލިބޭނެ އޭރުން..
ޢިބޫ
26 April 2020
މިދަނޑިވަޅުގަ އުޅޭނެ ވަރަށް ހެޑްލައިން އަތުޖެހޭތޯ.
ޟާސް
26 April 2020
މިއަދު މިއޮތީ ފާއިސާ ހޯދަން އެނގެންޖެހިފައި. އެކަން ނުކުރެވޭނެ ކެބިނެޓްގައި ތިބި ގިނަ މީހުންނާއި އެކު. ވެރިކަމަށް އައިއިރު ކުޜީގައި ކުރެވިފައި ހުރި ބުރަމަސައްކަތް ތަކުން އޮޓޯއިން ސަރްކާރަށް ފާއިސާ ވަންނަ ނިޒާމެއް އޮތީ ޤާއިމް ކުރެވިފައި.. ޤައުމުގައި ތިބި އެންމެ ބާރަށް ހަޅޭލަވާ މީހުންނަށް ރައްޔަތުންގެ ފުއްދުންތެރި ކަމާއި ގުޅޭ ވުޒާރާތަށް ހަވާލް ކޮށްގެން މި ޤައުމު ވާނީ ހަފުސް. ބަދަލް ދޭށޭކިޔާފަ ކިތަށް ސަތޭކި މިލިޔަން ބަހާލީ
ފަންއޮޑި
26 April 2020
އަޅޭ ޙަސަނުމެންނަށް ފެނޭތަ ހެއުވިސްނޭ ވަޠަން އިސްކުރާމީހުން ޙަސަނުމެން ތިހައުޅޭ ގޮތުން ލަދުގަނޭ އަބަދުވެސް ކޮޅުކޮޅުގަ ހިފައިގެން ވަގުތުނަގާލާ ބޭކާރު އަނގަތަޅާ ކައިގެންނޭ ފުރާނީ ނުކައްޔެއް ނުފުރާނަމޭ މ ކޮންވާހަކައެއްތޯ؟އަޖައިބުވެ އަންތަރީސް ވަން
ޕޮގުބަ
26 April 2020
އަދިވެސް ރަށްޔިތުންފެލާ ޚިޔާލު ސަރުކާރުން ގެންގުޅެނީ ދައުލަތު ރިޒާވް ދޮވެލާފަ ރަށްޔިތުން ނުފެލާ ޔާމީން ވެރިކަމުން ބޭލިއިރު ދައުލަތުގެ ރިޒާވް ގަހުރި 800 މިލިޔަން ޑޮލަރ މިކަމެއްޖެހުނުއިރު ހުރީ 260 މިލިޔަން ޑޮލަރ މުޅި ގައުމުހަލާކުކޮށް ދައުލަތުގެ ރިޒާވް ދޮވެލައިފި
ހޯރަބޭ
26 April 2020
އެމްޑީފީ 65 މެންބަރުން ތިބެ ރަށްއިތުންނަށް މިހާ ހަރާންކޯރުވި ބަޔަކު ނުދެކެން. ސަރުކާރަށްބަވާ ވެންޓިލޭޓަރ ރޭ ބައުންސް ޗެކޭ ކިޔާކަން ލަދުގެ ކަންފުޅެއްވެސް ނެތް. މި އުޅެނި ރަށްއިތުންނަށް މުސާރަދީ ރަށްއިތުންގެ އަސާސީ ހިދުމަތް ދެވޭނި ރުފިޔާ ނެތިގެންނޭ. އިބުރާހިމް މުހަންމަދު ސޯލިހު އެކައުންޓަށް ލާކަށް ނޫނޭ 4 ބިލިޔަން ހޯދަށް މި އުޅެނި.
އާރީ
26 April 2020
ހަސަންލަތީފް މެން އުޅޭގޮތުން ހީވަނީ އިދިކޮޅު ފާޓީ މީހުންހެން ލަދުން ބޯހަލާކުވާވަރުވޭ މި މީހުންނަށް ސަފޯޓްކޮށް އުޅެވޭތީވެސް
ކުނޫޒު
26 April 2020
އަދިވެސް ސަރުކާރަށް އެހީ ނުވެވިގެން ތަ ތިއުޅެނީ!ގައުމުގައި މިހާތަނަށް ފާސް ނުކުރާ ވަރުގެ ބޮޑު ބަޖެޓެއް 36ބިލިޔަން ފާސް ކޮށްގެން ތިއުޅެނީ،ރައްޔިތުން ނަށް ފެންނާކަށް ނެތް ކުރި އެއްކަމެއްވެސް،ގެއްލުމުގެ ބަދަލު ދިނުން ފިޔަވާ،އެވެސް ޕާޓީ ގެ ހިއްސާދާރުންނަށް،މި ހީވާ ކަހަލަ ތިމާމެންގެ މައިންބަފައިން ގެ ތަރިކަ މުދަލޭ ބަހާ ހުސްކުރަން،ބަލަ ސަރުކާރުން ނޭ ރައްޔިތުން ނަށް އެހީ ތެރިވާންވީ،އެމީހުން ބިކަވެ މިހާރު ނިމިދާން ތައްޔާރީ ހާލަތު ގައި ހުރީ،
ސިމްޕަލް
26 April 2020
މިއީ ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަން ބޭނުންވާ ކަންތަކަށް އެހީތެރިވާންވީ ވަގުތު. އެ އެހީ ވެވެނީކީ ސަރުކާރަކަށް ނޫން. މިގައުމުގެ ރައްޔިތުންނަށް.