ވިލާ ގޭހުގެ މުވައްޒަފުންތަކެއް، ގޭސްފުޅި ތަކަކާ އެކު--ފޮޓޯ: ވިލާ
30 އެޕްރީލް 2020 - 15:19
ވިލާ ގޭހުން އޮންލައިންކޮށް ގޭހަށް އޯޑަރު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިފި އެވެ.
ވިލާ ގޭހުން ބުނީ، މިގޮތަށް ނިންމީ، މި ދުވަސްވަރު ލިބޭ އޯޑަރުތައް ގިނަވެ، ކަސްޓަމަރުންނަށް އެ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅުމުގައި ދަތިތައް ދިމާވާ އިރު މިގޮތަށް އޮންލައިންކޮށް އޯޑަރު ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުން ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެތީ ކަމަށެވެ.
Villa Gas
ވިލާ ގޭހަށް އޯޑަރު ދެވޭނެ ލިންކް
ވެބްސައިޓުގެ އިތުރުން ވިލާ ގޭހުގެ އެޕް ޑައުންލޯޑް ކޮށްގެން ވެސް ގޭހަށް އޯޑަރު ދެވޭނެ އެވެ. އެހެންކަމުން ކޮމްޕިއުޓަރުގެ އިތުރުން ފޯނުން ވެސް ފަސޭހަކަމާ އެކު އޮންލައިންކޮށް ގޭހަށް އޯޑަރުކޮށްލެވޭނެ އެވެ.
މާލެ ލޮކްޑައުންގެ ހާލަތުގައި އޮތް ނަމަވެސް، މި ރޯދަ މަހު ވެސް ގޭސް ޑެލިވަރީގެ ކަންކަން ވިލާ ގޭހުން ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފަ އެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 ން މެންދުރު ފަހު 3:00 އަށް އަދި ރޭގަނޑު 8:30 ން 10:30 އަށް ގޭސް ޑެލިވަރީ ކުރުމުގެ ކަންކަން ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެ ދުވާލު ޑެލިވަރީ ކުރާނީ މެންދުރު 1:00 ން 3:00 އަށެވެ. އަދި ރޭގަނޑު ހިދުމަތްތައް ދޭނީ އެހެން ދުވަސް ދުވަހެކޭ ވެސް އެއް ގަޑިއެއްގަ އެވެ.
އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރު ދިނުމުގެ އިތުރުން ކުރިއެކޭ އެއްގޮތަށް ކޯލް ސެންޓަރު ނަންބަރު 3336633 އަށް ގުޅައިގެން ވެސް ގޭސް ފުޅިއަށް އޯޑަރު ދެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު ކަތީބު
01 May 2020
ވިލާ މަރެއް ނުވޭ