ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ، ޕީޕީއީގައި ހުރި ސިއްހީ އެހީތެރިޔަކު މީހެއްގެ ހުން ބަލަނީ. -- ފޮޓޯ: އޭއެފްޕީ
01 މެއި 2020 - 15:50
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތަށް އެހީވުމަށް، ތައިލެންޑާއި ސިންގަޕޫރުގެ ހެޔޮ އެދޭ ފަރާތްތަކުން ރާއްޖެއަށް މެޑިކަލް ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.
މި ތަކެތި ރާއްޖެ ގެނައީ ރޭ ރާއްޖެ އައި މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގަގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ތަކެތީގެ ތެރޭގައި ޓެސްޓު ކިޓާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ކިޓް ހިމެނޭ ކަމަށެވެ.
މި ތަކެތީގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ހަދިޔާކުރި 5،000 ޓެސްޓް ހެދޭ 25 ޓެސްޓް ކިޓާއި، ތައިލެންޑްގެ ޓްރެވަލް އެޖެންޓެއް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެކްސްޕާޓް ކޮމްޕެނީގެ ކޮންސަލްޓިން މެނޭޖަރު ތިޓިތިޕް ތަންޔަކުލްތިޕް ހަދިޔާކުރެއްވި 200 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި، އިތުރު 300 ޕީޕީއީ ކިޓް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ވެސް ސިންގަޕޫރުން ހަދިޔާކުރާ އިތުރު ބައެއް ސާމާނު އަންނަ ހަފުތާގައި ރާއްޖެއަށް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސިންގަޕޫރާއި ތައިލެންޑުން ރާއްޖެ އަށް އެހީގެ ސާމާނު ފޮނުވާފައިވާއިރު އެެހެން ބައެއް ގައުމުތަކުން ދަނީ ވެސް ރާއްޖެ އަށް އެކި ގޮތްގޮތުން އަންނަނީ އެހީވަމުންނެވެ. އެގޮތުން ޗައިނާ އިން ރާއްޖޭގައި ކަރަންޓީން ފެސިލިޓީއެއް ގާއިމްކުރުމަށް އެހީވަމުންއަންނަ އިރު އިންޑިއާ އިން ވެސް ވަނީ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދީފަ އެވެ. އަދި ބަންގްލަދޭޝް އިން ވެސް ކާބޯތަކެއްޗާއި ޕީޕީއީ ދީފައިވެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން 400 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް ވަނީ ވަރަށް ބޮޑަށް އިތުރުކުރަން ޖެހިފަ އެވެ. އެހެންވެ ސިއްހީ އެކި ކަންކަމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ސަރުކާރުން ވެސް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނާޑި
01 May 2020
ވެންތިލޭޓަރުތައް ގަންނަން ހަވާލު ކުރި މީހުންގެ ހަބަރެއް ނުވޭތޯ؟ ގަންނަން ހަވާލުކުރި މީހުން މިހާރުތިބީ ބޭރުގައުމެއްގެ ޖަލުގައޭވެސް ކިޔާ!
މުދިމު ކަތީބު
01 May 2020
ސަލާމަތުން މި ތިބެވެނީ ކަލާންގެ ރަހްމަފުޅުން މިގޮތަށް ހިލޭ އެތި އެތި ލިބޭތީ! ރިސޯޓު ސްޓޭކް ހޯލަޑަރުން ރުއްސަން މާލިއްޔަތު ހުސްކޮއްފި
މުށި
01 May 2020
އިންޑިއާއިން ދިނީ ކޯޗެއް.
ޟާސް
01 May 2020
ކޮބާހޭ އަލީ ވަހީދު ބުނި ތައްޔާރީތަށް. މުޅިންވެސް ތަންތަނުން އެހީ.
ސަންޕަދަރި
01 May 2020
ކޮންމެވެސް އެއްޗެއް ގަނެގެން ނުގެންނާތި ނެތަސް, ދެންވެސް ހަމަ މަޑުކޮށްލާ މީހަކު ދެންދެން. ބަލަ ތިޔައީ 10 ޑޮލަރުން ދަށުގަ ވިއްކާ އެއްޗެއްސޭ ކީއްވެތަ ނުގެންނަން ތިޔައުޅެނީ? ބަޖެޓް ކާލަން ބަހައްޓާފަތޯ? ތިންމަސް ކުރިން ތައްޔާރުވީ ކޮންކަމަކަށްތޯ? ބަނޑު ހުސްކުރީތޯ? ނޫނީ ގޭގޭގަ ތިޖޫރީތައް ބެހެއްޓީތޯ? ސުކުރިއްޔާ ނިކަމެތި ދިވެހި ރައްޔިތުންގެ ފަރާތުން ތަކެތި ދެއްވިފަރާތްތަކަށް.
ދަރަނި ދަންތުރަ
01 May 2020
ސަރުކާރުން ޗައިނާ އެހީ ނުގެންނަށް ހިފާފައި ހުރީ
ސުހައިލް 65659898
01 May 2020
މަދުން ނަމަވެސް ބައެއް ދިވެހިން ރާއްޖެ ވަރު ބައެއް ނެތިގެން އުޅޭތީ ފެނޭ. އަދި ކައިރި ގައުމުތަކަށް ވުރެއް އާމުގެ ގޮތެއްގައި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވުމުން އެކަމާ ފަހުރުވެރި ވާތަން ވެސް ފެނޭ. ނަމަވެސް މިއަދު އަޅުގަނޑު މެންގެ އަމިއްލަ ހާލާ މެދު ވިސްނާލުން މުހިންމު. ކައިރި ގައުމުތަކުގެ އެހީއަށް މިދަދު ދިވެހިން މިދަނީ އާދޭސް ކުރަމުން. ދުއާ އަކީ ދިވެހިން މި ނުރައްކާ ތެރި ހާލަތުން ރައްކާތެރި ކުރެއްވާ ސަލާމަތް ކަން ދެއްވުން.
ބާނީ
01 May 2020
އަލްހަމްދުލިއްﷲ . ޝުކުރިއްޔާ އެހީވެދޭ ގައުމުތައް !
އެހީ
01 May 2020
އެހީވި ޤައު މުތަކަށް ޝުކުރުއަދާކުރަން. ކޮން އިރަކުންތަ ޗައިނާގެ އެހީ ލިބޭނީ. އެއަށް ވަރަށް ބޮޑަށް އިންތިޒާރުކުރަން.
ރާއްޖެ ތެރެ
01 May 2020
މައި ސަރުކާރުގެ ހުއްދަ ލިބުނީމަ