ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕް: ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް އީގަލްސް ފައިނަލަށް

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި ޓީސީ މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

15 އޮކްޓޯބަރ 2016 - 19:17

ޕެނަލްޓީ ޖަހައިގެން 6-4 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އީގަލްސް އަށް ފައިނަލުގެ ސީދާ ޖާގައެއް ލިބިފައިވާއިރު، މިއަދުގެ މެޗުން ބަލިވި ޓީސީ ޖެހޭނީ ތިން ވަނަ ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ކުޅޭށެވެ. ތިން ވަނަ ސެމީގައި ޓީސީއާ ކުޅެން ޖެހޭނީ މިރޭ ވެލެންސިއާ އާއި މާޒިޔާ ކުޅޭ ދެ ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ އެވެ.

މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނީ އީގަލްސް އިންނެވެ. އެ ޓީމުގެ އަންސަރު އިބްރާހިމް (އަންކޮ) އާއި ހަސަން ރާއިފް (ހަންނަ) އަށް ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. އަންކޮ ބޮލުން ފޮނުވާލި ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު، ޓީސީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ލަސްކޮށްލުމުގެ ސަަބަބުން ހަންނަ އަށް އެ ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.

އީގަލްސް އަށް މެޗުގެ 36 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްދާން އަބްދުލް ސައްތާރު އެވެ. ޓީސީ އޭރިއާ ބޭރު އަރިމަތިން ހަމްދާން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އޮއްސުނީ ޓީސީ ކީޕަރު އިބްރާހިމް ނާޖިހު އަތްމަތިން ގޮހެވެ.

ހާފް ނިމުމުގެ ކުރިން ޓީސީގެ އަލީ ހާފިޒް (އައްޔަ) ވަނީ ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އީގަލްސް ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ އީގަލްސް ކީޕަރު އާދަމް އިމާން އަތަށެވެ.

ދެ ވަނަ ހާފް ފެށިގެން ޓީސީން ކުޅުން ރަނގަޅުކުރި އެވެ. އެ ޓީމުގެ ކެޕްޓަން އިބްރާހިމް ވަހީދު (އިއްބެ) އާއި މުހައްމަދު އަރާޝް އައްސަދު ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފަ އެވެ. ލީޑު ފުޅާކުރަން އީގަލްސްގެ ހަންނަ އަށް ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ.

ޓީސީން އެއްވަރުކުރީ މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އައިމަން ތައުފީގް މި ލަނޑު ޖެހީ އީގަލްސް ކީޕަރު އިމާން އަތުން ދޫވި ބޯޅައެއް ހޯދުމަށް ފަހު އެވެ.

ޕެނަލްޓީގައި އީގަލްސް އިން ކުރި ހޯދީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ. އީގަލްސްގެ ޕެނަލްޓީތައް ފޮނުވާލީ ޝިފާން ހަސަން، އަންކޮ، ހަންނަ، އިބްރާހިމް އައިސަމް އަދި އިބްރާހިމް ހަމްދާން އެވެ. ޓީސީން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ޓީސީން އިއްބެ އާއި އަރަޝް އަދި ހުސެން ޖުމާން ޕެނަލްޓީ ކާމިޔާބުކުރިއިރު، އެ ޓީމު ބަލިވީ އައިމަންގެ ޕެނަލްޓީ ގެއްލުމުންނެވެ. އައިމަންގެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއީ މި މުބާރާތުގައި ޓީސީ ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމުން ލީގު ބުރު ނިންމާލީ މެޗަކުން ބަލިނުވެ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454