ކޮވިޑް-19އާ ގުޅިގެން އިއުލާން ކުރި ކާފިއުއާ ހިލާފު ބައެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
06 މެއި 2020 - 23:44
ކޮވިޑް-19އާ ގުޅިގެން އައްޑު އަތޮޅު ހެރެތެރެ ރިސޯޓްގައި ކަރަންޓީން ކޮށްފައި ތިއްބާ ފިލި ފަސް މީހުންގެ ތެރެއިން ތިން މީހަކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިއަދު އިރުއޮއްސުނު ވަގުތު ފިލައިގެން ދިޔައީ ދިވެހި ފަސް ފިރިހެނުންނެވެ. އޭގެ ތެރެއިން ތިން މީހުން ހައްޔަރު ކުރިކަމުގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
Herathera resort Quarantine facility in bayaku filaifi
The most trusted news source in the Maldives
Mihaaru
ކަރަންޓީނުން ބަޔަކު ފިލުން--
ކުރިން ރިސޯޓް ރޫމްތަކުގައި ތިބި އެ މީހުން ދެން ތިބޭނީ ފުލުހުންގެ ބަންދުގަ އެވެ.
ހެރެތެރެ ރިސޯޓު އޮންނަނީ އައްޑޫ ހުޅުމީދޫއާ ބްރިޖަކުން ގުޅިފަ އެވެ. ދެ ރަށް ދެމެދު އޮންނަ ޗެނަލުން ފަތާފައި ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެ އެވެ. ނަމަވެސް އެ މީހުން ފިލައިގެން ދިޔައީ ކިހިނެއް ކަމެއް ނޭނގެ އެވެ.
ހެރެތެރެ މިހާރު ހާއްސަ ކޮށްފައިވަނީ ދެކުނުގެ ރަށްތަކުން ކޮވިޑް-19އާ ގުޅިގެން ކަރަންޓީން ކުރަން ޖެހޭ މީހުން ބޭތިއްބުމަށެވެ.
ގިނަ ރިސޯޓްތަކެއްގައި އެތައް ސަތޭކަ ބަޔަކު ކަރަންޓީން ކޮށްފައިވާއިރު މިއީ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އަމަލު ކުރި ގިނަ ބަޔަކު މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ލޮކްޑައުން ކޮށްފައިވަނިކޮށް އެއް ރަށުން އަނެއް ރަށަށް ދިޔަ މީހުން ގިނަ އެވެ.
ހާއްސަ ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 618 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މާލޭގެ އިތުރުން އުތުރުގެ ބައެއް ރަށްރަށުން ވެސް ވަނީ ބަލި ފެނިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިކް
07 May 2020
ތިމީހުންގެ ނަންތައްވެސް ހާމަ ކުރަންވީ
އަފީފާބީބީ
07 May 2020
އެއްކަލަ އޮނަރަބަލް ދީދީ މިކަންވެސް މާލޭމީހުން ޒިންމާނަގަން ޖެހޭގޮތަށް މޮޅު ހާސަރެއް ލިޔާނެ ކަން ޔަގީން!
ބޮޑުމީހާ
07 May 2020
މި ގްރޫޕްތަކާއި ހެދިވެސް ކުރަންނުޖެހޭ އެތައް އިތުރު މަސައްކަތެއް ކުރަން މިޖެހެނީ
ދޯހަޅި
07 May 2020
ތީ މާކުރިން ވެސް ކަރަންޓީނުކޮށް ނިމިފަތިބި ބައެއް ކަމަށް ޚާބަރު ލިބޭ.
ދަތްނެތްކުއްޖާ
07 May 2020
ބޭރެއް އެތެރެއެއް ބަލާނެ ކަމެއްނެތް. ޖިނާޢީ ދަޭުވާ ކުރެވެންޖެހޭނެ ތިބައެއްގެ މައްޗަށް.
ދަރަނި ދަންތުރަ
07 May 2020
ފުރަތަމަ ވެސް އަނދަގޮޑިޖަހާ އޭގެފަހުގައި ސުވާލެއްކުރަންވާނީވެސް އެމީހުންއެކުރީ ކިހާވަރެއްގެ ނުރައްކާތެރި ކަމެެއްކަން އިހުސާސްވާވަރު ކުރަންވާނެ ނިއުކުލިޔަ ބޮމެއް ގޮށްވާލުމަށްވުރެ ނުރައްކާ ހަމަލާއެއް އެމީހުން ތިޔަދިނީ ދިވެހިގައުމަށް އެކަން އެމީހުއްނަށް ވިސްނޭވަރު ކުރައްވާތި ....
ޜިމްޝާ ހާސަން
07 May 2020
ޖަލުން ދޫކޮށްލީމާ ފޮނުވާލި ބައެއް. ފުވައްމުލަކަށް ނިސްބަތް ވަނީ.
އާލި
07 May 2020
އައްޑޫ އިން ވެސް
ޙާލިދު
07 May 2020
ހެރެތެރެ ރިސޯޓު އާއި ހުޅުދޫ މާފިށި ގުޅުވާފައި އޮންނަނީ ދިގު ފާލަމަކުން.އެދޭތެރޭ ޗެނަލް ގައި އޮއިބާރު ވުމުން ފަތާފަ ނޭރޭނެ.
ރިޝީ ކަޕޫރު
07 May 2020
އެއީ 40ފޓ ވަރުގެ ޗެނެލެއް އޭތާގަ ފަތާފަ މަވެސް ކިތައްމެ ދުވަހަކު ދަން.. ޅަކުއްޖަކައް ވެސް ދެވޭނެ. ޕޮލިސް އާއި ސިފައިން އަށް ނުބެލުނީ..
އިނާން
06 May 2020
އޯގާތެރިކަން މި ގަޑީގައި އިސްކުރާނެ ކަމެއް ނެތް. އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ވައްޓާލާ މީހުންނަށް ހަރުކަށި އަދަބު ދީ.
އިޔެ1
07 May 2020
އުނހު، ފަރުދީ ޒިންމާ އަދާކުރަން ބުރަކަށީގައި ފިރުމާފައި ބުނާނީ. ދެން ފަހުން ޕްރެސްގައި ބުނާނީ އޭރުވެސް ބުނީމޭ އެހެން ހަދާށޭ މިހެން ހަދާށޭ، ބުނިގޮތް ނެހެދީމަ ވީގޮތޭ.
ފްލޫ ކްލިނިކް
06 May 2020
އަދިވެސް މިވަރުންވެސް ބުނާނީ ސިއްހީ މާހިރުންނަށް ރަނގަޅަށް ތައްޔާރު ނުވެވުނީއޭ؟ ސާބަހޭ. ފަރުދީ ޒިންމާ ރަނގަޅަށް އަދާނުކޮށް ވެކްސިނެއް ނެތް މި ބަލިން އަރައިގަނެވޭނެ އެހެން ގޮތެއް ބުނެދީބަލަ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ކާވް ފްލެޓް ކުރީ މީހުންގެ މޫވްމަންޓް ކޮންޓްރޯލް ކޮށްގެން. މި ރާއްޖޭގައި ބިޑި އަޅުވާ ޗޭނު ޖަހައިގެން މިކަން ނުކުރެވޭ ތަން މި ފެންނަނީ. ދެން އިންޑިޔާގައި ހަދާގޮތަށް މުގުރީގެ ބޭނުންކުރޭ. ކޮން ޑިމޮކްރެސީއެއްތަ. ބޯހަލާކުވެދާނެ.
ާއުނިމާ
07 May 2020
މިހާރުވެސް މިބުނަނީ ދިވެހި ސަރުކާރަށް މިކަމަށް ތައްޔާރު ނުވެވުނުވާހަކަ، ކަންކަން ތަންފީޒުނުކުރެވުނުވާހަކަ، އަޅަން ޖެހުނު ފިޔަވަޅު އަޅަންޖެހުނު ގަޑީގައި ނޭޅުނުވާހަކަ! ބޯޑަރ ބަންދުކުން ލަސްވިވާހަކަ، ލޮކްޑައުން ކުރުން ލަސްވިވާހަކަ! ނޫނީ މިކުޑަ ޖަޒީރާ ރާއްޖެއަށް އެެރެތެ ފެތުރެން ނުފަށާނެ! ސްރީލަންކާގެ އާބަދީ އެއީ 21 މިލިޔަން، 797 ކޮވިޑް ކޭސެސް! ރާއްޖޭގެ އާބާދީ 0.5 މިލިޔަން 618 ކޮވިޑް ކޭސަސް!ރާއްޖެ ދުވަސްކޮޅަކުން ސިލޯނު އޯވަޓޭކް މިއޮށްގެން ކުރަނީ!