މެމްބަރު އިބްރާހިމް މުއިއްޒު: ޚިޔާނާތާއި މަރުތަކުގެ ތަހުގީގުގެ މައްސަލަ ބަލަން އޭނާ ހުށަހެޅުއްވި މައްސަލަ ދެ ކޮމެޓީއަކަށް ވަނީ ފޮނުވާފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
24 މެއި 2020 - 17:40
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ދެ ކޮމެޓީއަކަށް ފޮނުވައިފި އެވެ.
އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ދެ ކޮމިޝަނެއް އޮތީ އުފައްދަވައިފަ އެވެ. އެކަމަކު އެ ދެ ކޮމިޝަނުން އެއްވެސް މައްސަލައެއްގެ ތަހުގީގު މިހާތަނަށް ނިންމާފައެއް ނުވެ އެވެ. އެހެންވެ، އެ މައުލޫމާތު ސާފު ކުރުމަށާއި އެ މައްސަލަތަކުގައި ދައުވާކުރުން ލަސްވަމުންދާ ސަބަބުތައް ސާފުކުރަން މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.
މަޖިލީހުން ކުރި ޓްވީޓެއްގައިވަނީ އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާފައިވާ ކަމަށެވެ.
އެމްއެމްޕީއާރސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ބައްލަވާ ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވައިފި pic.twitter.com/WIeqVmo4gd
— People's Majlis (@mvpeoplesmajlis) May 24, 2020
މަޖިލީހުން ކުރި ޓްވީޓް
ޚިޔާނާތުގެ މައްސަލަތައް ބަލަން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ބައެއް މައްސަލަތައް ބަލަން ފަށައި، އޭގެ ތެރެއިން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާ ބެހޭ ބައެއް މައްސަލަތަކުގެ މައުލޫމާތު ވެސް ކުރިން އާންމުކުރި އެވެ. އެކަމަކު އެއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް ދައުވާ ކޮށްފައެއް ނުވެ އެވެ.
ރިޔާސީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ތަހުގީގަށް މީހުން ހާޒިރު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުނިބޮއްލާ
12 May 2021
ހަމައެންޑީޕީގެވެރިކަން
މުޖޭން
12 May 2021
މީނާ ޢައި ހަސަން ލަތީފު އާއި ދެމީހުން މީގެ ކުރިންވަނީ ވަކި މިނިސްޓަރަކު ވަކިކުރަން މަޖުލިސްތެރޭގައި މަސައްކަތްކޮށްފައި.. ހުރިހާ ކަމެއްގެ ފަހަތުގައިވެސް ވަނީ ކޮންމެވެސް މަކަރުވެރި ރޭވުމެއް.
ގާކޮށި ހުސޭނު
25 May 2020
ބޮޑެތި ވަގުންނާ އިންސާފް އަރާ ހަމަކުރާނެ އެދުވަހަކުން ބޭ އިންސާފް ނުކުރެވޭނެ ލިބޭ މުސާރައަކުން ތިހާ އުފަލެއްގަ ނޫޅެވޭނެ
ގެރިރިހަ23
25 May 2020
ވެރިކަމަށް ޕޯޑިއަމް ތަކުގަ ވީ އެއްވެސް ވައުދެއް އަދި އަދަ ދާންދެން ވެސް ނުފުދި.
ފޯސް
25 May 2020
އަބަދުވެސް ފައިސާ ފައިސާާ މިނޫންކަމެއްނެއް
ކަނބިލި
25 May 2020
މިއީ ފައްކާ ޕަޕެޓުންތަކެއް. ވަކި މީހަކު ބެރުޖަހާ އިރަށް ނަށާނެ. ސިޔާސީ ޑުރާމާތައް ކުޅެގެން އޭތި މީތި ގޮވައި ރައްޔިތުން ބޯކާލައިގެން ހުރިހާ ބާރުތަކެއް މުށުތެރެއަށް ލެވުމުންވެސް ރައްޔިތުން މިޖެހެނީ ގަނޑަތެޅެން. ރައްޔިތުންނަށް ކަމެއް ނުކޮށް ދެވުނުތާ ރައްޔިތުން އިތުރަށް ހާލުގައި ބިކަ ވެއްޖެ. ނަތީޖާ ހަމަ ސުމެއް.
ބޭކާރު
24 May 2020
މަޖީލީހަކީ ބޭކާރުތަނެއް. ހުސް އަނގަތަޅަނީ. ކަން ކުރަނީ އެހެން މުއައްސަސާތަކުން. ތަހުޤީޤޭ ކިޔާފަ ކިތަންމެ ވަރަކަށް ތިތާ ހަޅޭފަޅޭ ޖެހިޔަސް ވާނެކަމެއްނޯންނާނެ. ކަންކުރަން ތިބި މީހުންގެ މުސާރަ ނާރާ 80000 އާ ގާތައްވެސް. އެމީހުން މާދަމާވެސް ވަޒީފާއިން ވަކީވާންޖެހުނީމަ ދައުލަތުން ނުދޭނެ 30000 އާއި ޕްރައިވެޓް މެޑިކަލް އިންޝޫރެންސެއް. މެމްބަރުން ބޯއިކޮޓް ކުރަންޖެހޭ އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ދައުލަތައް ކެތްކުރެވޭ ވަރަށް ތިރިކުރަންދެން.
މިވަރެއްނެތް
24 May 2020
ނާޤާބިލުކަމުން ނޯބަލް ޕްރައިޒު މިސަރުކާރަށް ހައްޤު. ޤާނޫނުތައް ފާސްކޮށްގެން ހެދިކޮމިޝަނަކަށް ވީކަމެއްނެތް! ޔާމީނު ހެދި 7000 ފްލެޓުގަނޑުވެސް ހަވާލެއްނުކުރެވުނު. އެއަރޕޯޓުގެ ރަންވޭއާއި ޓަރމިނަލް ގެ މަސައްކަތްހުއްޓިފަ. އެންމެ ކުޑަވެގެން ދޮޅުއަހަރުވީއިރު ބްރިޖްކާރި ހަދާ ޕާކުގަނޑުވެސް ނިންމާނުލެވުނު! ދިވެހި ތާރީޚުދުއް އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީ ގެ ބޮޑުންވެސް ދުޔަވީ އަރާމުގައި. ސަޅި. ލަދުންވެސް ބޯފަޅާޢިގެންދާވަރުވޭ. މުޅިން ހޯޕްލެސް
ކޮކްޓޭލް އަ
24 May 2020
ބޮޑައް ވައްތަރީ މިކޮންވާޓް 19ގެ މަސައްކައް ތަކުގެ ކަރަޕްޝަން އަޑު ކަނޑުވާލަން ޖަހާ ސުޓަންޓެއްހެއް މީހުންގެ އެޓެންޝަން ގެއްލުވާލަން މިޔޮތީވާގައުމެއް އޭސަހަރޯ ކީއްތޯ ކުރާނީ އެމީހަކައް ދައްކަވަން ހުރިކަމެއް ދައްކަވާފަ މަރު ގަންނަވާނީ
އިޓްސް އޯލް ޕޮލިޓިކްސް
24 May 2020
ނަޝީދުގެ ބޮޓުންގެ ތެރެއިން ބޮޓަކުލައްވާ ތިޔަކަން މަޖްލިސްއަށް ވައްދައިގެން ތިޔައުޅެނީ. އަނިޔާވެރި މަރުތަކުގެ ވާހަކައަކީ ވޯޓް ހޯދަންޖެހި މަޅިފައްޗެއް. ވެރިކަން ލިބިއްޖެ. ރިޟްވާން އަދި ޔާމީން ގެ އާއިލާ ޔޫޒްކުރެވިއްޖެ. އެނިމުނީ. އެމްއެމްޕީއާރސީ މައްސަލަބެލީ ކޮންމެގޮތަކުން ހަދާފަވެސް ޔާމީން ޖަލަށްލާން. އެކަންކުރެވިއްޖެ. ލޮކްޑައުން އައިއިރު އޮތީ އޭސީސީ ބޮލަށް ކަނޑާލާފައި އެސެޓް ކޮމިޝަން އުވާލަން ނިންމާފައި. އައްސަދުހުރީ މަޤާމަކަށްހެޔޮވަރުކޮށްފައި.