މާލެ: އޭޕްރިލް 4، 2020: ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ރަސްމީ ފަރާތްތަކުން އަޅަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގަންފެށުމާއެކު، ދެ ޒުވާނަކު ބޭރުގައި ހުރުމުން އަދަބު ދީފައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
16 ޖޫން 2020 - 14:10
ހަތަރު ފުލުހަކާ މެދު ފިޔަވަޅު އެޅީ ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް އަނިޔާކުރި މައްސަލައެއްގައި ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ އޯގަސްޓު ފަސް ވަނަ ދުވަހު ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އެކެއްގެ ރޭންކު ދަށްކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވި އެވެ.
ފުލުހުން މީޑިއާ އޮފިޝަލް ފަހުން ވިދާޅުވީ، އެ ހަތަރު ފުލުހުންނާ މެދު ފިޔަވަޅު އެޅީ، ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް އަނިޔާ ކުރި މައްސަލައެއްގައި ކަމަަށެވެ. އެއީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭތީ ފުލުހުން ހޯދަމުން އައި މީހެކެވެ.
މާލޭގެ މަސްވެރިންގެ ޕާކު ސަރަހައްދުގައި ހުރި ސައިކަލެއް އެ މީހާ ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަނިޔާކޮށް، އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލުތައް މި ހަތަރު ފުލުހުން ހިންގާފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ފުލުހުންގެ މައްސަލަ ބެލީ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުންނެވެ. އެ ތަހުގީގަށް ފަހު، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމުން އެ ބޯޑުން ނިންމި ގޮތުގެ މަތިން އެ ހަތަރު މީހުންނާ މެދު ފިޔަވަޅު އެޅީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން މީޑިއާ އޮފިޝަލް ފަހުން ވިދާޅުވީ، އެ ހަތަރު ފުލުހުންނާ މެދު ފިޔަވަޅު އެޅީ، ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް އަނިޔާ ކުރި މައްސަލައެއްގައި ކަމަަށެވެ. އެއީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭތީ ފުލުހުން ހޯދަމުން އައި މީހެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ހަތަރު މީހުންނަށް ވެސް އޮންނާނެ އެވެ. އެގޮތުން އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް އެ ކަމަށް ލިބިދެވޭނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ދައުރަކީ އިދާރީ ތަހުގީގެއްގެ ތެރެއިން، ޖިނާއީ ކަމެއް ހިމެނޭކަން ފާހަގަވެއްޖެ ނަމަ އެ މައްސަލައަކާ ގުޅޭ ޑިޕާޓްމަންޓަކަށް ފޮނުވައިގެން ޖިނާއީ ތަހުގީގު ހިންގުމެވެ.
ފުލުހުންގެ ތެރޭގައި މީގެ ކުރިން ވެސް އަނިޔާ ކުރުމުގެ މިފަދަ މައްސަލަތައް ފެންމަތިވެފައި ވާއިރު، އެކަންކަމަށް މާބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ކަންކަން ހުއްޓުވައި ފުލުހުންގެ އިދާރާއަކީ އިތުބާރު ހިފޭ ހަރުދަނާ ތަނަކަށް ހަދައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރާ ބަޔަކަށް ފުލުހުން ހެދުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންތިމަރީ
17 June 2020
ހުރިހާ މޮޅެއް މިލިބުނީ ސައިކަލް ވަގަށް ދޯ. މާދަމާ އޭނާ އިތުރު ހިއްވަރާ އެކު ވައްކަން ކުރަން ނިކުންނާނެ
ޢަޒްރާ
17 June 2020
ތި ހުރިހާ ކަމެއް މިގައުމުގަ ފެށީވެސް ތިބުނާ އެމްޑީޕީ
އަލްޖިބްރާ
17 June 2020
މިހާވަރުވާއިރުވެސް ފުލުހުންގެ އަގުވައްޓާލަނީއޭ ގޮވާތި !
ޖެޓްސްކީ
17 June 2020
އާނދޯ ކަލޯ ސައިކަލް ވަގަށް ނަގާއިރު ފުލުހުުންް އަތް ޖަހަންތިބޭނީ ތޯއްޗެ މިގައުމުން ފެންނަ މަންޒަރު ތަކުން.
ވަކިމިހެއް
17 June 2020
ކުޑަ ކުދިން ގްރޫމް ކުރާ ފުލުހުންގެ މައްސަލަ ވެސް ވަރަށް ބޮޑު. ނަމަވެސް އެއީ "ނުދައްކާ ވާހަކަ".
ޑުޓާޓެ
17 June 2020
ހަމަ ކޮސް ވެއްޖެ. ސައިކަލުު ވަގު މާ މުހިންމު ވެއްޖެ ފުލުހުންނަށް ވުރެ. ދަނގަޑު ކެނޑޭނީ ދަގަނޑުން ކުއްވެރިން ސައިޒް ކުރަންވީ. މިގައަމުގައި މިދަނީ ސަދޫމްގެ އިންސާފުގެ މަގުންތޯ
ހަސަނު
16 June 2020
މި ދިޔަ އަހަރު އޯގަސްޓުގަ ހިނގި ކަކަމަށް އަދިކިރިޔާ ގޮތެއް މި ނިމުނީ މިއަހަރު އޯގަސްޓާ ގާތްވިފަހުން.. ސުޕްރީމް ކޯޓަށް ވުރެވެސް ބިޒީ... ފުލުހުން ތަންކޮޅެއް އަތްމަތި އަވަސްކޮށްލާން އެބަޖެހޭ...
މީދޫ މީހާ
16 June 2020
ރ.މީދޫ ޕޮލިސް ސްޓޭސަންގައި އަނިޔާ ކުރި ފުލުސް އިންޗާރޖުގެ މައްސަލަ ކޮބާހޭ..
1828
16 June 2020
އަނިޔާ ކުރުން ބަލައެއް ނުގަނެވޭނެ. ކޮންމެ ބަޔަކު ކޮންމެ ބަޔަކަށް ކުރިކަމުގައި ވީނަމަވެސް.
ނިރު
16 June 2020
އެހެންވީމަ މެމްބަރު ބޮންޑޭއަށް ކުރިއަނިޔާގެ ވީޑިއޯ ސޯޝަލް މީޑިޔާގަ ދައުރު ވީއިރުވެސް އަޅާނުލިތާ .. އަދި މަހީކޮއްގެން މިހުރީ މާފަންނު ދެކުނުދާއިރާ މެމްބަރު ބޮންޑޭއަށް އަނިޔާކުރި ޕޮލިހުންނޭ ވަކިކުރީ
ލުތުފީ
16 June 2020
އެކަން ޖެހެނީ ބަލާ ތަހުގީގުކުރަން ފުރަތަމަ. މިހާތަނަށް އެމައްސަލައިގެ ތަހުގީގެއް ހިންގާފަވާނެކަމަށް ގަބޫލެއް ނުކުރެވޭ.
190
16 June 2020
ކޮންމެފަދަބޮޑުކަމެއްކުރިޔަސްގެންގޮސްއިރުކޮޅަކުބައިންދާފައި ގެޔަށް ފޮނުވީމަރަގަޅުވާނެ