16 ޖޫން 2020 - 10:20
އާންމުންގެ ބަޔަކަށް އަނިޔާކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އެކެއްގެ ރޭންކު ދަށްކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ އޯގަސްޓު 5 ގައި އާންމުންގެ ބަޔަކަށް އަނިޔާކުރި މައްސަލައިގައި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެއް ފުލުހެއްގެ ރޭންކް ދަށްކުރީ ވެސް އެ ނިންމުމާ އެއްގޮތަށް ކަމަށް ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ފިޔަވަޅުތަކަކީ ފުލުހުންގެ އަޚުލާގާއި ފުލުހުންގެ އިދާރާއަކީ ހަރުދަނާ ތަނަކަށް ހެދުމަށް ކުރަަމުން އަންނަ މަސައްކަތްތަކުގެ ހެއްކެކެވެ.
ހަމީދު ވިދާޅުވީ، ފުލުހުންގެ އިދާރާ ހަރުދަނާ ކުރުމަކީ އެންމެން ވެސް އެދޭ ކަމެއް ކަމަށާއި އެކަން ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެކަން ކާމިޔާބު ކުރުމަށް ބަސް ބުނުމުގެ ބަދަލުގައި އެކަން ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
The Disciplinary Board yesterday dismissed 3 officers & demoted 1 for allegedly assaulting a member of public on 5/8/2019. This demonstrates our posture for reform. Police reform is doable, it’s in everyone’s interest, can be approached with civility. Ridiculing is unnecessary.
— Mohamed Hameed (@M_Hameedh) June 16, 2020
ސީޕީ ހަމީދުގެ ޓުވީޓް
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ބިލްގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފުލުހުންގެ އަޚުލާގީ މިންގަނޑާއި ފުލުހުންގެ ތައުލީމީ ފެންވަރާ މެދު ވާހަކަ ދައްކަވައިފަ އެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ފުލުހުންނަކީ އެއްވެސް އަޚުލާގެއް ނެތް ބައެކެވެ. ފުލުހުންގެ ވަޒީފާ ދިނުމުގައި، ރަނގަޅު ތައުލީމީ މިންގަނޑަކަށް ވެސް ނުބަލަ އެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ސީޕީ ހަމީދުގެ ޓުވީޓުގައި ވިދާޅުވީ، ފުލުހުންގެ ވަޒީފާގައި ކުރަންޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒީފާގެ މައިދާނާއި ތަމްރީނުތަކުގައި ދަސްވާ ކަންކަން ކަމަށެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި، ފުލުހުންނަށް ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް އިސްކަން ދެނީ ދެވަނަ ކަމެއްގެ ގޮތުގަ އެވެ.
ނަމަވެސް، ފުލުހުންގެ ތެރެއިން 34 ޕަސެންޓު މީހުންނަކީ މަތީ ސާނަވީ ނިންމާފައިވާ މީހުން ކަން ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ. އަދި 220 ފުލުހަކު ވަނީ ޕޯޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލް ކޮށްފައި ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ އަޚުލާގީ މިންގަނޑާއި ތައުލީމީ ފެންވަރާ މެދު ސުވާލު އުފައްދާފައިވާއިރު، ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން ފުލުހުންގެ މުއަައްސަސާގެ ހައިބަތު ގެއްލި ފުލުހުންނަށް ކުރާ އިތުބާރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެ ކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަކަމާ އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު ކަތީބު
16 June 2020
މުއައްސާސާ ގެ އިތުބާރު ދެމެހެއްޓުމަށް ގާނޫނާއި ގަވާއިދުގައި އޮންނަ ގޮތަށް އަޅަންޖެހޭ ފިޔަވަޅެއް އަޅަން ޖެހޭނެ
ފާތޭ.
16 June 2020
އަނިޔާކުރި މެމ މްބަރުންވެސް ވަކިކުރަންޖެހޭ.
މީދޫ މީހާ
16 June 2020
ކޮބާހޭ ރ.މީދޫގައި އަނިޔާ ކުރި ފުލުސްމީހާގެ މައްސަލަ
މެރޫން
16 June 2020
ތަޢުލީމަށް ވުރެ ބޮޑަށޭ؟؟ ތަޢުލީމު ހުރެގެން ގާނޫނުގަ ބުނާ އެއްޗެއް ފަހުމް ވާނީވެސް، ޑިޒިޝަން ނަގަން ޖެހޭތަކުގަ ރަނގަޅު ޑިޒިޝަންތައްވެސް ނެނގޭނި ތަޢލީމު ހުރެގެން.
ކެކެކެ
16 June 2020
ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ބާރަށް ކޮނޑު ވިއްދާ
އޭފް
16 June 2020
މާތްކަލާކޯ؟ މަޖިލިހަށް ވަންނަން އޮންނަ ތައުލީމީ ފެންވަރަކީ ކޮބައިތޯ ބޭފުޅާ! މުޅިގައުމުގެ ހުރިހާކަމަކާ ބެހޭތަން ތީ. ފުލުހުންގެ ތައުލީމީ ފެންވަރުގެ ވާހަކަދެއްކި ބޭފުޅަކު މަޖިލީހުގައި ތިޔަ ވާހަކަ ދެއްކެވީމާ ދެން ތައުލީމީ ފެންވަރުގެ ވާހަކަ އާ މެދު ހައްޕު!
ފަހުޒަމާނުގެޢަލާމާތް
16 June 2020
ޤައުމުގެ އެންމެބޮޑު މުސާރަ އާއި އިމްތިޔާޒު ލިބޭ އެއްވެސްތައުލީމީ ފެންވަރެއް ނެތަސް ލިބޭ މަޤާމު.
ޝެމެކްސް
16 June 2020
ފުލުހުން ސިޔާސި ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ، 2012 ގައި ގެނައި ބަޢާވާތުގެ ތެރެއިން އެކަން އިބްރަތްލިބި އެތައްބަޔަކަށް ނުސީދާކޮށް ލިބުނު އަނިޔާ ސަލާމަތް ކޮށްދިނުމަށް ގައުމަށް ހަމަޖެހުން ލިބުނުތޯ ؟
ޝެމެކްސް
16 June 2020
ފުލުހުން ސިޔާސި ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ، 2012 ގައި ގެނައި ބަޢާވާތުގެ ތެރެއިން އެކަން އިބްރަތްލިބި އެތައްބަޔަކަށް ނުސީދާކޮށް ލިބުނު އަނިޔާ ސަލާމަތް ކޮށްދިނުމަށް ގައުމަށް ހަމަޖެހުން ލިބުނުތޯ ؟
ވަހީދުއްދީން
16 June 2020
ފުލުހުން ސިޔާސީ ކުރަނީއެއްނޫން. ބަޔަކު ފުލުހުންނާއި ސިފައިންނަށް ރުޅި އަންނަނީ ޒާތީ ކަމެއްގައިކަން އެނގޭނެ ކުރިއްސުރެ އެމީހުން ނެރެމުން އަންނަ ނޫސް މަޖައްލާތަކުން ވެސް.
1828
16 June 2020
ބަޣާވާތެއް ނުކުރޭ. ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ.
ކިނބޫ
16 June 2020
މީހަކު ބުއި އެއްޗެއް ބޮއިގެން ވާނުވާގަ ގެއަށް ކަނޑާލީމާ ފުހުންނާ އަޅައިގަނެގެން އުޅުން ބަލައެއްނުގަނެވޭ.
ގެދާނޯމޮސް
16 June 2020
ހަމީދު ގެ ފިކުރާ ޚިލާފު އެތަށް ފުލުހުންނެއް ވަޒީފާގައި އެބަތިބި ކަނޑާލަން ރޭންކް ދައްކުރަން ބޭނުން ވާމީހުންގެ ހިލަމެއް ފެނޭތޯ އެހުންނަވާ ކަން މީސިއްރެއްނޫނެވެ. މިފަހުން ޖިންސީގޯނާ ކުރި ކަލޭގެ އަކީ އަންނިގެ އެކްޓިވިސްޓަކަށް ވާތީ ބަންދުގެ މުއްދަތު 2023 އަށް އިތުރު ވަމުން ދާތަން ދެކޭނެތެވެ.
ޙައްޤު ބަސް
16 June 2020
ވަކިކުރީއެކީނޫން ވަކިކުރަން ނިންމީ އަދި މަރުހަލާތައް ނުނިމެނިސް ނޫސް ތަކުގަޔާ ޓުއިޓާ ތަކުގައި ޖެހުމަކީ ނުފޫޒް ބޭނުން ކޮށްގެންްް ކަންކަން ނިންމާކަމުގެ ދަލީލެއް