ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓު، އެ ކޮމިޝަންގެ ކުރީގެ ރައީސް ސުއޫދު (ވ)، މަޖިލީހުގެ ރައީސް ނަޝީދަށް އަރުވަނީ
22 ޖޫން 2020 - 14:57
ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތައް ކޮމިޝަނުން ދޮގުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ދެއްކެވި އެ ވާހަކަތަކާ ގުޅިގެން، އެތައް ބައެއްގެ ފާޑުކިޔުން މަރު ކޮމިޝަނަށް އަމާޒުވެފައި ވަނިކޮށް، ނެރުނު ބަޔާނެއްގައި ބުނީ، ކޮމިޝަންގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށާއި ތަހުގީގުތައް ހުއްޓާލައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގައިފައި ނުވާނެ ކަމަށެވެ.
މަރު ކޮމިޝަނުން ބުނީ، އެ ކޮމިޝަންގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު އަންގަން އެދިފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އެ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު، އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް އަންގައިފައި ނުވާނެ ކަމަށް ބުންޏެވެ.
"މި ފުރުސަތުގައި ކޮމިޝަންގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
ހަރުކަށި ފިކުރާ ގުޅޭ ސުވާލެއް މެމްބަރަކު ކުރެއްވުމާ ގުޅިގެން، މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ނޮވެމްބަރު 17، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަންގެ ތަހުގީގު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކަމަށް އެ ކޮމިޝަނުން މަޖިލީހުގެ އިދާރާ އަށް ފޮނުވި ސިޓީގައި އަންގާފައި އޮތީ ޑްރާފްޓް ރިޕޯޓު އާއްމުވުމުން ކަމަށެވެ.
"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިޔުއްވާފައި އެބަ އޮތް އެ ބޭފުޅުންނަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓު ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ނަޝީދު ވިދާޅުވި އެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގުގެ ޑްރާފްޓް ރިޕޯޓު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމުން ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނުނިމި އޮތް އެ ރިޕޯޓުގެ ބައެއް މައުލޫމާތުތައް އެ ކޮމިޝަނުން އޭރު އާންމު ކޮށްފައިވާއިރު، އެހެން ބައެއް ގޮތްގޮތުން ވެސް ބައެއް ކަންކަން ލީކުވެފައި ވެ އެވެ.
މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން، ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި ޖަރީމާއާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ފޮނުވި އެވެ. ކޮމިޝަނުން އަމިއްލައަށް ވެސް އޭގެ ބައެއް މައުލޫމާތު އާއްމުކުރި ނަމަވެސް މުޅި ރިޕޯޓް އާއްމުކުރީ މަޖިލީހުންނެެވެ. އެކަމާ ބެހޭ ހޫނު ބަހުސްތަކެއް އޭރު މަޖިލީހުގައި ވެސް ހިނގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބޭބެ
23 June 2020
މިވަރު މީހަކު ނަގާ ބޮލައްލައިގެން މިވަރެއް ނެތިގެން އުޅޭތީ މަ އެންމެ އަޖާއިބުވަނީ...
ދާނިޔާ
23 June 2020
ނަށީދުގެ އަގު ވެއްޓުން ނޫން ކަމެއް ނުވޭ ހަދަނީ މުޅިންވެސް ރޯ ބުހުތާން ދޮގެއް ހެދުމަކީ އެއްވެސް ކަމެއް ނޫން
ޚިޔާލު
23 June 2020
ތިއީ ބޭކާރު ކޮމިޝަނެއް. ތިކަން ތަހުގީގުކުރަން ފުލުހުންނާއި ހަވާލު ކުރީމާ ރަގަޅުވާނެ. ކެނެރީގޭ ނަޝީދު ދޮގެއް ހެދެން އޮތް ތަނެއްގައި ތެދެއް ނަހަދާނެ ކަން ހުރިހާ ދިވެހިންނަށް މިހާރު އެގޭ
ޔާސްމީން
23 June 2020
ސުވާލަކީ މަސައްކަތް ކުރިއަށް ދާތަން ފެންނަނީ ކާކަންހޭ؟ ވީކަމެއް ހަމަ ނެތް. އޭއްޗެކޭ މީއްޗެކޭ ކިޔާފަ ރިޕޯޓެއް ނެރެފަ، ސުއޫދު މިހާރު އެހެރީ ސުޕްރީމް ކޯޓުގަ. ކޮބާ އާއިލާތަކަށް ލިބެންވި އިންސާފަ. އެވަރުގެ ބޮޑު މަސައްކަތަކާ ހަވާލުވާންވާނި އެކަން ނިންމުމުގެ ނިޔަތުގަ. ވަކިހިސާބަކުން ހުރިހާކަމެއް ދޫކޮށްލީމަ އެކަމަށް އެއްވެސް މުހިންމުކަމެއް ނުދޭކަން އެނގެނީ.
ބޮޑުގޮނޑި
23 June 2020
ބޮސްގެ ނަން އައީމަ ހުއްޓާލަންތާ ޖެހޭނީއޭ ފިލްމުތަކުގައި ދައްކާ
ހޫއިޒް ބިގްބޮސް
23 June 2020
ބިގްބޮސް ޕްލޭންޑް ޑަން އެންޑް ޑްއިން އެވްރީތިން އިންދަ މޫވީސް
ޢިބޫ
23 June 2020
ކޮބާތަ ތިކޮމިޝަނަށް ވީކަމެއް މިހާރު ދޮޅުއަހަރުވީ ރައްޔަތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭތާ. މިމީހުން އަޅެ ލަދެއް ނުގަނޭތަ.؟
މަޒް
23 June 2020
ނަސީދުއަށް ތި ފެނުނީ އެލްކޭޖީ ކުއްޖަކު ލިޔެފައި އޮތް ސިޓީއެއް..
ކައުންސެލަރު
23 June 2020
އަނެއްކާވެސް ލާ ކޮންމެ ނޭވާއަކަށް ކޮމިސަނެއްހަދާ! އޭރުން ހުރިހާކަމެއް ފުރިހަމަވީ.
20000
22 June 2020
މީ ގައުމެއްތަ ނޫނީ ކުޅޭ ކުޅޭ ރާޒުވާ ބައެއްތަ. ގައުމުގައި އެންމެ މަތީ ލެވެލް އޮޅުވާލުން ....