23 ޖޫން 2020 - 14:25
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ ފިޔަވައި އެހެން އެއްވެސް ގައުމަކަށް ހުއްދަ ދީފައި ނުވާތީ، ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ނުގެންދާނެ ކަން ސަރުކާރުން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން ސައުދީގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ލިބިއްޖެ ނަމަ ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީން ބުނެފައި ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ފުރުސަތު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެއްވެސް އެހެން ގައުމެއްގެ ރައްޔިތުންނަށް މި އަހަރު ހައްޖުގެ އަޅުކަމަށް ނުދެވޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ނިންމާފައިވާ ކަމަށެވެ. ސައުދީގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.
ސައޫދީގެ ހައްޖާއި އުމްރާގެ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ އެ ގައުމުގައި ތިބި ސައުދީ މީހުންނާއި އެހެން ގައުމުތަކުގެ މީހުން ވެސް ބައިވެރިކޮށްގެން ކަމަށެވެ. އެހެން އެއްވެސް ގައުމަކުން މީހުން ނުގެންނާނެ ކަމަށެވެ.
މިގޮތަށް ނިންމީ ކޮވީޑް-19އަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި މިބަލި ބޮޑަށް ފެތުރެނީ މިހުން އެއްވެ އުޅޭ ތަންތަނުން ކަމަށް ވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލަ
23 June 2020
އެހެން ގައުމު ތަކުން ރާއްޖެއައް ދަތުރުކުރުން ހުއްޓާލީމާ ރާއްޖޭގެ ބޯޑަރ ބަންދުކަމައްވެސް ނިންމި
އިކުރާމު
23 June 2020
ބަލަ ސައުދީން ބުނެފިއެއްނު ބޭރުގައުމުތަކުން މީހުންނަށް މިއަހަރު ހައްޖުނުވެވޭނޭ. ހަމައެކަނި ސައުދީގަ އުޅޭމީހުންނަށޭ ފުރުސަތުއޮތީ. ދެންކޮން ރަސްމީ ނިންމުމެކޭކިޔަނީ.