ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް
24 ޖޫން 2020 - 13:58
ޗައިނާއިން ނަގާފައިވާ ލޯނުތައް ހަތަރު ވަރަކަށް އަހަރަށް ފަސްކޮށްދޭން އެއްބަސްވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ދައްކަން ޖެހޭ ލޯނާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް އެބަހުރި ކަމަށެވެ. މީގެ ތެރެއިން ހަތަރު ވަރަކަށް އަހަރަށް ފަސްކޮށްދޭން މިހާރު އެއްބަސްވެފައި ވަނީ ސީދާ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ދައްކަން ޖެހޭ ލޯނުތަކެވެ. އެއީ 600 ވަރަކަށް މިލިއަން ޑޮލަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދެން ހުރީ އެޗްޑީސީ ފަދަ ކުންފުނިތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތައް ކަމަށެވެ. އެ ލޯނުތަކާ މެދު ލުއި ގޮތްތަކެއް ހެދުމަށްޓަކައި މަޝްވަރާ ކުރަން ތައްޔާރު ކަމަށް ޗައިނާގެ ސަފީރު ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި އަހަރު ޗައިނާ ސަރުކާރަށް ދައްކަން އޮތީ 100 މިލިއަން ޑޮލަރު ކަމަށާއި ޖީ20 ގައުމުތަކުން ވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާ އަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު މި އަހަރު ދައްކަން ނުޖެހޭނެ ކަމަށެވެ. އެއާ އެކު މި އަހަރު ޗައިނާ އަށް ދައްކަން އޮތީ 75 މިލިއަން ޑޮލަރެވެ.
ޗައިނާ ސަރުކާރުން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދު 1.5 ބިލިއަން ޑޮލަރަށް އަރަ އެވެ. ރާއްޖެއިން ދައްކަން ޖެހޭ ދަރަނީގެ 45 ޕަސެންޓް ދައްކަން ޖެހެނީ ވެސް ޗައިނާއަށެވެ. އެގޮތުން އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާ އާއި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ އާއި ޗައިނާ ޑިވަލޮޕްމެންޓް ބޭންކުން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ. މިގޮތަށް ޗައިނާ ސަރުކާރުން އެންމެ ގިނަ ލޯނުތައް ނަގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.
މި އަހަރު ނިމޭ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 79 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. މީގެ އިތުރުން ދައުލަތުގެ ދަރަންޏާއި ދައުލަތުން އެކި ލޯންތަކަށް ދީފައިވާ ގެރެންޓީއާ އެކު ދަރަނީގެ މިންވަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ހުންނާނީ 93.8 ޕަސެންޓްގައި ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ. މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ބާއީ
24 June 2020
ޗައިނާ ހަބޭސް.
އަޝްރަފު
24 June 2020
އިންޑިޔާ އިން ކިތައް އަހަރަށް ފަސްކޮށްދިން؟ ދެން އިންޑިޔާގެ 21 ރުޕީސް އަށް ލިބޭ 5000 ގުޅަ ބޭސް (އެ މިހާރު ބޭނުން ކުރުންވެސް މަނާކުރެވިފައި) ފޮނުވާނެ ހަނޑޫކޮޅަކާ، ރައީސް ޝުކުރުން ފުރޭނެ!
މިވަރެއްނެތް
24 June 2020
އަވަށްޓެރި، އެކުވެރި، ވެރިކަމަށް އައުމުގެ އެންމެބޮޑަށް އެހީތެރިވި އިންޑިޔާގެ ލޯނުތައް ކިތައް އަހަރު ފަސްކޮށްދެއްވިތޯ ރައީސު އިބޫގެ އަރިހުން ސުވާލުކޮށްލަން ބޭނުން. ޗައިނާއިން 4 އަހަރު ފަސްކޮށްދިނިއްޔާ އިންޑިޔާއިން 8 އަހަރު ފަސްކޮށްދޭންޖެހޭނެ ދޯ؟
ބޮޑުމީހާ
24 June 2020
އިންޑިއާއިން ދިނީ މެލޭރިއާ ބޭހާއި، ހަނޑޫކޮޅެއް. ދެން އައީ ޗުއްޓީ ހަދާލަން އައި މިލިޓަރީ ޑޮކްޓަރުން. ދެން ކަރަންޓީނު ސްވެޕޭކިޔާފަ ބޮޑު ލޯނެއް ދިނީ. ޗައިނާއިން ލޯނު ފަސްކޮށް، ކަރަންޓީނު ފެސިލިޓީ އަޅާ، މާސްކާއި އެތައް މެޑިކަލް އިކުއިޕްމެންޓު ދިނީމަ ހުރިހާ ޝުކުރެއް އިންޑިއާއަށް. އިބޫ އާއި އޭނަ ގެންގުޅޭ އެމްޑީއެން ގްރޫޕް ގައުމު ހަލާކުކޮށްފި
ސްކިޕަރ
24 June 2020
މާލޭގައި 30 އަކަފޫޓު ހަމަނުވާ ކުދިކުދި ޖަލުތައް 7000 ރުފިޔާއަށް ކުއްޔަށް ހިފައިގެންތިބި ނިކަމެތި ރައްޔިތުންނަށް މިއީ ސުވަރުގެއެއްފަދަ ތަނެއް. އިތުރު ބަހަނާތައް ނުދައްކާ ތިޔަ ފްލެޓުތައް ދީ. ކޮންމެ މަހަކު އެއްފަހަރު ދެއުޅިއެއްނުވާ ބަހަނާދައްކައިގެން މިކަން ލަސްކުރާތާ މިހާރު 2 އަހަރުވެއްޖެ. އަދިވެސް މިކިޔަނީ ނިމޭނޭ ދުވަހެއްވެސް ނޭގެޔޭ. މިއަށްވުރެ ބޮޑެތި ޕްރޮޖެކްޓްތައްވެސް ނިމޭނޭ ތާރީޚު އެހުރީ ރީތިކޮށް ފެންނަން. ކޮންފަދަ ބޮޑު އޮޅުވާލުމެއްތޯ!
މުޑަހަންޖާ
24 June 2020
ފަސްއަހަރު ވެރިކަމުގަ އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ޗައިނާއިން ނެގިއިރު އޭގެތެރެއިން ބައިރުފިޔާވެސް ކ.މާލެއިން ބޭރަށްދިޔަނުދީ ހުރިހާ ފައިސާއެއް ރަށުތެރެއަށްކަހާލީ، ތިޔަ ލޯނުތަކަށް އަހަރެމެން ޒިންމާވާކަށްނެތިން، އަހަރެމެނާ ވައިވެސް އެޅޭ އެއްޗެއްނޫން ތިޔައީ.
އެލެކްސް އަހުމަދު
24 June 2020
އަޅޭ .. އަނެއްކާ މިޖެހުނީ މޯދީ އަށް ޝުކުރު އަދާކޮށް ޓްވީޓެއް ލިޔަން. ގިވް މީ އަ ބްރޭކް
މުޑަހަންޖާ
24 June 2020
ފަހަތުންދުވެ ރޮއެ އާދޭސްކޮށްގެން އެތައް ބިލިއަން ޑޮލަރެއްގެ ދަރަނި އަތުލާފަ ހުރިހާ ފައިސާއެއް ކ.މާލެއަށް އޮއްސާ ހަމަނިމުމާއެކީ ދަރަނިދަންތުރައޭކިޔާފަ ދުއްވައިގަންނަނީ ދަރަނި ފަސްކޮށްދޭށޭކިޔަމުން، މިހުރިހާ ސަކަރާތެއް ޖަހާއިރު ޖެހިގެންހުންނަ ފިހާރައިގަ އާދޭސްކުރަނީ ކ.މާލެއަށް އޮއްސަން ދަރަނިނަގަން. ލަދުހަޔާތް ނުހުންނާތީ މީގަ ގޯހީ.
ރަދީފްއޮފިޝިއަލް
24 June 2020
އިންޑިޔާގެ ލޯންތައް މައިސަރުކާރުން ރައިޓް-އޯފްކޮށް ނުދޭތަ؟؟
1234
24 June 2020
ދެންވެސް ށުކުރުގެ ޓްވީޓެއް ކޮށްނުލާތި ދެރައީސުންކުރެ އެކަކުވެސް. މޯދީ ކޯފާ ވާނެ...