މިރޭގެ ފޯރަމްގައި މެމްބަރު ހަސަން ލަތީފް (ކ-2) އެހެން ބައެއް ބޭފުޅުންނާ އެކު: އާ ބިލުގެ މަގްސަދަކީ ފުލުހުންގެ މައްޗަށް 241 ކޮމިޓީގެ ނުފޫޒު ނުފޫޒު ފޯރުވުން ނޫން ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
01 ޖުލައި 2020 - 23:25
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީީ (241 ކޮމިޓީ) އަށް ފުލުހުންނާ ގުޅޭ ކަންކަމުގައި ބާރުތަކެއް ލިބޭ ގޮތަށް ފުލުހުންގެ ބިލުގައި ހިމެނުމަކީ މަޖިލީހުން ފުލުހުންނަށް ނުފޫޒު ފޯރުވުން ނޫން ކަމަށް އެ ކޮމިޓީގެ މެމްބަރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލުގައި 241 ކޮމިޓީ އަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް ހިމަނާފައި އޮތުމުން، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެކަމަށް އޮތީ އަމާޒުވެފަ އެވެ. އޭގެ ސަބަބުން، ފުލުހުންނަށް ނުފޫޒު ފޯރުވަން ފުރުސަތު ލިބޭ ކަމަށް އެ ކޯލިޝަނުން ބުނެފައިވެ އެވެ.
ފުލުހުންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަން މަޖިލީހުގެ އިދާރާ އިން ބޭއްވި ފޯރަމްގައި، ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް މަޖިލީހުން ވަންނަ ކަމަށް ބުނެ، އެ ސުވާލު އަމާޒުވުމުން ހަސަން ވިދާޅުވީ، ބިލު މިހާރު އޮތްގޮތުން އޮޕަރޭޝަނަލް ކަންކަމުގެ މައުލޫމާތު 241 ކޮމިޓީ އަށް ހޯދޭނީ ނިމިފައިވާ އޮޕަރޭޝަންތަކާއި ހިނގަމުންދާ އޮޕަރޭޝަންތަކުގައި ތަހުގީގަށް ހުރަސް ނޭޅޭނެ މިންވަރަށް ކަމަށެވެ. އެއީ، ގާނޫނުއަސާސީން އުފެދިފައިވާ ކޮމިޓީއެއް ކަން ފާހަގަ ކުރައްވައި، އެ ޒިންމާ އަދާކުރުމުގެ ގޮތުން މައުލޫމާތު ހޯދުމަކީ ނުފޫޒު ފޯރުވުން ކަމަށް ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީން ކަނޑައަޅައި، ބާރު ދީފައި އޮންނަ ކޮމިޓީ އެއީ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ގާނޫނުއަސާސީން އެ މަސްއޫލިއްޔަތު އަދާކުރަން ހަވާލު ކޮށްފައި އޮންނަ ކޮމިޓީން ކުރާ ކަންކަން އެއީ ހަގީގަތުގައި އެހެން ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވުން ކަމަކަށް ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ޗެއާޕާސަން ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ފުލުހުންގެ ބިލުގެ މަގްސަދަކީ ފުލުހުންނަށް ހުށަހެޅޭ ވަކިވަކި މައްސަލަތައް މަޖިލީހުން ބެލުމެއް ނޫނެވެ. އެކަމަކު 241 ކޮމިޓީގެ ބާރު ފުލުހުންގެ މައްޗަށް ހިންގޭތީީ އެކަމަށް ފާރަވެރި ވެވޭނެ ނިޒާމުތަކެއް ގާއިމް ކުރުމަކީ ބިލުގެ މަގްސަދެއް ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އުފެދިގެން އައިސް، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ބަދަލުވެގެން މިއަދާ ހަމައަށް އައިއިރު ވެސް ޕްރޮސެކިއުޓް ކުރަން އަދި އެއްވެސް މައްސަލައެއް ނުފޮނުވާ،"--- ހަސަން
"ގާނޫނުއަސާސީގެ 239 ވަނަ މާއްދާގައި އޮންނަ ވާހަކައެއް އެއީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް 241 ކޮމިޓީ އަށް ބާރު ހިންގޭނެއޭ. މި އިބާރާތުން އޮންނަނީ. އަޅުގަނޑުމެންނަށް އެ މާއްދާ މާނަ ކުރެވޭ ގޮތަކީ ސަލާމަތީ ޚިދުމަތްތަކުން ކުރާ ކަންކަމުގެ މައުލޫމާތު ސާފުކުރުން އެކަންޏެއް ނޫނޭ. ބައެއްގެ މައްޗަށް ބާރު ހިންގޭނެއޭ ބުނީމަ އެއަށް ވުރެ ފުނަށް އެ ދެވެނީ،" ހަސަން ވިދާޅުވި އެވެ.
ފުލުހުން އާންމުންނާ މުއާމަލާތު ކުރުމުގައި ފުލުހެއް ކަން އަންގައިދޭ ލިޔުމެއް ނުދެއްކުމާއި ވީޑިއޯ ކުރެވޭނެ އުސޫލުތަކެއް ނެތުމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ކުރި އެވެ.
މެމްބަރު ހަސަން މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ހަސަން ވިދާޅުވީ އެފަދަ ކަންކަމަށް ފުލުހުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ގާއިމް ކުރުމަކީ ބިލުގެ އެންމެ މުހިންމު އެއް މަގްސަދު ކަމަށެވެ. އެފަދަ ފުލުހުންނަށް ފިޔަވަޅު އެޅުމަކީ މުޅި މުއައްސަސާގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށާއި އެފަދަ ނިޒާމެއް މިހާތަނަށް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އުފެދިގެން އައިސް، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ބަދަލުވެގެން މިއަދާ ހަމައަށް އައިއިރު ވެސް ޕްރޮސެކިއުޓް ކުރަން އަދި އެއްވެސް މައްސަލައެއް ނުފޮނުވާ،" ހަސަން ވިދާޅުވި އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުމާލޭ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ކޮމިޓީން ބާރު އިތުރަށް ހޯދަން މަސައްކަތް ނުކުރާނެ ކަމަށާއި ފުލުހުންގެ ބިލުގެ ބޭނުމަކީ އިތުބާރު ކުރެވޭނެ ފުލުހުންގެ ނިޒާމެއް ގެނައުން ކަމަށެވެ. ލާމަރުކަޒީ އުސޫލުން ކަންކަން ކުރަން ތައްޔާރުވަމުން އަންނައިރު، ފުލުހުންގެ ޚިދުމަތް ވެސް އެ އުސޫލުގެ ތެރެއިން ލިބޭނެ ނިޒާމެއް ގާއިމް ކުރުމަކީ ވެސް ބިލުގެ ބޭނުމެއް ކަމަށް ނިޔާޒް ވިދާޅުވި އެވެ.
މިރޭގެ ފޯރަމްގައި މެމްބަރު ނިޔާޒް ވާހަކަ ދައްކަވަނީ: ލާމަރުކަޒީ ނިޒާމަށް އަބަދުވެސް ތާއީދު ކުރައްވާ ބޭފުޅެއް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"ރީޖަނަލް ޕޮލިސް، ސިޓީ ޕޮލިސް، ރަށު ޕޮލިސް، ނެއިބާހުޑް ނުވަތަ ވިލީ ފުލުސް ފަދަ ޚިދުމަތްތައް ދެވޭނެ ގޮތް މި ބިލުގައި ކަނޑައެޅިގެންދާނެ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުލުހުން ވެލްފެއާ ކުންފުނި ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުން ފާހަގަކުރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާރަށް ވުރެ ރަނގަޅު ވެލްފެއާ ނިޒާމެއް އެ ބިލާ އެކު ގެނެވޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ފުލުހުންގެ ބިލު 241 ކޮމިޓީން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. އެ ބިލަށް ސަރުކާރާއި ބަންޑާރަ ނައިބުގެ ފަރާތުން ވެސް ބައެއް އިސްލާހުތައް ހުށަހެޅި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޝާ
05 July 2020
ގައުމު ހިންގަނީ މަޖްލީހުން ދެން ވަދެގަންނާނީ އެމްއެންޑީއެފް ތެރެއަށް ބަރުލަމާނީވެ ނިމިއްޖެ ރައީސްމީހާ އެހުންނަވަނީ ހަމަ އެކަނި ގާނޫނު ތަސްދީގުކުރަން
ނަމޫނާ
02 July 2020
ކޮންމެގިތަކުންނަމަވެސް ވަރަށް ބޮޑަށް އިސްލާހުކުރަންޖެހިފަ އޮތް މުއައްސަސާއެއް ޕޮލިހަކީ ދައުލަތިން ކުރާ ވަރަށް ބޮޑު ބޭކާރު ހަރަދެއް ހާއްސަކޮށް އަތޮޅުތަކުގައިވާ ސްޓޭސަންތަށް ޑިގުކުޅުމާ މަސްބޭނުމާ ފުޓުސަލް ކުޅުން ކަމަކަށް އޮންނަނީ
ރަމްޒީ
02 July 2020
ނުފޫޒެއްނޫން އަޅުވެތި ކޮއްލަނީ
ހާލީ
02 July 2020
ކަޑައެޅިގެން ދޮގެއް ތިޔަބިލުކިޔަންނޭގޭ މީހުން ރާއްޖޭގައި ވަރަށް މަދު
ވަތުބަތާނަ
02 July 2020
ތިކަން ކިރުބޯ ކުއްޖަކުވެސް ގަބޫލެއް ނުކުރާނެ! އެހެންވީއިރު ދެން އެހެން މީހުންނަށް ގަބޫލުކުރެވޭނީ ކިހިނެއް؟ އެކަމަކު ތަމެން މީ ރޭގަނޑޭ ބުނާއިރަށް އާއެކޭ ބުނާކުދިން ގަބޫލުކޮށްފާނެ! އެއީ ހަމައިން ނެއްތޭ ކުދިންވިއްޔާ.
މިވަރެއްނެތް
02 July 2020
ބާރާއި ނުފޫޒުގައި ތިބެ ހަދާ ކޮންމެ ގާނޫނެއް، ގަވާއިދެއް ނުވަތަ އަޅާ ފިޔަވަޅެއް ވާންޖެހޭނީ މާދަމާ ބާރާއި ނުފޫޒު ގެއްލި ތިމާ ނިކަމެތިވާ ދުވަހުވެސް ތިމާއަށް ރައްކަލާއި އިންސާފު ލިބޭ ފަދަ ގާނޫނާއި ފިޔަވަޅުތަކަށެވެ. އެހެން ނޫންނަމަ ހަމަ ތިބޭފުޅުން އިސްވެ ތިބެ ހެދި ގާނޫނާއި ގަވާއިދާއި އެޅި ފިޔަވަޅުތަކުގެ ޝިކާރައަކަށް ތިބޭފުޅުން ވާނެ. މިއީ ދުނިޔޭގެ އުސޫލު.
އެޑަމް
02 July 2020
ބަލަހަސަނާ ހުވާގަވެސް އޮތީ އިސްލާމްދީނުގެވާހަކަ އެންމެފަހަތައްލާފައޭގެބާރުދެރަކޮއްލާފަ ހުވާގަ,ދީން އިސްކޮއްފައޮތްއޮތުންމިހާރުފަސްކޮއްފަ އެއޮތީކޮންނިޔަތެއްގަތޯ?ވަރައްމަލަރީތިކޮއްގެން ތިއުޅެނީފުލުހުން ޒަމާނީކުރާކައްނޫނެވެ ދުނިޔޭގައެހެންގައުމުތަކުގަވެސް ފުލުހުންގެކަންތަކުގެތެރެއައްވަދެގަނެގެނެއް,މަޖިލިހަކުންނޫޅޭ,ކޮބައިތޯ ހޯމްމިނިސްޓަރުގެބޭނުން!!
އެޑަމް
02 July 2020
ފުލުހުންގެ ތިބިލަކީ241ކޮމިޓީއައްފުލުހުންގެހުރިހާބާރުތަކެއް,ނަގައިގެން ތީތަހުގީގުކުރާކޮމިޓީއަކައްބަދަލުވާނެ,ސުވާލުއުފެދޭއަނެއްކަމަކީ އަނެއްކާވެސްބާރުގަދަ7މީހުންގެ ކޮމިޓއެއް,އޮވެފާއަދި,އިންޓަގުރިޓީކޮމިސަނެއްއޮވެފާ,އަދި241ކޮމިޓީއައްބާރުތަކެއްދީފަ އަދިހޯމު މިނިސްޓަރެއްހުރެފައަދިއެންމެމަތީވެރިަކައް,ރައީސްވެފާ,މިކިޔަނީކީކޭތޯ,ބަލަހަސަނާމިހާރުތިކަހަލަބިލެއްނެއްއިރުވެސް މީހުންކޮމިޓީތަކައްގެންނަހިތުންތިތިބެނީނުނިދިފަ ދުވާލަކުވަޒީރެއްދަމާ,ދެންތިކޮމިޓީގެއުދަގުލާހެދި,ތިވަޒީފާއައްވަންނާނެމީހަކުވެސްްނުވާނެ!!
ނޫސްވެރިން ސުވާލުކޮށްދެއްވާ!
02 July 2020
ރައްޔިތުންގެ ހިޔާލު ހޯދަންށޭ ކިޔާފަ ސްޓޭޖް ޝޯ ނުބާއްވަވާ! ރައްޔިތުންނަށް އެކަން އޮންނަކަން 2 ތިން ދުވަސްކުރިން އެނގެން އެބަޖެހޭ! ދާދިފަހުން ފާސްކުރި މާލީ ބަޔާނާ ބެހޭކަމަކީ މަޖިލީހުގެ ކޮންމެ މެންބަރެއްގެ މަސްލަހަތު ހިމެނޭކަމެއް! އެކަމުގައި ރައްޔިތުންގެ ސީދާ ހިޔާލު ނުހޯދާ ފާސްކުރުމަކީ ހެއްދެވި ގޯހެއް!
އަލީ ސަލީމް
02 July 2020
ނުފޫޒު ފޯރުވާނެ ގޮތެއްވެސް ނޭނގޭނެ!! މިހާރުވެސް މިއުޅެނީ ރޯޔަލް ފެމިލީގެ މީހުން އެޗްޕީއޭގެ ޤަވާޢިދާ ޚިލާފުވެގެން! ޕާޓީކުރާތީ ނޫނީ ކޮންމެވެސް އެއްޗެއް ބޮއެގެން! ނޫނީ ރޭޕު ކޮއްގެން އެމީހުން ހައްޔަރު ނުކުރެވިގެން! ދެން އިއްޔަ އެބުނީ ފުލުހުން އެއްވެސް މެމްބަރެއް ބަލާ ފާސްކޮއްގެންނުވާނެއޭ! އަދި ކޮބާ ތިޔަ ބިލް ފާސްވެއްޖެއްޔާ!!! މިނިވަންކަމުގެ ނަމުގައި މިފަހަރު ރަނގަޅަށް ޑިކްޓޭޓަރު ފެންނާނެ! ހަމަ އިނގިރޭސިންގެ އެފްރިކަން ޕަޕެޓު ޑިކްޓޭޓަރުންހެން!