ޚަބަރު / ހުކުރު ނަމާދު

ބައެއް އިލްމުވެރިންގެ ބަސް: ޖަމާއަތުގައި ގައިދުރުކުރެވިދާނެ

އިއްޔެ މާލޭގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަނީ: މިއީ ތިން މަހަށް ފަހު މާލޭގައި ކުރި ފުރަތަމަ ހުކުރު ނަމާދު

11 ޖުލައި 2020 - 11:14

78 comments

ތިން މަހަށް ފަހު މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ޖަމާއަތުގެ ނަމާދާއި ހުކުރުގައި ވެސް ގައިދުރުކަން ބެހެއްޓިދާނެ ކަމަށް، ދީނީ ބައެއް އިލްމުވެރިން "މިހާރު"އަށް ވިދާޅުވެއްޖެ އެވެ.

އެކަމަކު ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާއިރު، ދުރުދުރުގައި ތިބުން މުހިއްމު ނޫން ކަމަށް ގަބޫލުކުރައްވާ އިލްމުވެރިން ވެސް އުޅުއްވަ އެވެ. އެހެންކަމުން މިއީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އޮތް މައްސަލައެކެވެ.

އައިޖީއެމްއެޗުގެ ލޮލުގެ ޑޮކްޓަރު މުހައްމަދު އައްޒާމު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ޖަމާއަތުގެ ނަމާދާއި އިސްލާމީ މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ފޮޓޯ ހިމަނައިގެން، މަންޒަރެއް ސިފަކޮށްދެއްވައިފަ އެވެ. ބޭރުގެ ބޮޑު ތިން މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރީ، ދުރުދުރުގައި މީހުން ތިބެގެންނެވެ. އެކަމަކު އޭނާގެ ޓްވީޓްގައި ހިމެނި އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދުގެ ޖަމާއަތް އޮތީ، ކޮވިޑް-19ގެ ކުރީގެ ހާލަތާ އެއްގޮތަށެވެ.

ޑރ. އައްޒާމްގެ ޓްވީޓަށް ހިޔާލު ފާޅުކުރި މީހުން ވަނީ، ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްގެ ތެރޭގައި އެގޮތަށް ތިބުމުން، ދެން ވެދާނެ ގޮތަކާ މެދު ސުވާލު އުފައްދައިފަ އެވެ.

އެކަމަކު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ހުންނެވީ އޭނާގެ ގޮތުގަ އެވެ. އޭނާ ކުރެއްވި ޓްވީޓްގައި މާތް ރަސޫލާގެ ސުންނަތުން ފެންނަން އޮތް އުސޫލާ ދުރަށް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމުގައި އެއްވެސް މީހަކު ގައިދުރުކަން ބަހައްޓަން އިސްކަން ނުދޭ އިރު މިސްކިތަށް އަރާ ވަގުތުގައި އެ ދުރުކަން ބެހެއްޓުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

"ހަމައެކަނި ނަމާދަށް ސަފު ހަދާއިރު ސޯޝަލް ޑިސްޓެންސް ބެހެއްޓުމަކުން ނުފުދޭނެ. ނަމާދުގައި ސަފު ހަދަންވީ ގޮތް ސުންނަތުގައި އެބަ އޮތް،" އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޑރ. އިޔާޒު ވިދާޅުވި އެވެ.

"ނަމާދުގައި ސަފު ހެދުމުގައި ސޯޝަލް ޑިސްޓެންސް ބަހައްޓަން ޖެހޭ ސަބަބެއް ރާއްޖެއަކު ނެތް."

އެހެން ބައެއް އިލްމުވެރިންގެ ތަފާތު ވިސްނުން

ޑރ. އިޔާޒު އެގޮތަށް އެ ވިދާޅުވީ އާންމު ބައެއް މީހުންގެ އަމިއްލަ އުޅުމުގައި ގައިދުރުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މައްސަލައިގަ އެވެ. އެކަމަކު ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދެއްކެވި ދީނީ ބައެއް އިލްމުވެރިން ވިދާޅުވީ، މި ހާލަތުގައި ނަމާދާއި ހުކުރު ޖަމާއަތުގައި، ގައިދުރުކަން ބެހެއްޓުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށެވެ.

އެ ބޭފުޅުން އެގޮތަށް ވިދާޅުވީ ސައުދީ އަރަބިއްޔާ ކަހަލަ ގައުމުތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދުކުރާ ކުރުމަށް އެކަނި ބިނާކުރައްވާފައެއް ނޫނެވެ. ދީނުގައި ބައެއް ހާލަތްތަކުގައި ކަން ކުރަން އަންގާފައިވާ ގޮތަށް ވެސް، އެ އިލްމުވެރިން މިސާލު ދެއްކެވި އެވެ.

އޭގެ ތެރެއިން އެއް އިލްމުވެރިޔަކު ވިދާޅުވީ "ހަރާން [ބައެއް ކަންކަން] ވެސް ޒަރޫރީ ހާލަތްތަކުގައި ވަކި އުސޫލުތަކެއްގެ ދަށުން ހުއްދަވާ" ކަމަށެވެ. އެފަދަ ހާލަތެއްގައި ބަލަން ޖެހޭނީ، އެ ބަދަލު ގެންނަން ޖެހޭ މިންވަރަށް މަޖުބޫރުކަމެއް އޮތްތޯ ނުވަތަ ނޫންތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކައަށް ބާރު ދެއްވަމުން، އެހެން އިލްމުވެރިޔަކު ވިދާޅުވީ ވަކި ހާލަތްތަކުގައި ދީނީ ކަމަކާ ބެހޭ ގޮތުން ނިންމުމެއް ނިންމާއިރު، އިލްމުވެރިންނަށް އެކަމުގެ މައުލޫމާތު ނޭނގެންޏާ، އެނގޭ ބައެއްގެ ފަރާތުން މައުލޫމާތު ހޯދަން، ދީނުގައި އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި، ތަޖުރިބާކާރުންނަކީ، ޑޮކްޓަރުންނާއި ބަލިފެތުރުމާ ބެހޭ އިލްމުގެ ތަޖުރިބާކާރުންނެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަދިވެސް ބޭނުންވަނީ ޖަމާއަތުގައި ނަމާދުކުރުން ފަސްކުރާށެވެ. ހާއްސަކޮށް ހުކުރު ނަމާދުގެ ޖަމާއަތް ހެދުން ފަސްކުރުން، ވަރަށް މުހިންމު ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"މި ބަލިމަޑުކަން އޮތް ހާލަތެއް ބުނެދެވޭނީ ދީނީ އިލްމުވެރިންނަކަށް ނޫން، އެކަމުގެ ތަޖުރިބާކާރުންނަށް،" ހުކުރު ނަމާދުގެ ޖަމާއަތް ހެދޭ މިންވަރަށް މާލޭގެ ހާލަތު ނުދާކަމަށް ގަބޫލުކުރައްވާ އިލްމުވެރިޔަކު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ ގިނަ މީހުން އެއް ތަނަކަށް އެއްވެ ނޫޅޭށޭ ބުނާ ބޭފުޅުން. ގައިދުރުކުރާށޭ ތަކުރާރުކޮށް އެ ވިދާޅުވަނީ. އެހެންވީމާ އެބަ އެނގޭ ހުކުރު ނަމާދު ކަހަލަ ބޮޑެތި ޖަމާއަތްތައް ހަދާ މިންވަރަށް އަދި ނުދާކަން. އަޅިގަނޑު ގަބޫލުކުރަނީ ދުރުގައި ޖަމާއަތް ހެދޭނެ ކަމަށް. ނޫނީ އަދި ހުކުރު ކުރުން ފަސްކޮށްލަންވީ."

"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް އިލްމުވެރިން ވިދާޅުވި ގޮތުގައި އެޗުޕީއޭގެ އެންގުންތަކަށް އާންމުން ތަބާއަވޭތޯ ނުވަތަ ނޫންތޯ، އެއީ އެހެން މައްސަލައެކެވެ. އާންމުން ވަކި ގޮތަކަށް ނޫޅެއޭ ކިޔާފައި، ޖަމާއަތުގައި ނަމާދުކުރުން ކަހަލަ ބޮޑު އެއްވުމަކަށް އިލްމުވެރިން ތާއީދުކުރުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގައި ބަލަން ޖެހޭނީ، އެ އިލްމުވެރިން ވިދާޅުވި ގޮތުގައި، ޖަމާއަތުގައި ނަމާދުކުރަން މިސްކިތްތަކަށް އަރާ މީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށެވެ.

ހުކުރު ނަމާދަކީ، އެހެން ނަމާދުތަކަށް ވުރެ ބޮޑު ޖަމާއަތެކެވެ. ނަމާދުގެ ޖަމާއަތަށް ނުދާ އެތައް ހާސް ބަޔަކު ވެސް، ހުކުރު ނަމާދަށް ދެ އެވެ. އަދި އާންމު ނަމާދުތަކަށް ވުރެ ޖަމާއަތުގައި ހޭދަވާ ވަގުތު ވެސް، ހުކުރު ނަމާދުގައި ގިނަ އެވެ. އެހެންކަމުން ކޮވިޑް-19 މިހާރު ފެތުރެން ފަށާފައިވާ މިންވަރަށް ބަލާއިރު، ގައިދުރުކަމެއް ނެތި ހުކުރު ނަމާދުގެ ޖަމާއަތް ބާއްވާ ނަމަ، އާ ކްލަސްޓާތަކެއް އުފެދުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެ ކްލަސްޓާތަކުގެ އެއެއް މިއެއް ނޭނގޭ ވަރަށް، ކޮންޓެކްޓް ޓްރޭސީންގެ މަސައްކަތް ފެނަން ދިއުމުގެ ފުރުސަތު ވެސް ކުޑައެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ނަމާދުގެ ޖަމާއަތުގައި ކައިރީގައި ތިބީ ކޮން ބައެއް ކަން، އެކަކު އަނެކަކަށް ނޭނގުމެވެ.

ޑރ. އިޔާޒު: މައްކާ އާއި މަދީނާ ތަފާތު!

މައްކާ އާއި މަދީނާ ފަދަ ސިޓީތަކުގައި، ހާއްސަކޮށް މަސްޖިދުއްނަބަވީ އާއި ހަރަމްފުޅުގައި ވެސް ނަމާދު ކުރަނީ ދުރުދުރުގައި ތިބެގެން ކަމަށް މީހަކު ބުނުމުން އެއަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ "ސައުދީ އަރަބިއްޔާގައި އާއްމު ދިރިއުޅުމުގައި ވެސް މީހުން އުޅެނީ ގައިދުރުކަން ބަހައްޓައިގެން" ކަމަށެވެ.

މާލޭގައި އާންމުން އުޅެނީ އެގޮތަށް ނޫން ކަމަށް، އޭނާ ވިދާޅުވި އެވެ. ސައުދީ އަރަބިއްޔާގެ މަގުމަތީގަ އާއި ސުޕަމާކެޓްތަކުގައި އާންމުން އުޅޭއިރު ވެސް އެ ދުރުމިން ބަހައްޓާ އިރު، އޭނާ ވިދާޅުވީ، "ރާއްޖޭގެ ހާލަތު ނުގުޅުވޭނެ" ކަމަށެވެ. އެހެންކަމުން ޑރ. އިޔާޒު ގަބޫލުކުރައްވާ ގޮތުގައި މައްކާ އާއި މަދީނާގެ ހާލަތު ތަފާތެވެ.

ތިން މަސް ދުވަހުގެ ލޮކްޑައުންއަށް ފަހު މާލެ ސަރަހައްދަށް ދިން ލުޔާ އެކު ފެންނަނީ ދިވެހިންގެ ތެރޭގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވާ ތަނެވެ. އެގޮތުން އިއްޔެ ވެސް، 44 ދިވެއްސަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. މިއީ ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް ކަމަށް ބެލި ދުވަސްވަރު ވެސް އެއް ދުވަހެއްގައި ދިވެހިން ޕޮޒިޓިވްވެފައި ނުވާ މިންވަރެކެވެ.

78 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 13%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުތާ

12 July 2020

ޑޮކްޓަރު އިޔާޒުއެވެ. އިސްލާމްދީން ނުވަތަ އިސްލާމީ ޝަރީޢަތަކީ ދުނިޔެމަތީ މިދިމާކަންކަމުގައި ދެހަދަންވާ ގޮތްހުސްވެ ކޮޅެއް ފެންނަންނެތް ދީނެއް ނޫނެވެ. އިސްލާމް ދީނަކީ ލުއިފަސޭހަ ދީން އޭ ކިޔަނީ ކޮންމެކަމެއްގައިވެސް ފަސޭހަ ހައްލުތަކެއް ގެނެސްދީފައިވާތީއެވެ. އަޅުގަނޑުމެންގެ ތެރޭގައި އާންމު ދިރިއުޅުމުގައި ގައިދުރު ބަހައްޓައިގެން އުޅޭ އަދި ރައްކާތެރިކަމުގެ ފިިޔަވަޅު އަޅައިގެން އުޅޭ އެތައްބަޔަކު އެބައުޅެވެ. އެމީހުންވެސް މިސްކިތަށް ޖަމާއަތަށް އަރަން ބޭނުންވާނެއެވެ.

The name is already taken The name is available. Register?

އިޔެ1

12 July 2020

އިސްލާމްދީނަކީ މައިގަނޑު އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް. ފުރާނައަަކީ ﷲގެ ހައްޤެއް. ފުރާނައަށް ނުރައްކާވެދާނެ ކޮންމެ ކަމެއް އެކަލާނގެ ނަހީކުރެއްވި. އަދި ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލުނުކުރެވޭ އެއްވެސް ކަމެއް ނެތް.

The name is already taken The name is available. Register?

ކަކުނިބޯ

12 July 2020

ޑރ އިޔާޒު އެވިދާޅުވީ ރަނގަޅަށް އަމިއްލަ ދިރިއުޅުމުގައި މަގިމަތީގައި އުޅޭއިރު ދުއްވާއެއްޗެހި ދުއްވުމަގަޔާ ހިގުމުގައި ގައިދުރުކަން ނުބެހެއްޓޭބަޔަކަށް މިސްކިތުގައި ގައިދުރުކޮށް ޖަމާއަތްހަދަންޖިހޭ ސަބަބެއްނެތް އެއީ އަމިއްލަނަފްސަށް އޮޅުވާލާއޮޅުވާލުމެއްކަން ޔަޤީން. ގައިދުރުކުރަން އޮންނަނީ މިސްކިތުގައި އަދި ފިހާރަޔަށް ވަންނަން އޮންނަނީ އަދަދެއް ވަރިހަމަ ހަތަރު މީހަކު ބައްދާލައިގެންތިއްބަސް އެންޓި ވައިރަސް ވާނެ. މީދިވެހި ވިސްނުން

The name is already taken The name is available. Register?

ސިޔާމް

11 July 2020

މައްކާ ހަރަމްފުޅުގެ އިމާމުން އަތުގަ ޕީއެޗްޑީ ވެސް އޮވޭ. އެކަމަކު އިޔާޒުމެން އަތުގަ އޮންނަ ވަރަށް ވުރެ ކުޑަ ޕީ އެޗްޑީއެއް ހެން ހީވަނީ. އެހެންވެ ސަފުހަދާ ގޮތް ނޭގެނީ.

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

11 July 2020

އަޅުގަޑު ވަރަށް އިޙްތިރާމް ކުރާ ބޭފުޅެއް ޑރ.އިޔާޒް އަކީ. އެހެން ނަަވެސް މިކަމުގައި ޑރ.އިޔާޒް ގެ ފަތުވާޔާ އަޅުގަނޑު ދެކޮޅު. ޢާންމު ދިރިއުޅުމުގަ ބަޔަކު އުޅޭގޮތުން ދީނުގަ ކަން ކަން ކުރަން އަންގަވާފަ އޮންނަ ގޮތް ބަދަލެއް ނުވާނެ. ރަސޫލް ޒަމާނުގައި ދިމާނުވާ އެތައް ކަމެއް މިހާރު ދިމާވާނެ. އެހެންކަމުން ފިޤުހުވެރިން އެކަމަކާއިމެދު ބަހުޘް ކޮށް ޙައްލު ހޯދަން ޖެހޭ.

The name is already taken The name is available. Register?

އތނ

11 July 2020

މިހާތަނަށް ކޯވިޑް19 ފެނުނީ ބާޒާރުމަތިންނާއި ފިހާރަ ތަކާއި، ރެސްޓޯރެންޓް ތަކާއި ޖިމްތަކުންނާއި ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ބޭރުމީހުން ދިރިއުޅޭ ގެތަކުންނާއި އަދި ހޮސްޕިޓަލުން. ނަމާދުކުރަން މިސްކިތްތަކަށް ދާ މީހުން އެޗް.ޕީ.އޭ ގެ އެންގުންތަކަށް ސަމާލުކަން ދޭނަމަ ކޯވިޑް19 ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ.

The name is already taken The name is available. Register?

namanama

11 July 2020

ސަމާލުކަން ދޭނަމަ ތާ. ނުދޭތީނު މާލެތެރޭގަ މިހާރުވެސް ދެފަޔަށް ހިނިއަރައިގެން އުޅޭމީހުން ގިނައީ

The name is already taken The name is available. Register?

ޖައިސާމް

11 July 2020

ދިވެހި މުޖުތަމައު ހަލާކުވުމާ މިސްކިތުން ކޮވިޑް ފެތުރުމުގެ ޒިންމާގެ ބޮޑު ބައެއް އިޔާޒު ކަހަލަ ބޯހަރު މީހުން ބޮލުގަ އެޅޭނެ. ހިސާބު ބައްލަވާ ދުވަސް އައިމާ އިޔާޒު ބުނާނީ ކީކޭ؟

The name is already taken The name is available. Register?

11 July 2020

އެޗްޕީއޭ އިން ވިދާޅުވީ މާސްކް އަޅަން މަޖުބޫރު ވާ ހާލަތެއް އަދި ނެއް ކަމަށް.... އެޗްޕީއޭ އިން އެހެން ވިދާޅުވީ ބޯ ހަރު ކަމުންތޯ ނޫނީ ހަލާތަށް ރިޔާއަތް ކޮށްތޯ؟ ޝޭޙް އިޔާލް ވިދާޅުވީ ތެދު ފުޅެއް... އެޗްޕީއޭ އިން ވިދާޅުވީ ތެދުފުޅެއް... ބަޔެއް މީހުން މިކަންތަށް މާ ބޮޑު ކޮށްލައިގެން ފިތުނަ އުފައްދަން އުޅެނީ....

The name is already taken The name is available. Register?

އަލްފަރުދީ

11 July 2020

އީޚްތިލާފް ނެތްކަމެއް ހަމަ ނެތީއެވެ. މަގޭ ޗޮއިސް އަކީ މިސްކިތަށް ނުދިއުން. އަހަރެން އަމިއްލަ ނަފްސަށް ޒިންމާ ވާނީ. މިހާލަތުގައި އިސްކަން ދޭނީ ބޭސް އިލްމްވެރިންގެ ބަހަށް. ގައިދުރުކުރޭ. މާސްކް އަޅާ. އަތް ދޮވެ ސެނިޓައިޒް ކުރޭ. ދިރިތިބިއްޔާ މިކަމުން ސަލާމަތްވާ ދުވަސް ފެންނާނެ.

The name is already taken The name is available. Register?

11 July 2020

މަގުމަތީގަ ވަރަށް ގިނަ ބަޔަކު މާސްކް ނާޅާ އެބަ އުޅޭ ފަހާރަށް ޔަށް ވެސް ވަންނަނީ މާސްކް ނާޅާ... ކެފޭ ރެސްޓޯރަންޓް ނުވީތަކަށް ހޮސްޕިޓަލްގަ ވެސް މާސްކް ނާޅާ.... ހޮސްޕިޓަލަށް މާސްކް ނާޅާ ވަންނަ ކަންތަށް ބަލަން އެބަ ޖެހޭ

The name is already taken The name is available. Register?

ސްކިޕަރ

11 July 2020

ސަފު ހަދަންވާނީ ގާތްގާތުގައި. ގާތް ގާތުގައި ސަފު ހެދުން ރައްކާތެރި ނޫންނަމަ އެއޮތީ ޖަމާޢަތުގައި ނަމާދު ކުރުން ރައްކާތެރިއެއް ނޫން ހާލަތެއް. އެފަދަ ހާލަތް ތަކުގައި ކަންތައް ކުރަން އޮންނަގޮތް ވަރަށް ސާފުކޮށް އިލްމުވެރިންންވަނީ ބަޔާންކުރައްވާފައި. ދީނީ އިލްމުވެރިން މިފަދަ މައްސަލަތަކުގައި ދެބަސް ނުވާއިރު، އިސްލާމިކް ސްޓަޑީސް އިން ޑިގްރީއެއް ނަގައިގެންތިބި ދަރިވަރުންތަކެއް ދެބަސްވާންޖެހޭ ހާލަތެއް މިތާކުއެއް ނެތް.

The name is already taken The name is available. Register?

އިސްލާހު

11 July 2020

މީހުން އެއްތަނަކަށް އެއްވާ ވަރަށް މާލޭ ގެ ހާލަތު ދިޔަކަމަށް ނުބެލެވެ އެވެ

The name is already taken The name is available. Register?

އިސްލާހު

11 July 2020

ހާލަތު އެހިސާބައްދިޔަ ކަމަށް ބެލެވޭނީ ގިނަ އަދަދަކަށް މީހުން މަރުވީމަ؟

The name is already taken The name is available. Register?

11 July 2020

މަގުމަތީގަ މީހުން މާސްކް ނާޅާ އުޅެވޭ ވަރަށް ހާލަތު ރަގަޅެއް ނުވޭ... އެކަމަކު މިއަދު ގިނަ މީހުން މަގުމަތީގަ އުޅެނީ މާސްކް ނާޅާ... ފިހާރަތަކަށް ވަންނަނީ މާސްކް ނާޅާ... މިކަން ބަލާނެ ސަރުކާރުގެ މުއްސަސާ އަކީ ކޮބާ ބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454