އައިޖީއެމްއެޗްގެ ނަރުހުން މިހާރު ބޭނުންކުރާ ޔުނީފޯމް.
11 ޖުލައި 2020 - 20:47
އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމަށް އަނެއްކާވެސް ބަދަލެއް ގެނެސް މާދަމާ އިން ފެށިގެން އާ ޔުނިފޯމެއް ލާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ވަނީ މެއި 12، 2018 ގައި ވެސް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފަ އެވެ. އޭރު ބަދަލުކުރީ ވިލު ނޫ ކުލައަކަށް ދާ ޔުނީފޯމަކަށެވެ. އޭގައި ހުދު ކުލަ އާއި ވިލު ނޫ ކުލައިގެ މާތަކެއް ހުރެ އެވެ.
އަލަށް ބޭނުންކުރާ ޔުނިފޯމުގެ ކުލައަކީ ވެސް ވިލު ނޫ ކުލަ އެވެ. މިހާރުގެ ޔުނިފޯމާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނެތަސް ކުލަ ތަންކޮޅެއް މަޑުވެފައި އެއްވެސް ޑިޒައިނެއް ނުހުންނާނެ އެވެ.
މިހާރު ބޭނުންކުރާ ޔުނީފޯމް ހުންނަނީ އަތް ކުރުކޮށެވެ. ބުރުގާގެ ގޮތުގައި ބޭނުންކުރަނީ ވެސް ވިލު ނޫކުލައިގެ ވަށް ބުރުގަލެވެ. ނަމަވެސް އާ ޔުނީފޯމުގެ އަތް ދިގުވެފައި، ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެ އެވެ.
ގިނަ ނަރުހުން މިހާރު ޔުނީފޯމު ލަނީ ޑިއުޓީ އަށް ނުކުމެފަ އެވެ. މިދުވަސްކޮޅު ގެއިން އާ ޔުނީފޯމް ލައިގެން ދިޔަ ކަމުގައި ވިއަސް، އެ ޔުނީފޯމާ އެކު ގެއަށް ނުދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ނަރުހުންނަށް އަންގާފައި ވެ އެވެ.
އެންމެ ކުރިން ނަރުހުން ލީ ހުދު ކުލައިގެ ޔުނީފޯމެކެވެ. މިއީ މިފަހުން ޔުނީފޯމް ބަދަލު ކުރި ތިން ވަނަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫނު ފެން
13 July 2020
ރާއްޖޭގެ ރައީސް އަދި މަޖިލިހުގެ ރައީސް ޔުނިފޯއްމު ލައްވަބަލަ...
ނަން
13 July 2020
ރޯމާ ދުވާލު ހިންގާ ކޮރަޕްޝަން. ކޮންމެ ވެރިކަން ބަދަލުވާ ފަހަަރަކު ބަޔަކަށް ޖާއިޒް ފައިދާ ހޯދަ ދޭނެ. ފެއިލް އިބޫ.
ގުދުގުދާ
13 July 2020
ތިޔަ ހޮސްޕިޓަލްގެ ޕަބްލިކް ފާޚާނާތަކުގެ މުށިތައްވެސް ކޮންމެ 6 މަހަކުން ބަދަލު ކުރާ ތަނެއް! ބޭނުމަކީ ފައިސާ ހޯދުން!
ޙަބީބު
12 July 2020
ގައު މުގެ މައިބަދަ ކަ މުގަވާ ރިސޯޓު މުވައްޒަފުން ހާލުގަ ޖެހި ދައުލަތް ބަނގުރޫޓުވާއިރުވެސް ޔުނީފޯ މުތޯ ބަދަލު ނުކުރެވިގެން މިއުޅެނީ އަޑިނޭނގޭ ޑީލެއްތިޔަނިން މާލީވެސް ރިސޯޓު މުވައްޒަފުންނައް އެ މީހުންގެ ޕެންޝަންފަންޑުގެ %50 ލިބޭގޮތް ހަދާބަލަ މިހާލުގަ ދެވަނަ ރާޅެއް ބިންދަން ތައްޔާރުވެފަ މިވަނީ
ފަކީރު އަލީ
12 July 2020
ހާދާރީތި ކުދިންނޭ ދޯ އައި ޖީ އެމް ހޮސްޕިޓަލް ގަ އުޅެނީ
ސާއިލް
13 July 2020
މަޖާ
ސްޓާފުން
12 July 2020
އޮފީސް ދާއިޜާގެ ބޭފުޅުން ޔުނީފޯފް ނުލައްވާތޯ ، ޓެކްނީސަނުން ގެ ޔުނީފޯރމް އަދިވެސދް ނުނިމޭ ތޯ
ާއަލިބެ
12 July 2020
ނަރުހުން ލައްވާނެ ޔުނީފޯމެއް ނެތިގެންތަ މިއުޅެނީ އެކަމަކާއިގެން ތެޅިމަރުވަނީތި؟
ކްއިކްގަން މުރުގަން
12 July 2020
ކަލޯ އަންނީ އަވަހަށް ބުނޭ ތިމަންނައޭ ތިޔަ ކަންވެސް ނިންމާނީ. ނުވާނެ ދޫކޮށްލައިގެން އިގޭ ....
ފިފުޓީ ސިކުސް
12 July 2020
ޔުނީފޯމު ބަދަލުވުމުން ހޮސްޕިޓަލުން ލިބޭ ޚިދުމަތްރަގަޅުވޭބާ؟ ނާސިންކެއަރ ރަގަޅުވޭބާ؟ ޕަބްލިކުރިލޭޝަން ރަގަޅުވޭބާ؟ ކަރެޕްޝަނަށް މަގުފަހިވާގޮތަށޤ ކުރާ ކަންކަން ހުއްޓޭބާ؟
ފިފުޓީ ސިކުސް
12 July 2020
މިއީ މިހާލަތުގައި ކޮންމެހެން ކުރަންޖެހޭކަމެއްބާ؟