ޚަބަރު / ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނެ ކުއްލި މައްސަލައެއް

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށް ވިދާޅުވެ ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް( ދޮންބިލެތް)، މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މިއަދުގެ ޖަލްސާ އަށް ވެސް ކުއްލި ދެ މައްސަލައެއް ހުށަހެޅުމުން ވަނީ އޭގެ ތެރެއިން ބަހުސް ކުރާނީ ކޮން މައްސަލައެއްކަން ކަނޑައަޅަން ގުރުއަތު ލައިފަ އެވެ. ހަލީމްގެ އިތުރުން ދެން މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމެވެ. ގުރުއަތުން ހޮވުނީ ހަލީމްގެ މައްސަލަ އަށް ބަހުސް ކުރުމަށެވެ.

ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލައްވާފައި ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށެވެ. ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާ ގޮތް ބަލައި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކަށް ވެސް ގޮވާލެއްވި އެވެ.

ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން މެދުވެރިކޮށް ރާއްޖޭގެ ގައުމީ ސަލާމާތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލުމަށާއި މީހުންގެ މުދަލަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭގޮތަށް އަމަލު ކުރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ބަހުސް ކުރުމުގެ ފުރުސަތު ދެއްވުމުގެ ކުރިން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލައަކީ ބިދޭސީންނާ ގުޅޭ މައްސަލައަކަށް ވާއިރު މަޖިލީހުގައި މެމްބަރުން ބަހުސް ކުރައްވާއިރު އެއްވެސް ނަސްލެއް، އަދި އެއްވެސް އަވައްޓެރި ގައުމެއްގެ މީހަކާ ގުޅޭގޮތުން ބޭއަދަބީކޮށް ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.

"މިތަނުގައި އިއްޒތްތެރި މެމްބަރުން ވާހަކަ ދައްކަވާއިރުގައި އިންސާނިއްޔަތަށް ބެއްލެވުން. ގައުމުތަކުގެ ހަމަހަމަކަމާއި ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކާއި އަދި ދިވެހީންގެ ގަދަރު ވެރިކަމާއި ހެޔޮކަމާއި އޯގާތެރިކަމާއި މި އެންމެއެންމެ ކަންކަމަށް ބައްލަވާ،" ނަޝީދު ވިދާޅުވި އެވެ.

ދިވެހީންނަކީ ނަސްލީ ގޮތުން ވަކި ބައެއް ދެކެ ރުޅި އަންނަ ބައެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލަ އަށް ބަހުސް ކުރައްވަމުން، މައްސަލަ ހުށަހެޅުއްވި މެމްބަރު ހަލީމް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްދުން ނައްޓައިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

"މިދިޔަ ސަރުކާރު ނިމި މި ސަރުކާރު ހަވާލުވިއިރުގައި އިމިގްރޭޝަންގެ ޑިޕާޓްމަންޓްގައި ހުންނަ ޕައިސިސް ސިސްޓަމެއް. އެ ސިސްޓަމަށް އެކްސަސްވުމުގެ ހުއްދަ އޮންނަނީ ގަވައިދުން އެންމެ ދެ ބޭފުޅުންނަށް. އެހެން ނަމަވެސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އެ ސިސްޓަމަށް އެކްސަސްވެވޭ 60 މީހަކަށް ހުއްދަ ދެވިފައި އޮތް. އެންމެ އަޖައިބު ކުރުވަނިވި ކަމަކީ އެ 60 މީހުންގެ ތެރޭގައި ބަގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުން ވެސް ހިމެނޭ،" ހަލީމް ވިދާޅުވި އެވެ.

މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދޭ މައްސަލާގައި ބިދޭސީން މުޒާހަރާކުރުން އިތުރުވެފައި ވަނިކޮށް ހުށަހެޅުއްވި މައްސަލާގައި ހަލީމް ވިދާޅުވީ އިންސާނުންގެ ވަގު ވިޔަފާރިކުރާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނަން އެމެރިކާ އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ބަޔަކު ދެ ފަހަރަށް ނިންމި ކަމަށެވެ. އެކަން ނުކޮށް އޮތީ އެމެރިކާ ސަރުކާރާއި ރާއްޖެގެ މިހާރުގެ ސަރުކާރާ އޮންނަ ގާތްގުޅުމެއްގެ ސަބަބުން ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"އެ ރިޕޯޓްގައި ހިމެނުމުން ކުރިމަތިވާ ކަންކަމަކީ ހަމަ ދަތިކުރުމުގެ ފިޔަވަޅު އެޅުންފަދަ ކަންކަމެއް. ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ގެއްލިގެން ދާނެ. އެ ކަހަލަ ރިޕޯޓްތަކުގައި އަޅުގަނޑުމެން ހިމެނިގެން ގޮސްފި ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އޮންނަ ވަރަށް ބޮޑެތި އެޑްވާންޓޭޖްތައް އަޅުގަނޑުމެންނަށް ނެތިގެން ހިނގައި ދާނެ،" ހަލީމް ވިދާޅުވި އެވެ.

މުސާރަ އާއި ކާނާ ނުލިބި ގިނަ ބިދޭސީންތަކަކަށް ގޮތް ހުސްވެފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. މާލޭގެ ބައެއް ފިހާރަތަކުން އުކާލަން ނެރޭ ބައެއް ތަކެތި ކައިގެން އުޅޭ ބިދޭސީން ވެސް ގިނަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މީގެ ކުރީގައި މިކަންކަމާ ހަވާލުވެ އިމިގްރޭޝަންތަންތަނުގައި ތިއްބެވި ބޮޑެތި ވެރިންގެ ބޮޑެތި އިހުމާލު ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ގޮވާލަން ސަރުކާރަށް އެކަންކަމުގައި ސީރިއަސް ތަހުގީގެއްކޮށް، ހަރުކަށި ތަހުގީގެއްކޮށް މިކަންކަން ބެލުން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން އެގޮތަށް ގޮތް ހުސްވުމުން އޭގެ ފައިދާތަކެއް ބަޔަކަށް ނެގޭނެ ކަމަށެވެ. ވާދަވެރި ފަރާތްތަކުން ދަނީ އެ ފައިދާ ނެގުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހުން މިތަނަށް ގެނެސް އެ މީހުން ހަފުސްކުރި މީހުން އަނެއްކާ އެ ދަނީ އެ މީހުންގެ ބޮލަށް އެކި ގޮތްގޮތަށް ސަވާރުވެ ރާއްޖޭގެ މަސްލަހަތާއި އަމާންކަން ގެއްލުވާލަން. އިއްޒަތްތެރި ރައީސް ފުލުހުންނަށާއި ސިފައިންނަށް ހަމަލާދިނުމަކީ ކުޑަ ކަމެއް ނޫން،" ހަލީމް ވިދާޅުވި އެވެ.

މިސަރުކާރުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާތީ އެކަމަށް ހަލީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން މިހާރު ވެސް ހުޅުމާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރު އަލީ ރިޒާ، އޭނާގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލާގައި އެ ބިދޭސީން ވެސް މި ފަހުން ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ އެ ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި އެ ރަށަށް ވެސް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ މައްސަލައާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރު ކޮށްފައިވާއިރު އެ މީހުންނަށް މުސާރަ ނުދިން މައްސަލާގައި އަލީ ރިޒާއަށް މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާތީ އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

33 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށޭޒު

15 July 2020

ދަރަންޏެއް އޮވެފައި ނުދައްކަންޏާ މެމްބަރުކަން ގެއްލޭ ގޮތަށް މިހާރުވެސް އޮންނަނީ. މުވައްޒިފުން ގެ މުސާރަ އަކީ ދަރަންޏެއް

The name is already taken The name is available. Register?

އެލެފަންޓް

13 July 2020

މިދިޔަ ސަރުކާރުން އެންމެން އެތެރެކުރިކަމަށްވަނީ. އެމީހުން ނުގަވައިދުން ގެންގުޅެ މުސާރަނުދޭ ކަމަށް ފަޅާއަރައިގެން ބަލައިލިއިރު އެވީ އެމްޑީޕިގެ އިއްޒަތްތެރި މެމްބަރެއްގެ ކުންފުންޏެއްކަމަށް. އެފަދަ ބަޔަކު ގެންގުޅޭ ކުންުފުންޏަށް ބަދަލެއްގެ ގޮތުން ބޮޑު ލާރިގަނޑެއް ދެވުނު ކުންފުނި ބަލާލާއިރު އެވީ އެމްޑީޕި މީހުންނަށް ނިސްބަތްވާ ކަމަކަށް. އެކަމުވެސް މައްސަލަ އޮތީ ހަމަ އެސަރުކާރުގެ.

The name is already taken The name is available. Register?

ގަޓް ބްރޯ

13 July 2020

ހިޔުމަން ޓްރެފިކިން ގަ އެންމެ ނުބައިބައި ކުޅެނީ ސަރުކާރުތަކާ ގާނޫނުހަދާ މަޖިލިސްތަކުގެ ބައެއް މެންބަރުންނާ ބައެއް ވިޔަފާރިވެރިން. އެހެންވީމަ ރާއްޖޭން ބިދޭސީން ބޭރުކުރާކަށް ވެސް އެހާ ފަސޭހައެއްނުވާނެ. އެއީ މިިޖަރީމާގަ ބަންގާޅުގެ އަތެއްވެސް ވާނެތީ. ބަންގާޅަކީވެސް ހިޔުމަން ޓްރެފިކިން ގަ އަރާހުރި ކޮރަޕްޓް ގައުމެއް. މިހާރު ރާއްޖޭން އެ ބޭރުވަނީ ހިތުންރުހުމުންދާ މަދު މީސްކޮޅެއް. ބޮޑުބައި ތިބީ އަތްނުލެވޭހާ ގަދަ ބާރުގަ. މިއަދުވެސް އެފެނުނީ އެތަން.

The name is already taken The name is available. Register?

ސަލާޙް

13 July 2020

ކޮންމެ ޚަރަދެއްކޮށްގެންނަމަވެސްމިތާ ތިބި ގަވައިދާއިޚިލާފު ބޭރުމީހުން ފޮނުވާލަން ޖެހޭ! ކޮންމެ މީހަކުވެސް އެތެރެވެފައެތިބީ އިމިގްރޭޝަންގަ އެކަމަށް ބޭނުންވާވަރަށް ފައިސާ ޑިޕޮޒިޓް ކޮށްފަ. ސަރުކާރުން އެކާނުލާ ނަމަ އެމީހުންގެ ޑިޕޮޒިޓާ ލާރިން އެމީހުން ފޮނުވެން ޖެހޭނެ. މިތާ މީހަކު އެބަ ބޭނުންވޭ ތިމާ ނަމުގަ ވެރިއަކަށް ހުންނަންވެގެން މިކަހަލަ ހަމަނުޖެހުން ހިންގައިގެން މިގައުމުގެ ސަލާމަތީ ބާރުތައް ފެއިލްވީ ކަމަށްބުނެ، އިންޑިޔާ ސިފައިން މިތަނަށް އަރުވަން،

The name is already taken The name is available. Register?

13 July 2020

މުސާރަ ނުދީ މަސެއްކަތް ކުރުވުން އެއީ އިންސާފެއް ތޯ؟ ދޮންބިލެތް މަސެއްކަތް ކުރައްވާނަންތޯ 7 މަހު މުސާރަ ނުދޭނަމަ... ފައިސާ ލިބޭނެ އެހެން އެއްވެސް ވަސީލަތެއް ނެތް ނަމަ ހަމަ ދެއަތް އުރާލައިގެން ހުންނަވާނަންތޯ؟ ދަރިންނާ އާއިލާޔަށް ފޮނުވާނޭ ފައިސާޔެއް ނެތި ބިކަ ހާލުަގަ އުޅެން ދޫކޮށްލާފަ މުސާރަ ނުދިނަސް ހެޔޮކަމަށް ހިލޭ ސާބަހަށް މަސެއްކަތް ކުރައްވާނަންތޯ؟ ކޮބާ އިންސާފް؟ ކޮބާ އިންސާނިއްޔަތު ކަން؟ ބިދޭސީން ވެސް ހައްގު ފައިސާ/މުސާރަ ނުދިނީމަ އެހޯދަން އުޅޭނެ

The name is already taken The name is available. Register?

ހާސަރު

13 July 2020

ބައެއް ގައުމުތަކުގައި ގަވާދާއި ޚިލާފަށް އުޅޭމީހުންގެ ކަންތައް ހައްލު ކުރުމަށްޓަކާ އެފަދަ މީހުން ވަކި އިދާރާއެއްގެ ބެލުމުގެ ދަށުގައި ބައިތިއްބާ އެމީހުން ލައްވާ މަސައްކަތް ކުރުވުމުމަށް ފަހު އެމީހުންނަށް ލިބޭ އުޖޫރައިން ބައެއް ނަގައިގެން ފޮނުވާލަނީ.

The name is already taken The name is available. Register?

ޢަލީބެ

13 July 2020

މަސައްކަތްކުރުވާފަ މުސާރަ ނުދިނުމަކީ ޖިނާއީ ކުށަކަށް ހަދަންވީ. މިމައްސަލައަށް ހައްލެއް ހޯދަންޖެހޭނެ. 8 އަހަރު ވީއިރުވެސް ފުލުހުންނާއި ސިފައިންނަށް ފްލެޓަކަށް ނުވަދެވުނު. މަސައްކަތްކުރާ މީހުންނަށް މުސާރައެއް ނުލިބުނު. މަސައްކަތާ ޙަވާލުވެގެން އުޅޭ ފަރާތް ޖަވާބުދާރީއެއް ނުކުރެވުނު.

The name is already taken The name is available. Register?

ކޮރަޕްޝަނޭ

13 July 2020

ސަރުކާރުގެ ހިންގުމުގެ ތެރެއަށް މަޖްލީސް މެމްބަރުން ވަނުން އެއީ ފުރަތަމަ ގޯސްވީއޭ އެކަން ހުއްޓާލަންވީއޭ މަޖްލީހުގެ މެމްބަރުންގެ ކަމަކީ އެއީ ގާނޫނު ހެދުމޭ އަދި މަޖްލީހުގެ ރައީސް ނުޖެހޭނެއޭ ރިޔާސަތުގައި އިނދެގެން ވާހަކަ ދައްކަން އަދި ބަހުސްގައި ބައިވެރިވާން އެކަން އެގޮތަށް ކުރާނަމަ މަޖްލީހުގެ ރައީސް އެކަން ކުރަނީ މަގާމާއި ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ކަމަށްވާތީވެ އެފެތޭނީ ކޮރަޕްޝަނާއި ފަސާދައިގެ ގޮޅިއަށޭ މަމެން ބުނަން ނެތީމޭ...

The name is already taken The name is available. Register?

މުންނާރު

13 July 2020

މަނިކުފާން ބައިގަޑިން ބައިގަޑިން ޗައިނާ ދިމާލަށް ހިތަށް އައިހާ އެއްޗެއް ގޮވާއިރު އޯކޭ...މިހާރު 12ރަށެއް ޗައިނާ ބޮލައް ކަނޑާލި އެއީ އަވަށްޓެރިއެއް ނޫންވީމަތޯ....މުނަ

The name is already taken The name is available. Register?

އެސްކޮބާރ

13 July 2020

ދޮންބިލެތް އަހުމަދަކީ ވެސް ދޫވެހީގެ ތާސް ކުޅޭ ޓީމުގެ މެންބަރެއް ނޫންތޯ؟ ދެން މިހާރު ތިވާހަކަ ދައްކަން މާ ރީއްޗެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454