ވިޔަފާރި / ރާއްޖެ-ލަންކާ

މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި 63،890 ދިވެހިން ލަންކާއަށް!

ސްރީލަންކާގެ ވެރިރަށް ކޮޮލަމްބޯގެ މަތިން ނަގާފައިވާ ފޮޓޯއެއް: ސްރީލަންކާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމު.

މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 63،890 ދިވެހިން ސްރީ ލަންކާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސްރީ ލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި ސެޕްޓެމްބަރު މަހާ ދެމެދު އެ ގައުމަށް ޒިޔާރަތްކުރި ދިވެހިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ވަނީ 5.7 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރަށް އެ ގައުމަށް ޒިޔާރަތްކޮށްފައި ވަނީ 60،434 ދިވެހިންނެވެ.

ރާއްޖެ ހިމެނިފައި ވަނީ އެ މުއްދަތުގެ ތެރޭގައި ހަތް ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރި ގައުމަށެވެ. ޖެނުއަރީ މަހާއި ސެޕްޓެމްބަރު މަހާ ދެމެދު އެންމެ ގިނައިން އެ ގައުމަށް ޒިޔާރަތްކޮށްފައި ވަނީ އިންޑިއާ މީހުންނެވެ.

ސްރީ ލަންކާގެ ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމަށް 1.5 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރަނީ އަވަށްޓެރި ސްރީ ލަންކާއަށެވެ. އޭގެ އިތުރުން ކިޔަވައި ދިނުމަށާއި އެނޫން ވެސް ބޭނުންތަކަށް ގާތްގަނޑަކަށް 10،000 ދިވެހިން އެ ގައުމުގައި ދިރިއުޅެމުންދާ ކަމަށްވެ އެވެ.

19 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 27%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުގުމާން

23 October 2016

ތިޔަ ވިދާޅު ރޭޓުން ބަލާނަމަ ކޮނމެ ބޮލަކަށް އެވަރެޖްކޮށް ޓިކެޓާ ހުރުމާއި ކެއުމާ އެންޓާތެއިންމަންޓް ނުވަތަ ބޭސްފަރުވާ އަށް 600 ވަރަކަށް ޑޮލަރު ޚަރަދު ނުވާނެގޮތެއް ނޯއްނާނެ. އެހެންކަމަށް ވާނަމަ އެއީ ގަތްގަނޑަކަށް އަހަރަކަށް 50،000،000 ޑޮލަރު (ފަންސާސް މިލިއަން ޑޮލަރު). އަދިކޮބާ އިންޑިއާ، ބެންކޮކް، ދުބާއި ޗައިނާ އޮސްޓްރަލިއާ ލަންޑަން. މިގައުމުތަށް ހިމަލާ ލީމާ މިއަދަދު 3 ގުނަ މައްޗަށް ޖެހިލާނެ. އެއީ ގާތްގަނޑަކަށް 150،000،000.00 ޑޮލަރު. އާބާދީ އަކީ އެއްމެ 380 ހާސް މިހުން. މީގައިން ދައްކުވައި ދެނީ ދިވެހީންގެ މުއްސަދި ކަން . ކޮންމެ މިހަކަު ކޮންމެ އެއްޗެކޭ ބުނި ނަމަވެސް މިއީ ލޮލަސް ފެންނަން ހުރި ހަގީގަތް.

The name is already taken The name is available. Register?

ގައުމު ނިކަމެތިަވަނީ

23 October 2016

މިގައުމުގައި ދިރިއުޅެން ދަތިވެ ތަކެތީގެ އަގާއި މޭވާ އަދި ތަރުކާރީވެސް މިރާއްޖެއަށް އެތެރެވުމާއިއެކު ރަނުގެ އަގަށް ބަދަލުވާތީ ގިނަދިވެހިން ޓިކެޓުގަނެގެން އެދަނީ އުފާވެރި ޗުއްޓީއެއް ހޭދަކޮށްލަން އަދި އަގުހެޔޮކޮށް ތަކެތިވެސް ލިބޭތީވެ... ދެން ގިނަމީހުން ދަނީ ބޭސްފަރުވާއަށް ، މިރާއްޖޭގެ ހޮސްޕިޓަލްތަކުގައި ގިނައިން ތިބީ ވަރަށް ފެންވަރުދަށް ޑަކުޓަރުން އަދި ލިބޭ ހިދުމަތްތައް ދަށްވެފައި ޑަކުޓަރުންނަށް ދެއްކުންވެސް އެހާ އުދަގޫ އެއީ ރަގަޅު ޑަކުޓަރެއްވިއްޔާމު.. މިހިރަމިހިރަ ކަންކަމަކީ ދޯޙަޅި ސަރުކާރުތަކުން ވިސްނާކަމަކަށް ނުވާތީ ރައްޔިތުން އެހެންގައުމުތަކަށް އެދަނީ ގޮތްހުސްވެފައިވާތީ...

The name is already taken The name is available. Register?

ހަސަން

23 October 2016

އަޅުގަނޑުވެސް ވަރަށް ދާން ބޭނުން. އަދި ދެވުނީ މުޅިންވެސް ވިލާތުގެ ގައުމުތަކަށާ އެމެރިކާއާ ކެެނެޑާއަށް. އޭޝިޔާގެ ގައުމުތައް ވަރަށް ބަލާލަން ބޭނުން.

The name is already taken The name is available. Register?

ޢަޙްމަދު

23 October 2016

އައި ޖީ އެމް އެޗް ގެ އެޕޮއިންޓްމަންޓް ސިސްޓަމަކީ ވަރަށް ފޭކް އެއްޗެއްވެސްމެ.އަވަހަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ، އަތުގައި ފައިސާ ހުރިމީހުން ފުރައިގެން ދާނެ. ނުގޮސް ކީއްކުރާނީ. ދިވެހިރާއްޖޭގެ އިދާރާ ތަކުުން ދޭ ޚިދުމަތުގެ ފެންވަރުރު ރަނގަޅީ.

The name is already taken The name is available. Register?

ކޮއެ

23 October 2016

ގިނަ ޑރން ތިބޭނީ އަބަދުވެސް ލީވްގައި.

The name is already taken The name is available. Register?

1234

23 October 2016

60،434 ދިވެހިން ކޮންމެ މީހަކު އެވްރެޖްކޮށް ޓިކެޓާ ކެއުމާ ހުރުމާ ބޭހަށް 500 ޑޮލަރުގެ ހަރަދުކުރާނަމަވެސް 30،217،000 މިލިއަން ޑޮލަރު ނުވަތަ 465،946،140 މިލިއަން ރުފިޔާ ހަރަދު ވެފެ ހުންނާނީ.. މީހަމަ ގައުމުން ބެރުވާ ފައިސާ ނޫންތޯ؟

The name is already taken The name is available. Register?

ރޮކް

23 October 2016

60،434 އަކީ މިދިޔަ އަހަރު ދިޔަ އަދަދު. މިއަހަރު 63،890 މިހާތަނަށް ގޮސްފަވަނީ. އެހެންވީމަ މިއަދަދު މިއަށްވުރެވެސް މާމަތިވާނެ. 63،890 ދިވެހިންނަކީ މިގައުމުގެ އާބާދީގެ 1/2 ، ދެން ކޮބާ އިންޑިޔާއަށް އަދި މެލޭޝިޔާ ބެންކޮކަށް ދާދިވެހިންގެ އަދަދު. މިހިސާބުތައް ނިކަން ހޯދާދީބަލަ.

The name is already taken The name is available. Register?

ވިސްނާލީމާ

23 October 2016

އަގުހެޔޮ ޚިދުމަތް! އަގުހެޔޮ ޓިކެޓް! ބޭނުންވަރަކަށް ދާންވީ! -އިބްރާހީމް-

The name is already taken The name is available. Register?

ފަތުހީ

23 October 2016

މިކަމުން އަންގައިދެނީ މިޤައުމުގެ ބިރުވެރިކަމާއި ނާމާންކަން. ދިރިއުޅެން އުނދަގޫކަމާއި ވެރިންގެ އަނިޔާވެރިކަން. ޢަދުލުއިންސާފު ނެތްކަން. ޖަނަވާރުންގެ އުސޫލު އަށަގެންފައިވާކަން.

The name is already taken The name is available. Register?

GAN Island

23 October 2016

ރަށްރަށުގެ މީހުންނަށް ކޮންމެވެސް ނުފޮރުއްޕާނެއް ޖައްސަން އުޅޭހެން ވަރަށް ބޮޑަށް ހީވޭ. ލަންކާ އަށާއި އިންޑިޔާ އަށް އަދި މެލޭޝިޔާ އަށް ގޮސްގެން ''ރައްކޭތެރި މާހައުލެއްގައި'' ޑްރަގާއި އެކަހެރިކޮށް ރަށްރަށުގެ ރައްޔިތުންނަށް ދަރިން ބޮޑު ކުރެވެން އޮތީ މާލޭ ގެ ބަދަލުގައި ތިތަންތަނަށް ގޮސްގެން. . . . މިހާރު ތިދިމާވެގެން އުޅޭ ގޮތަކީ މާލެ އާއި ހުޅުމާލޭ ގައި އަޅާން އުޅޭ ފްލެޓް ތަކަށާއި ބްރިޖް މަތިން ދަތުރު ކުރާނެ މީހުން މަދުވެ ''ބިންވެރިންނަށް ކުލިން ލިބޭ އާމްދަނީ ގެއްލިދާނެތީ'' ކޮންމެވެސް ކަމެއް ކުރާން އުޅޭ ކަމުގެ ސިގުނަލެއް.

The name is already taken The name is available. Register?

އަސޭލާ

23 October 2016

ކޮންމެ ގޮތަކައް ބެލިޔަސް ބޭސްފަރުވާ މާލެޔައްވުރެ ރަނގަޅު ގޭގެކުލި އަގުހެޔޮ ތާޒާތަރުކާރީ ރޯމޭވާ އަގުހެޔޮ ދިވެހިއިސްލާމު ނުކިޔެވޭތީ ހިތާމަޔަކީ ދިވެހިސަރުކާރުން އެތާތިބި އާއިލާތަކާ ބައްދަލުކޮއް އެމީހުން ރާއްޖެޔައް ބަދަލުކުރަން މަޝްވަރާ ކުރަންޖެހޭ ގައުމައް ލިބޭ ގެއްލުމެއް އެއީ ލިބޭހާފައިސާ ގައުމުގާ ހަރުނުލާ ބޭރައްދިޔުން ހުޅުމާލެއިން ފުލެޓުދީފަ އެތާތިބި 10.000 މީހުން ރާއްޖެޔައް ގެނައުން އެއީ ލިބޭނެ ކުރިއެރުމެއް އިހުލާސްތެރި ވެރިޔަކު ބޭނުމީ

The name is already taken The name is available. Register?

ޕެތްރޯން

23 October 2016

މުޅި އަހަރު ދުވަސް އެއް ކޮއްލައިގެންވެސް ރާއްޖެއައް މިއުޅެނީ 1.5 މިލިޔަން ޓުައަރިސޓުން ނުގެނެވިގެން... އަވައްޓެރި ސްރީލަންކާއިން 6 މަސް ތެރޭ 1.5 މިލިޔަން ޓުައަރިސްޓުން އެ ގެނައީ... މި ތަފާސްހިސާބުތަކުން އެނގެނީ ރާއްޖޭގެ ޓެކްސް ގާނޫނުގަ މައްސަލައެއް އުޅޭކަން... މިހާ ކޮންމްޕެޓިޓިވް މާރކެޓެއްގަ، ޓެކްސް ރޭޓުތައް ހަވަޔައް ދުއްވާލީމަ ހުރިހާ އިންވެސްޓަރުންނާ ޓުއަރިސްޓުން މި ޑައިވާރޓް ވަނީ އަވައްޓެރި ގައުމުތަކައް....

The name is already taken The name is available. Register?

ޅޮލް

23 October 2016

ސެޕްޓެމްބަރ ގެ ނިޔަލަށް ޖަހާލާފަ އޮތީ. އެއީ 9 މަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454