ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: -- ފޮޓޯ / ކުޑަކުދިންގެ ހިޔާ
21 ޖުލައި 2020 - 21:03
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކު، ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވް ވިޔަސް އޭނާގެ ދެވަނަ ޓެސްޓް ނެގެޓިވް ވެއްޖެ އެވެ.
އޭނާ ބަލިވެގެން ކޮވިޑަށް ޓެސްޓު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އިއްޔެ އެ ޓެސްޓުގެ ނަތީޖާ ލިބުނު އިރު، ނަތީޖާ ޕޮޒިޓިވް އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކުއްޖާ ކޮވިޑް-19 އަށް ނެގެޓިވްކަން އިނގުމުން މިހާރު ވަނީ އައިސޮލޭޝަން އިން ދޫކޮށްލާފައި ކަމަށެވެ. އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ވެސް މިހާރު ވަނީ ކަރަންޓީނުން ދޫކޮށްލައިފަ އެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 2،999 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިހާރު ފަރުވާ ހޯދަމުން ދަނީ 600 މީހުންނެވެ. 2،369 މީހުން މި ބަލިން ރަނގަޅުވެފައި ވާ އިރު 15 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިފެހެއްޓުމެއްނެތް ކަރުނަ
22 July 2020
ތިކަން ކުރިގޮތް ގޯހެއްނޫން. އެކަމަކު އެކިމީހުނާދޭތެރޭ އެކިގޮތަށް ކަންކުރުން ރަނގަޅެއްނޫން. އަދި އެކިރަށްރަށަށްވެސް އެކިފަހަރު އެކިގޮތްގޮތް ހެދުން ބަލައެއް ނުގަނެވޭ. ތިތަނުންވެސް ޕޮޒިޓިވްވީ އިންސާނެއް. ކުޑަފަރިންވެސް ޕޮޒިޓިވްކަމަށް ބުނީ އިންސާނެއް. ތަފާތަކީ އެކަކީ އުމުރުން ޅަކުއްޖަކަށްވެފާ، އަނެކަކީ މުސްކުޅިޔަކަށްވުން. ތިބޭފުޅުންނަށް ފެނިއްޖިއްޔާ އެކެއްގެ ދިހަބާރަ ޓެސްޓްވެސް ހަދަންވީ. އެކަމަކު ކުޑަފަރިން ގެނައިމީހާ ނެގެޓިވްވުމުންވެސް ކުޑަފަރިލޮކް
ގަޓް ބްރޯ
22 July 2020
ބައެއް ކުޅިވަރު ގޭމް ތަކުގަވެސް 3 ސެޓުން 2 ސެޓް ލިބިގެން މޮޅުވިކަމަށް ބަލަނީ. އެހެންވީމަ ތިޔަކަހަލަ ޓެސްޓް ތަކުގަވެސް 3 ޓެސްޓް ހަދާފަ 2 ޓެސްޓް ނެގެޓިވްވީމަ އަސްލު ނެގެޓިވް ކަމަށް ބަލަންވާނީ. ތިޔަހަދާ ޓެސްޓްތަކުގަ މިހާރު އެއްވެސް އިތުބާރެއްނެތް.
ޙުސެންފުޅު
22 July 2020
ބައެއްމީހުންނަށް 2 ޓެސްޓް ހަދަނީ ކީއްވެ؟؟؟ 2 ޓެސްޓް ހަދައިފި މީހެއް ވެއްޖެއްޔާ އަބަދުވެސް 2 ވަނަ ޓެސްޓް ވަނީ ނެގެޓިވް!
ދަންނަނުދަންނަ
22 July 2020
މިއީ ޕޮލިޓިކަލް ވައިރަސް އެއް، ކަމެއްހުއްޓުވަން ވާއިރައް ޕޮޒިޓިވް ރޭޓް މަތިވޭ، ފޭކް ވައިރަސް އެއް، މިކަމާގުޅިގެން ހިންގާ ކޮރަޕްށަންވެސް ވަރައްފުރިހަމަ، ކާމީހުންކަނީ، އެކަން ފޫބައްދަން އުޅެނީ އަހަރެމެންގެ ފެންބިލާ ކަރަންޓްބިލުން، މި އީ ވާ ގައުމެއް
އާދަމްބެ
22 July 2020
ރާއްޖެއިން ޕޮޒިޓިވްވާ މީހުން ހަމަ އަސްލުވެސް ޕޮޒިޓިވް ވަނީ ބާއޭ ހިތައް އަރާ ސުވާލު އުފެދޭ. ނޫނީ ފޯލްސް ޕޮޒިޓިވް ވަނީ ބާއޭ. ގިނަ މީހުން އެއްވެސް އަލާމަތެއް ނުފެނޭ އެކަމަކު ޕޮޒިޓިވްވޭ. ސުވާލު ނުއުފެދޭބާ. އަދި ވަރަށް ގިނަކޭސްތަކުގަ ޕޮޒިޓިްވް އަދި ފަހުން ނެގެޓިވް ވެފަ އެބަހުރި. މިކަހަލަގެ ކިތައް މީހުން އުޅޭނެބާ
ޖޯކު19
21 July 2020
ހަމައެކަނި ޕޮށިޓިވް ކިޔަކަސް ނުވާނެ ، ރަތްޔިތުން ބިރުގަންނަވަން. ހަޤީގަތް ހާމަކޮށްދީ. ޕޮށިޓިވު އިސްތިހާރު އެކަނި ފެންނަނީ. އާދަޔާހިލާފު ފުރެންޑްލީ ވައިރަހެއްކަމަށް ފާހަގަވަނީ ، ބަލިމީހަކު ބޭރުން ފެންނަނީކީނޫން ، ހޮސްޕިޓަލަށް ގެންގެވެންދެން ޕޮށިތޓިވް މީހާއަށް އެއްވެސް އެޓޭކެއްނުދޭ ވައިރަހެއްމީ.
ރަޔާން
21 July 2020
ތިޔާ ޓެސްޓަކުން އެންގޭ ކަމެއް ނެތެއްނު؟ އެއްފަހަރު ޕޮޒިޓިވް ، 5 މިނެޓް ފަހުން ނެގެޓިވް؟؟؟ އިރުކޮޅަކުން އަނެއްކާ ޕޮޒިޓިވް؟؟؟ އެއްވެސް އިތުބާރެއް ނެތެއްނު؟ ދެން ބޮޑު ޚަރަދު ކޮށްފަ ކީއްކުރަން ކުރާ ކަމެއްތީ؟ ކުރާނެ ނުކުރާނެ ކަމެއް ނެތިގެން ކުޅޭ ކުޅިވަރެއްތަ ތީ؟ ބޯހަލާކު
ޢިޙްސާސް
21 July 2020
ތިއީ ފޯލްސް ނެގެޓިވްއަކަށްވެސް ވެދާނެ. އަލުން ޓެސްޓުކުރޭ.
ނާޑުވާ
21 July 2020
މިހާލަތުގަ އެންމެ ރަނގަޅު ގޮތަކީ ޓެސްޓްތައް ނުހަދާ ޕޮޒިޓިވް ތޯ ނުވަތަ ނެގެޓިވް ތޯ ބަލަން ގުރުއަތުލުން ކަމަށް ފެނޭ. ބޭކާރު ޚަރަދުތަކެއް ކޮށްފަ ތި ގެންގުޅޭ މެޝިންތަކުން ޓެސްޓް ހަދާނެކަމެއް ނެތް.
ފާއިޒު
21 July 2020
ٱلْحَمْدُ لِلَّٰهِ