އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލްގައި: ދަަރިވަރުންގެ ފޮތް ލިސްޓާ ދިމާކޮށް ބައެއް ބުކްޝޮޮޕްތަކުން ޕްރޮމޯޝަންތައް ހިންގާ -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
24 އޮކްޓޯބަރ 2016 - 09:55
ވަކި ތަނަަކުން ފޮތް ލިސްޓަށް ފޮތް ނެގުމުން ބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ހިންގުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށް، އެކަން ބުކްޝޮޕްތަކަށް އަންގައިފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ސްކޫލުތަކުގެ ކިޔެވުން ފެށޭ ދުވަސްވަރާ ދިމާކޮށް އާއްމުކޮށް ހުރިހާ ބުކްޝޮޕްތަކެއްގައި ހެން ބޮޑެތި ޕްރޮމޯޝަންތައް ހިންގަ އެވެ. އޭގެ ތެރޭގައި ފައިސާގެ ބޮޑެތި އިނާމުތަކާއި އުމުރާ ދަތުރުތަކާއި އެނޫން ވެސް އަގުހުރި ހަދިޔާ ހިމެނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް އެންގީ، ބުކްޝޮޕްތަކުގެ ވެރިންނާ އެކު މިދިޔަ އޮގަސްޓު މަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބުނު ނަމަވެސް "މިހާރު"އާ ވާހަކަ ދެއްކި ބުކްޝޮޕެއްގެ އިސް ވެރިއަކު ވިދާޅުވީ އެޑިއުކޭޝަނުން އެގޮތަށް ނިންމީ ބައެއް ވިޔަފާރިވެރިން ވެސް އެދިގެން ކަމަށެވެ.
"ބައެއް ބުކްޝޮޕްތަކުން ވިޔަފާރިކުރަން ވެގެން ވަރަށް ބޮޑެތި ޕްރޮމޯޝަންތައް އެބަ ހިންގާ. އެކަމަކު އެ ވިއްކާ އެއްޗެހީގެ ކޮލިޓީ ވަރަށް ދަށް. އެހެންވެ، މިއީ ދަރިވަރުންގެ ތައުލީމާ ގުޅުން ހުރި ކަމަކަށް ވާތީ މިހެން މިކަން ދޫކޮށްލެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އެ ވިޔަފާރިވެރިޔާ ވިދާޅުވީ ބައެއް ޕްރޮމޯޝަންތަކުގައި ފެންވަރު ދަށް ތަކެތި ވިއްކާތީ، ރަނގަޅަށް ޕްރޮމޯޝަންތައް ހިންގާ ބުކްޝޮޕްތަކަށް ވެސް ގެއްލުން ލިބޭ ކަމަށެވެ. އެހެންވެ، ގިނަ ބުކްޝޮޕްތަކުގެ އެދުމާ އެއްގޮތަށް، ޕްރޮމޯޝަންތައް ހިންގުން އެޑިއުކޭޝަނުން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ދަރިވަރުންނަށް ޓެކްސްޓް ފޮތްތަކާއި ކިޔަވަން ބޭނުންވާ އަސާސީ ހުރިހާ އެއްޗެއް ހިލޭ ފޯރުކޮށްދެނީ ސަރުކާރުންނެވެ. އެ އެއްޗެހި ލިބެނީ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރާ ވައުޗަރަކަށް ފޮތް ފިހާރަތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބޫލު
25 October 2016
ބުކްޝޮޕް ތަކުން ފޮތްލިސްޓަށް ތަކެތި ދޫކުރަނީ އެމީހުންގެވެސް ފައިދާއަށް. ގިނަމީހުން ގެންދިޔަވަރަކަށް އެ ބުކްޝޮޕަކަށް ފައިދާބޮޑުވާނެ. ފޮތްލިސްޓަށް ތަކެތި ދޫކުރުމަށް އެމީހުންވެސް ޚަރަދު ކުރޭ. ވާދަވެރި ވިޔަފާރިއެއްގައި ކަސްޓަމަރުން ހޯދަން ޕްރޮމޯޝަންވެސް ހިންގާނެ. މިކަމާ އެހެންމީހަކު ކިޔާނެ ބަހެއް ނޯންނާނެހެން ހީވަނީ. ސަބަބަކީ ވަކި ބުކްޝޮޕަކުން ތަކެތި ހޯދާކަށް އެއްވެސް ބެލެނިވެރިއަކަށް މަޖްބޫރުކަމެއް ނޯންނާނެ. ދާނީ އެމީހާ ބޭނުންވާ ބުކްޝޮޕަކަށް. އެހެންވީމާ ޕްރޮމޯޝަން ހުއްޓުވުމަކީ ވިޔަފާރިއަށް ހުރަސް އެޅުން ކަމުގައި ބެލެވިދާނެ
ގަމާރުކޮއި
25 October 2016
ޕްރޮމޯޝަން ހިންގުމަކީ މަނާކަމަކަށް ވާނީ ކިހިނަކުން؟ އެއީ ވިޔަފާރިވެރިޔާ ގެ ވިޔަފާރިކުރިއަރުވަން ކުރާ ކަމެއް. ވިޔަފާރީގެ ބައެއް. ބޮޑުއިނާމެއް ލިބޭނީ އެކަކަށް ދެން ތިބޭމީހުންނަކަށް އިނާމެއް ނުލިިބޭނެ. އިނާމް ނުލިބޭމީހުން ގިނަވާނީ ވީއިރު ކޮލިޓީދައް ތަކެތި ވިއްކައިފިއްޔާ ޖެހިގެން އަންނަ އަހަރަކު ނުދާނެ. މި ހުކުމަކުން ވާނެ ކަމެއް ނޯންނާނެ.
ޢިލްމު
25 October 2016
ތީހަމަ ރަނގަޅަށްވެސް ގަމާރެއް. ތިޔަ ޕްރޮމޯޝަންތަކަކީ ޒަމާނީ ޖުވާ ކުޅުން.
ތިމަންނަ
24 October 2016
ފޮތް ލިސްޓަށް ޕްރޮމޯޝަން ދިނީމަ ގޯސް ، އެކަމަކު ބަސްތަ ބަސްތާގައި "ޕްރޮމޯޝަން" ބެހީމަ އޯކޭ؟
ޑޭންބާ
24 October 2016
ސުވާލަކީ އެޑިއުކޭޝަން މިނިސްޓްރީއަށް މި ފަދަ ނިންމުމެއް ނިންމިދާެނެބާއޭ. އެއީ ވިޔަފާރިވެރިންނަށް އަމުރު ކުރުމުގެ ބާރު އެޑިއުކޭޝަނަށް ލިބިފައި ނުވާތީ. މިއީ މަށަށް ވިސްނޭގޮތް. ތި އަމުރު އެހެން ދިމާލަކުން އައި ނަމަ ވަރަށް ރަގަޅުވީސް.
ކޮލިޓީ
24 October 2016
ހައިރާންވެއްޖެ. ކޮންކޮލިޓީއެއް. މި ގައުމުގަ ކޮލިޓީ ހުރީ ކޯންޗެއްގަ. އިހައްދުވަހު މާލޭގެ މަޝްޙޫރު ފިހާރަޔަކުން ގަތް ނިވިއާ ލޯޝަން ފުޅިއެއް ގެއައްއައިސް ބޭނުންކުރަން ބެލިއިރު އެޔެކޭ ފެނެކޭ އެއްގޮތް. ފިހާރައަށްޮސް ދެއްކީމަބުނީ ކުރާނެކަމެއނެތޭ ބަދަލެއްނުވާނޭ.
މުޙައްމަދު
24 October 2016
އެއީ ހުއްދަ ކަމެއް ވީމަ މަނާކުރީ.. ހަރާމް ގޮތުގައި ހަމައެކަނި އެސްއެމްއެސް އެއް ކޮށްލައިގެން ބޮޑަތި އިނާމުތައް ދޭ ގޮތަށް ހިންގާ ހަރާދުގެ މުޢާމަލާތްތައް މަނައެއް ނުކުރޭ. އިސްލާމިކް މިނިސްޓްރީއަކަށްވެސް އިކޮނޮމިކް މިނިސްޓްރީއަކަށްވެސް ފުލުހުންނަކަށްވެސް އެކަމެއް ނުފެނޭ. އެވެސް ސަރުކާރު. މިވެސް ސަރުކާރު
ބުކުޝޮޕް
24 October 2016
ތިޔަ ނިންމުުން ޔަގީންކޮށް ދެނީން ކޯއްޗެއް. ތީގެ މާނައަކީ ކޮލެޓީ ރަގަޅު ތަކެތި ދޭނެއެކޭ އެއްނު. އެއްވެސް މާނައެއް އޮތް ނިންމުމެއް ނޫން.
ސައްޕު
24 October 2016
ތިގޮތަށް ސްކޫލް ކުދިންނާ ބޮޑެތި މީހުން ކެއުމަށް އިންޕޯޓްކުރާ، ޚާއްސަކޮށް ތައްޔާރީ ކާނާއާ ފާޑުފާޑުގެ ބުއިންތަކުގެ ކޮލިޓީ ކޮންޓްރޯލް ކުރުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތްތަކުން ކުރިއްޔާ މާ ރަގަޅުވާނެއެވެ. އިންސާނުން ކެއުމުން ބޮޑެތި ސިއްޙީ މައްސަލަ ދިމާވެދާނެ ކިތަންމެ އެއްޗެއް މިފަހަކަށް އައިސް ފިހާރަތަކުން ފެނިފައެވެ! މީގެ އިތުރުން ފާޑުފާޑުގެ ނުރައްކާތެރި ކެމިކަލް ޖަހައިގެން މޭވާ، ފަތްކެޔޮ ފާޑުގެ ބާވަތްތައް އަވަހަށް ދޮންކޮއްގެން އެ ވިއްކާ ވިއްކުމާ އަދި ރޯމަސް ދުވަހު ނުވިކި ހުންނަބައި ގެންގޮސް ޖެހިގެން އަންނަދުވަހާ، ދުވަސްތަކުގައި ދެބައިކުޅަ އެއްބައި ނުވަތަ އެއަށް ވުރެވެސް ބޮޑަށް ކުނިވެފައިހުންނަ މަސް ވިއްކުންވެސް ހުއްޓުވަން އެބަ ޖެހެއެވެ. ކުދިން ކިޔަވަން ފޮތްބޮޑި ހިފައިގެން ދެވޭނީ އެކުދިން ރަގަޅު ސިއްޙަތެއްގައި ތިބެ، މައިން ބަފައިންނަށް ވެސް ދަރިންނަށް ރަގަޅަށް އަޅާލެވޭނީ ރަގަޅު ސިއްހަތެއްގައި ތިބެވިގެންނެވެ.
މަހިބަދޫސްކޫލް
24 October 2016
މިފޮތްލިސްޓަށް އަރާ އަދަދއްވުރެން މާގިނަ ފައިސާ ބެލެނިރެރިން ސްކޫލައް ދއްކިންޖހޭ، ސްކޫލުކުރާ ކޮންމެކަމަކަގުޅިގެން ދަރިވަރުންއަތުން ފީނަގާ ހީވަނީ ޕްރައިވެޓް ސްލޫލެއްހެން
ހާސަރު
24 October 2016
އިނާމް ހުށަނާޅާ ފޮތްލިސްޓްގެ ކަންތައްކުރާ އެއްބްކްޝޮޕް ހުރޭ އަހަރެން ފޮތް ނަގަނީ އެތަނުން އެމީހުން އިސްތިހާރުވެސް ކުރަނީ ބޮޑުއިނާމް ހޯދަން އުޅުމަށް ވުރެ ރަގަޅުތަކެތި ހޯދާށޭކިޔާފަ. އިނާމް ހޯދަންއުޅެގެން ފޭކް ކުލަފަންސޫރުފޮއްޓެއް ލިބުމަށްވުރެ އޮރިޖިނަލް މޮޅުކުލަފަންސޫރުފޮއްޓެއް ފޮތްލިސްޓަށް ލިބުންވެސް މާރަގަޅު. މިނިސްޓްރީގެ ތިޔަނިންމުމަށް މަރްހަބާ.