ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ މައުލޫމާތު ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން އެއްކުރަނީ. ފައިލް ފޮޓޯ
31 ޖުލައި 2020 - 19:00
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި އެތައް މަހަކު މުސާރަ ނުދީ، ހަވާލުވާން ދެކޮޅު ހަދައި އެ ރަށަށް ދޫކޮށްލާފައި ތިބި ބިދޭސީން އެންމެ ފަހުން އެ ރަށުން މިއަދު ބާލައިފި އެވެ.
މުސާރަ ނުދީގެން އިހްތިޖާޖްކުރުމުން ބޮޑުފިނޮޅަށް ދޫކޮށްލި 179 ބިދޭސީން އެ ރަށުން ބޭލީ ފުލުހުންނެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި ތިބި ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުން އެ ރަށުން ބޭލީ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބޭތާ ދެ ދުވަސް ފަހުންނެވެ. ބިދޭސީންނަށް ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރަމުން އަންނަ ސީލް މޯލްޑިވްސްގެ އެންމެން ރަށް ދޫކޮށް ދިއުމުން އެ ހިދުމަތްތައް މެނޭޖްކުރާނެ ބަޔަކު ނެތުމުންނެވެ.
"މިހާރު"އަށް މައުލޫމާތު ދިން މީހާ ބުނީ ކަރަންޓާއި ފެން ކެނޑުމުގެ އިތުރުން ދަރު ވެސް ނެތިގެން ބިދޭސީން އިއްޔެ ތިބީ ކެއްކޭނެ ގޮތެއް ވެސް ނެތި ހާލުގައި ޖެހިފައި ކަމަށެވެ.
އެކަމަކު މާލެ ގެންނަން ބިދޭސީން ރޭ ފަތިހު ފުރުވައިލި އިރު ސީލް މޯލްޑިވްސް އިން ވަނީ ރަށަށް ކަރަންޓާއި ފެނުގެ ހިދުމަތް އަލުން ދީފަ އެވެ. ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑުނީ ފެން ޕްލާންޓާއި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ދިމާވާތީ ހައްލުކުރަން އެދުމުން އެ ހުއްދަ ނުލިބި ލަސްވި ކަމަށް ސީލްގެ ވަކީލުން ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާ ގޮތަށް ބިދޭސީން މާލެއަށް ގެނައުމުގެ ދަތުރުވެސް ހަމަޖެއްސީ އެނގިފައިވާ ގޮތުގައި ސީލް މޯލްޑިވްސް އިންނެވެ. އެނގިފައިވާ ގޮތުގައި ހިދުމަތްތައް އަލުން ދޭން ފެށީ ބިދޭސީން ރަށުން ބާލަން ފުލުހުން އެއްބަސްވުމުންނެވެ.
ދައުލަތުން ބިދޭސީންނާ މި ހަވާލުވީ ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރު ރިޒާގެ ކުންފުނިން އެއްވެސް ބިދޭސީއަކާ ހަވާލުނުވާނެ ކަމަށް ބުނެފައި ވަނިކޮށެވެ. ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ.
އެ ބިދޭސީންނާ ދޭތެރޭގައި އެ ކުންފުނިން އަމަލުކުރި ގޮތުން ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކަކާ އެކު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ތަހުގީގުގައި މެމްބަރު ރިޒާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގި އެވެ. އެކަމަކު، ފަހުން އެ ތަހުގީގާ ބެހޭ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.
ބޮޑުފިނޮޅުގެ ބައެއް މަސަައްކަތްތަކާ ހަވާލުވެ، ރިޒް ކުންފުނިން ބޮޑުފިނޮޅަށް ގެންދިޔަ މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެމީހުން ވަނީ އެރަށުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި، އެރަށުގައި ތިބި ދިވެހިން ރަށުން ފޭބިޔަ ނުދީ ހިފަހައްޓައިފަ އެވެ. އެ މައްސަލަ ހައްލުކުރަން އެރަށަށް ފުރަތަމަ ދިޔަ ފުލުހުންނަށް ވެސް ބިދޭސީން ހަމަލާދިނެވެ. ފުލުހުން ފަހުން އެރަށަށް އެރީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުގެ އޮފިޝަލުންނާއި ރެޑްކްރެސެންޓްގެ އޮފިޝަލުންނާ އެކުގަ އެވެ.
ބޮޑުފިނޮޅުގައި ރިޒްގެ މުވައްޒަފުން ހިންގި ހަމަނުޖެހުންތަކުގައި ސީލް މޯލްޑިވްސްްގެ މުދަލަށް ގެއްލުން ދީފައި ވާތީ ގެއްލުމުގެ ބަދަލު ހޯދަން ބ.ތުޅާދޫ ކޯޓުގައި ސީލުން ވަނީ ދައުވާ އުފުލައިފަ އެވެ. ރިޒްގެ މުވައްޒަފުން އެރަށުން ބޭލުމުގެ އަމުރަކަށް އެ ދައުވާއާއި އެކު ސީލުން އެދުނެވެ.
ސީލުން އެދުނު ގޮތަށް ތުޅާދޫ ކޯޓުން ނެރުނު ވަގުތީ އަމުރެއް ނެރުނު ނަމަވެސް އެ އަމުރާ ދެކޮޅު ހަދައި އަމުރު ނެރުއްވި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ ރިޒް ކުންފުނިން އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި އެވެ. އެކަމަކު ޖޭއެސްްސީން ވަނީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް އެކަމުގައި ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
01 August 2020
މިކަން ބެލޭނެ ދުވަހެއްއަންނާނެ ދައުލަތުން އަހަރެމެންގެ ޓެކްސް ފައިސާއިން ކާންދީ ބަލަހައްޓައިގެންނުވާނެ. ޢަދުލުވެރި ވެރިއަކު ހުރިނަމަ ރިޒާ ހުންނާނީ ބަންދުކޮށް ޖަލުގައި. ތިލަފަތް އޮތީ އެއްއަރިއަށް އަރިވެ ބިމުގަޖެހިފަ. ޢެއީ ޕާޓީއާވީކޮޅަށް. ޥޯޓަށް ސަލާމް.
ހާއިރު
01 August 2020
ޢެޑަމް ވިދާލުވި ތެދުފުޅެއް. ކީކުރާނީދޯ
އަހުރެން
01 August 2020
ތަނަކުން ކުނިގަނޑެއް ފެނުނަސް ގެނެސް މާލެއަށް، މިއުޅެނީ މާލޭގަ އަހަރުމެން ދެފައި ވެސް ކައިރިކޮށްނުލެވިގެން
ރަހުމުކުޑަ ހަނާން
01 August 2020
ސީލް ކުންފުނީގެ އެމް.ޑީ ހަންނާނު ކޮން ދޮގެއް މި ހަދަނީ. ކަރަންޓާ ފެނާ ގަސްތުގަ ކަނޑާ އެރަށުން އެ މީހުން ބޭލުވީ. ތި ކަމުގަ އެހީތެރިވީ ފުލުހުން. ޜަހުމުކުޑަ ހަންނާނު
އަދުރޭޓިނު
01 August 2020
އަދިވެސް ރަހު މް ކުޑައީ ހަންނާނު ދޯ؟ ކަލޭ މެން އެތަނަށް ބަންގާޅިން އެރުވި ރިޒާކޮބައިތަ؟
އެޑަމް
01 August 2020
މެމްބަރުން އުޅެނީ މާވަރުގަދަ އިމްތިޔާޒުގެ ޤާނޫނެއްހަދައިގެން އަމިއްލަފައިދާއައް މާނަކޮއްގެން މަޖިލިހުގެފުލޯގަތިބެގެންކުރާއެއްކަމަކުންވެސް ކުއްވެރިނުވާނެކަމައްދެކިގެން,އަވުގުރާނަގޮވާމީހުންގެއަބުރުކަތިލާ,މާރާމާރީހިންގާމީދެންމާގަދަބަޔަކައްވެގެން,އެކަމަކުމިމާއްދާގެމަފުހޫމަކީ މަޖިލިހައްހުށަހެޅިފައޮންނަބިލަކާބެހޭގޮތުންއިސްލާމްދީނުގެއަސްލަކާޚިލާފުނުވާގޮތުންމެމްބަރަކުދައްކާވާހަކަޔަކުންކުއްވެރިނުވާނެވާހަކައެވެ.އެގޮތައްއެމާއްދާފާސްކުރަންޖެހުނީ,އޭރުބިލްހުށަހެޅެނީހަމައެކަނިސަރުކާރުންކަމައްވެފަ އެބިލައްމެމްބަރުންވާހަކަދެއްކުމުގެފުރުސަތުހަނިކަމުންނެވެ
ޑޮނާޑު
01 August 2020
އެމީހުނައް ކާންދީބަލަހައްޓަން ޖެހުނީސަރުކާރަކައްނޫން, ސަރުކާރައް ޖެހުނީއެމީހުންބަލަހައްޓަން, ރައްޔިތުންނައްޖެހުނީ އެމީހުނައްކާންބޯންދީ ޚަރަދުބަރަދު ކުރަން މިހެނީ ސަރުކާރުގަ ހުންނާނީ ރައްޔިތުންގެރުފިޔާ ހުރިހާމުސީބާތެއްރައްޔިތުންނައް!!
ދިއްދޫމީހާ
01 August 2020
ބަލަ ގަވައިދާ ހިލާފަ އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ގާނޫނީ ކުށެ، މިވަރު ނޭގޭ މީހުން ތިމާއަ ވުރެން ބޮޑު ކޯޓް ފަޓުލޫން ލާގެން ގޮސްފަ، މިކިޔަނީ ރައްޔިތުންގެ ހައްގޭ، ކީރިތި ކުއްރައްވަމުން ވެސް ވެއްޖެ މިކަންތަ ހަަައްލު ކުރަން، ކީއްކުރާނީ ޕާރޓީ މީހާ ވީމަ އިބޫ ހުންނަނީ ހަނު..
ސދފދސފ
01 August 2020
ހުރިހާ ފައިދާއެއް ރިޒާއަށް. ގެއްލުން ރައްޔިތުންނަށް. ޓެކްސްލާރި ބޭކާރު
މުލޭ
31 July 2020
މި ޚަބަރުގެ ސުރުޚީ ބަދަލުކުރަންފެނޭ. "ބޮޑުފިނޮޅުގެ ބިދޭސީން އެންމެފަހުން ދައުލަތުގެ ބެލުމުގެ ދަށަށް"
ދުރު މި
31 July 2020
ސަރުކާރަށް ވާގިވެރިވާ ބޮޑުންގެ ލޯނުތަކާ ބަންގާޅިންގެ ބަލަދު އަރާފައޮތް ސަރުކާރެއްތަ މީ، ރައްޔިތުން މިތިބަ ހަލާކުވަނީ، ބޮޑުންގެ ހި މާޔަތުގަ މުޅި ދައުލަތް ހުސްކޮށްފި،