ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ--
26 އޯގަސްޓް 2020 - 12:30
"ވިސާ ޑައިރެކްޓް" އާއި "މާސްޓާ ކާޑް ސެންޑް" ފަދަ ބޭރުގެ ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުން ބީއެމްއެލް އިން ހުއްޓާލައިފި އެވެ.
އެ ބޭންކުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމްތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށެވެ. މި ބަދަލާއެކު ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓާއި އެއް ފަރާތަކުން އަނެއް ފަރާތަކަށް އެފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ކަމަށް ބޭންކުން ބުންޏެވެ.
ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ފަރުދުން އޮންލައިން ޓްރޭޑިން އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ. އެހެންވެ މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުންނެވެ.
ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރާ އުސޫލަށް ބޮޑު ބަދަލެއް ގެނައި ނަމަވެސް ނަމަވެސް ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމުތައް ފިޔަވައި އެހެންގޮތް ގޮތަށް ޓްރާންސްފާކުރާ ފައިސާ ނުވަތަ ޓީޓީ މެދުވެރިކޮށް ލިބޭ ޓްރާންސްފާތައް ޑޮލަރު އެކައުންޓަށް ޖަމާ ކުރާނެ އެވެ. އަދި ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް މިހާރު ވެސް ފައިސާ ފޮނުވާ އުސޫލުން ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާރީޚް
28 August 2020
ރާއްޖެއަށް އެންމެގިނައިން ބޭރުފައިސާ ވަންނަން އޮތީީ ޓްއަރިޒަމް އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު އޮތީ 60 ޕަސެންޓް ދިވެހިންނަށް ކޮން ޑޮލަރެއް ދިވެހިންނަށް ލިބޭނީ ހުރިހާކަމެއް ބޮދުންނަށް
އަހުމަދުއަލޯ
27 August 2020
އަހެރެމެން ފަގީރުކޮއިންނަށް ކަހުރުވަކެއް ލިބެން އޮތިއްޔާ އެގޮތްވެސް ބަންދުކުރާތި. ލަދުގަނޭ އަދު ދިވެއްސަކަށް ވީތީ.
ހިމާރުލް ޤައުމު
27 August 2020
ނިންމުން ރަނގަޅެއްނޫން. މިހާރު ޑޮލްރު ގެންނާކަށް މީޙުން ބޭނުމެއް ނުވޭ. ޤައުމަށް ޑޮލަރުނައިސް ޑޮލަރު ވާނީ އަގުބޮޑު. އިއްޔެ 19.50 އަށް ހުރި ޑޮލަރު މިއަދު 20.50 އަށް . ރައްޔަތުން ވަނީ ހަނާ. ތަންދޮރުނޭނގޭ ބަޔަކަށް ޤައުމު ލިބުނީމާ ވާނެ ހައެތިމިވަނީ. ދެން އިންފްލޭޝަން ހައްދުފަހަނާއަޅާދާނީ. ވިޔަފާރިވެރިން އިންތިހާއަށް އެއްޗެތީގެ އަގުބޮޑުކުރާނީ. ސިޔާސީވެރިން ބޮޑޫ މުސާރައިގައި ޢާޢްމުން ހަނާވާނީ
މަންޠިޤް
27 August 2020
ހަ ފަރާތް ބަލައި ވިސްނައިފިނަމަ، ރަނގަޅު ނިންމުމެއް. ބޭންކަށް ނަޤުދު ޑޮލަރު ޖަމާނުކޮށް، ތިމާގެ އެކައުންޓަށް ޖަމާވާ އަދަދުތަކަށް ބޭންކުން ޑޮލަރު ނެރޭނީ ކޮންތާކުން. ތިމާ ކަހަލަ ކިތައްބަޔަކު އުޅޭނެ. ރިޒުގު ދެއްވަނީ ﷲ. ތިމާއަށް ލިބެން މިންވަރުކުރެއްވި ރިޒުގެއް އެހެން މީހަކަށް ބަންދު ނުކުރެވޭނެ.
ބޭބެ1
26 August 2020
މީވާ ހެޔޮ ސަރުކާރެ ހުވާ މިބުނީ ... ދިރިއުޅުމަށް ދަތިވެއްޖެ
ޞަހި
26 August 2020
އާދައިގެ މީހާވެސް ދަވާލާ.. ބެންކަށް ތިހަލާލެއް ނުވާނެ.. އަހަރެން އެއްޗެއް ނުގަބޫލުގައި ތިއަތުލަނީ ތީފޭރުން
ޢަލިކޮ
26 August 2020
ބީ.އެމް.އެލް އަށް އެންމެ ޑޮލަރެއްވެސް ޖަމާނުކުރާނަން، ބީ.އެމް.އެލް އެކަންޏެއްނޫން އޮތީ
ްބޮޑޭ
28 August 2020
އަލިކޮއި މަށަށް ތި ތަން ބުނެދީ، ފޭރޭ ބައެއް ތީ، އަހަރެމެން ބުރަ މަސައްކަތުންގެންނަ ޑޮލަރުކޮޅު އަހަރެމެންގެ އެކައުންޓްގައި ނުބެހެއްޓެންވީ ކީއްވެ؟
ނިހާނުޖީ
26 August 2020
ބަލަ އެމީހުން އަތު ތި ދިވެހިންނަށް ދޭން ޑޮލަރު ނެތޭ. ބޭރުން މެހެން ކުރާ ޓްރާންސެކްޝަން ތަކަށް ބޭރުން ފިޒިކަލް ޑޮލަރެއް ނުލިބޭނެ. ދެން ކިހިނެއް ކައެ މެންނަށް ޑޮލަރު ދޭނީ.
ދޮންވެލި
26 August 2020
މައްސަލަ ހައްލު ވާނީ ބަޔަކު ބޭންކް ގޮވައިގެން ކޯޓައް ދިޔައީމަ އެވެ.
ރެނދަން
26 August 2020
ދުނިޔޭގެ މާލީ ބާޒާރު ކުރިއަރާ ވަރަށް އެއާއި އެކު ދިވެިންނަށް ކުރިއަރަން ހުރި ފުރުޞަތުތަށް ބަންދުުކުރާ ތަނަކަށް ބޭންކް މިވީ.... މިހާރު ދެން ތިޔަ ގެންނަ ޑޮލަރު ކޮޅުވެސް ތިޔަ ގަދަކަމުން އަތުލަނީ... ތިހެދި ގޮތަކުން ޑޮލަރގެ އަގު ކުރިޔަށް އޮތްތާނގަ ހައްތަހާ އުފުލިގެން ދާނީ.... އަމިއްލަ އެދުން ހަމަ ބޮޑީ.