ބީއެމްއެލްގެ އޭޓީއެމަކުން މީހަކު ފައިސާ ނަގަނީ-- ފޮޓޯ: މިހާރު
27 އޯގަސްޓް 2020 - 14:35
ބޭރުގެ އެކި ޕްލެޓްފޯމުތަކުން ފޮނުވާ ޑޮލަރު ޖަމާކޮށްދޭ އުސޫލަށް ބީއެމްއެލް އިން ގެނައި ބަދަލާއެކު ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ބީއެމްއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ވިސާ ޑައިރެކްޓް" އާއި "މާސްޓާ ކާޑް ސެންޑް" ފަދަ ބޭރުގެ ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުން މިހާރު ހުއްޓާލައިފައިވާ ކަމަށެވެ. ނަމަވެސް ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމުތައް ފިޔަވައި އެހެންގޮތް ގޮތަށް ޓްރާންސްފާކުރާ ފައިސާ ނުވަތަ ޓީޓީ މެދުވެރިކޮށް ލިބޭ ޓްރާންސްފާތައް ޑޮލަރު އެކައުންޓަށް ޖަމާކުރާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މި ނިންމުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކޮށްފައިވާ ބައެއް މީހުން ބުނެފައިވާ ގޮތުގައި ބީއެމްއެލުން ގެނައި ބަދަލާއެކު ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ވިޔަފާރިކުރާ މީހުންނަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ އެވެ. އަދި މިއީ ބެންކިންގެ ދާއިރާ އިން ރާއްޖެ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި ކުރިން އޮތް ގޮތަށް ބަދަލުވާންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
What kind of backward thinking is this pretty sure it’s MMA who forced BML into this, u guys are killing the SMEs seems someone somewhere wanna bring is a communist regime here pic.twitter.com/Jo7tVh3pLp
— Infaz faiz (@infaz_faiz) August 26, 2020
ބީއެމްއެލްގެ ނިންމުމަށް ފާޑުކިޔައި މީހަކު ކުރި ޓްވީޓެއް--
ބައެއް މީހުން ދެކޭ ގޮތުގައި ބޭންކަށް ޖަމާވާ ޑޮލަރުތައް ނަގައި އޭގެ ބަދަލުގައި ދިވެހި ރުފިޔާ ޖަމާކުރުމަކީ ކުރެވޭ ވައްކަމެކެވެ. އެގޮތުން، ޑޮލަރު، ދިވެހި ރުފިޔާ އަށް ބަދަލުކުރާއިރު އެކްސްޗޭންޖު ރޭޓު ދަށްކޮށް ޖަމާކުރުމުން ވިޔަފާރިކުރާ މީހުންނަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބުނެ އެވެ.
ބޭރުގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމުތަކުން ފޮނުވާ ޑޮލަރު ބީއެމްއެލުން ޖަމާކޮށްދޭނީ 15.21ރ. ގެ ރޭޓުންނެވެ.
@bankofmaldives mi noon dhuvahe’h libeyne tho! Vara’h dhera ma’salae’h! @ibusolih @FaisalNasym kihine’htho thibeyfulhun thi ha’dhavanee..geyga thibegenves faisaa hoadheyne hurihaa mage’h bandhuko’h koshanee😡😡😡 pic.twitter.com/BQuD34ghPU
— Hussain Shareef (@epirahs) August 26, 2020
ބީއެމްއެލްގެ ނިންމުމާ ގުޅިގެން އިތުުރު މީހަކު ކުރި ޓްވީޓެއް--
ބޭންކުގެ މި ނިންމުމަކީ ކުދި ވިޔަފާރިތައް އިނދަޖެހެމުންދާ މި ދުވަސްވަރު އިތުރަށް ކުރި ދައްޗެއް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި ބޭންކުން އަންނަނީ ގޭގައި ތިބެގެން އާމްދަނީ ހޯދެން ހުރި މަގުތައް ބަންދުކުރަމުން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ޑޮލަރު ޖަމާކުރުމުގެ އުސޫލަށް ބަދަލު ގެނެސް ބޭންކުން އާންމުކުރި އެނައުންސްމަންޓުގައި، އެއީ ކީއްވެ ގެނައި ބަދަލެއް ކަމެއް ބުނެފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރާންްތި
28 August 2020
ހުރިހައި ދިމާއަކުން ފެއިލް ވުމުގެ މާނައަކީ ދެން ތިމަންނަ މެންނަކަށް މިރާއްޖޭގެ ތަޙްތާ ގާތްނުވެވޭނޭ ލިބޭތާ ލިބި ގަނެގެން އަވަހަށް ބަޗަން ވީއޭ،އަޅުގަނޑު ގޮވާލަން މިސަރުކާރުގެ އިސްވެރިންނަށް !ރައްޔިތުން ތިބޭފުޅުން ގަދަކަމުން ބާލާން ނުކުތުމުގެ ކުރީން ރީތި ގޮތުގައި އިސްތިއުފާ ދެއްވާފައި ވަޑައި ގަންނަވާށޭ،ނޫނީ މުޅި އުމުރު ދުވަހު ހިތާމަ ކުރަން ޖެހޭ ވަރު ކަންތަށް ތަކެއް ކުރިމަތި ކުރުވަފާނެ،މިސާލަކަށް އަމީން ނަށް ހެދި ގޮތް ބައްލަވާ،
ޢަހޫ
28 August 2020
ޙަ މަރަގަޅަސްވެސް ބްރާންތިވެފަ.
ދަރަނި ދަންތުރަ
27 August 2020
2013 އިން 2018 އަށް ކަލޭމެން ބޭނުންވަރަކަށް ޑޮލަރު ނުލިބޭތަ ބާރަށް އަތްޖަހާ
ހާސަރު
27 August 2020
ތިކަން ތިހެން ކުރާއިރު ރިޒޯޓްތަކުގައި އެބަހުރި ބޭރު ބޭންކްތަކުގެ ކާޑްމެޝިން ! ކީއްވެ އެކަން ނުހުއްޓުވެނީ؟ ކީއްވެ ފޮރިން ކަރަންސީ ކާޑުތަކުން ރިޒޯޓްތަކުގަ ކުރާ ވިޔަފާރިއަށް ލިބޭހާ ޑޮލަރ ގެ ބަދަލުގަ ރުފިޔާ ނުދެނީ!؟ ރާއްޖެގައި ކުރާހާ ވިޔަފާރިއެއް ކުރަން ގާނޫންގަ އޮތީ ރުފިޔާއިން. ނިކަމެތިމީހާއަށް ލިބޭ ޑޮލަރ ކޮޅަށް އެކަނިތަ ގަވައިދު ހަދަން އެމްއެމްއޭ އަށް އެގުނީ!؟
ޑޮކްޓާރ. ބަނާނާ
27 August 2020
ކޮންމެދިމާލަކުންބަލާލިޔަސް މިއަދު މިފެންނަނީ ބޭރުމީހުން ދިވެހިރާއްޖެ އަށް ނުފޫޒު ފޯރުވާ މިންވަރު! މި ދަތިވަގުތު ތަކުގައިވެސް ދިވެހި ސަރުކާރުން ނިންމާ ނިންމުންތަކުގައިވެސް މިއަދު އެއްޗެހި ގޮވަނީ ކަމާއި ނުބެހޭ ބިދޭސީން! ހިތާމައިގެ ކޮޅެއް ނެތް !
ކޮބާ ކޮބާ
27 August 2020
ތިޔަ ކަމާމެދު ކޮވިޑް ދޮންބެ ވެސް އަލައެއް ނުލާނެ
ލޮޑަރު
27 August 2020
ބޭންކިންގް އަދި ކޭޝްފްލޯ ނުދަންނަ މީހުން ބޭންކުން ގެނަި ބަދަލާމެދު ނުރުހެނީ ކަންވާގޮތް ނޭނގޭތީ. ބޭރުން ޑޮލަރު އެކައުނޓަށް ޖަމާކުރިޔަސް ރާއްޖެއަކަށް ނަގުދު ފައިސާގެ ގޮތުގަ ޑޮލަރެއްނުލިބޭ. ދެންމިޖެހެނީ ބޭއްކަށް އެހެން ބަޔަކު ލާފަހުރި ޑޮލަރކޮޅު މިމީހުނަށްދޭން. ރާއްޖެއަށް މިހާރު ޑޮލަރެއް ނަގުދު ފައިސާގެ ގޮތުގަ ނުލިބޭތީ ކިހިނެއް އަދި ބަޔަކު ބޭރުން ފޮތުގަ ލިޔެލީމަ ބޭންކުން ޑޮލަރުދެނީ.
މަސޮރު
27 August 2020
މިތާގަ މި ދިމާވެގެން އުޅޭ ކަންކަން ބަޔެއް މީހުންނަށް ނޭގޭ.... މިހާރު އެއްބަޔަކު މި ކަމުން ނާޖާއިޒް ފައިދާ ދަނީ ނަގަމުން. މި ކުރާ ކަމަކީ 15.42 ގެ ރޭޓް އިން ބޭރަށް ޓްރާންސެކްޝަން ހެދުމަށްފަހު އެ ޓްރާންސެކްޝަން ރިވާސް މި ކުރަނީ ޑޮލަރު އެކައުންޓަކަށް. އެހެން ހެދުމުން މިކަން ކުރާ މީހުންނަށް 15.42 ގެ ރޭޓުން ޑޮލަރު ލިބި ބޭންކް ތަކުން ޑޮލަރު ހުސްވޭ. އަދި މިބުނާ މީހުން 18.50ރ އަށް ޑޮލަރު ވިއްކާފަ އަނެއްކާވެސް ކުރިން ބުނި ގޮތަށް ހަދަނީ! ވިސްނަވާ!
ރައްޔިތުމީހާ
27 August 2020
ބިއެމްއެލްއިން ތިކުރިވަރު އަދި ކުޑައީ. ފޮރެކްސް ޓްރޭޑްކުރުން އެއްކޮށް ހުއްޓުވާލަންވީ. ތަނެއް ދޮރެއް ނުދަތަސް ކޮންމެ މީހަކުވެސް އެބަޖެހޭ ޓްރޭޑްކުރަން. ކޮށްގެން މިލިބެނީ ފައިދާތޯ ގެއްލުންތޯވެސް ނޭނގި ހުއްޓާ އަތްމަތި ހުސްވެ މީހުން އަތުން ލާރިނަގަން ޖެހިފަ މިއޮންނަނީ. ތި ޓްރޭޑެއްގަ ޖެހިގެން އާއިލާތައް ބިކަވަނީ.
އުދުހޭ
27 August 2020
ގުޅީފަޅު ފްލެޓް ކާފަ ވެސް ރައްޔިތުންނަށް ފައިދާހުރި ކަމެއްވިއްޔާ އަޅައެއްނުލާ. ސިޔާސީގޮތުން އޭނާ ގުޅެގެން ވެރިކަން ޕަކަޅާކުރެވޭތޯ މުޑިނެގުމުގަ މުޅިން އެއުޅެނީ...
އުދުހޭ
27 August 2020
ނުބައި ހަދަނީ ބީއެމްއެލް އަކުންނޫން. އެކަން ކުރަނީ އެމްއެމްއޭ އިން. ވަކިވަކި ފަރުދުން ކިރިއުޅެން ކުރާ މަސައްކަތަށް އެމްއެމްއޭއިން "ގަދަޔަށް" ހުރަސް އަޅާ. އަމިއްލަ ފަރުދުންގެ އެކައުންޓަށް މިހާރު ރާއްޖެއިންބޭރުން ފައިސާ ޖަމާ ނުކޮށްދޭތާ ކޮން ދުވަހެއް. ޔޫރަޕްގައި ފަރުދުންގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ. ރާއްޖޭގާ މިކަން ކުރިން ކުރެވޭ. އެމްއެމްއޭ އިން މިހާރު އޮތީ ހުއްޓުވާފަ. އެމްއެމްއޭ ހުރިގޮތަށް އިސްތިއުފާދީ ބިލްޑިންގ ހުސްކުރަން ގޮވާލަން.