ކ. ގާފަރު ސްކޫލު ކުދިންތަކަކާ ބެލެނިވެރިން އެ ރަށުގައި ބޭއްވި ހަރަތާކެއްގައި: ދަރިންނަށް އިހުމާލު ވުމުގެ ތުހުމަތުގައި އެ ރަށުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި-- ފޮޓޯ/ފޭސްބުކް
01 ޖޫން 2016 - 17:37
ދަރިންނަށް އިހުމާލުވުމުގެ ތުހުމަތުގައި ކ. ގާފަރުގައި ބައްޕަ ހައްޔަރުކޮށް، އޭނާގެ ހަތަރު ދަރިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ދަރިންނަށް އިހުމާލުވުމުގެ ތުހުމަތުގައި މިއަދު ފިރިހެނަކު ހައްޔަރުކުރިކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެކަމަކު މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.
ގާފަރުން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ހަތަރު ކުދިންނަކީ ވެސް 16 އަހަރުން ދަށުގެ ކުދިން ކަމަށާއި އެ ކުދިންގެ މަންމަ މިހާރު އެ ރަށުގައި ނޫޅޭ ކަމަށެވެ.
"މަންމަ އެ ކުދިން ދޫކޮށްލާފައި ދިޔަތާ މިހާރު ދޮޅު މަހެއްހާ ދުވަސް ވެއްޖެ. ކުދިން ބަލަނީ އެންމެ ދޮއްޓަށް ހުންނަ އަންހެން ކުއްޖާ،" އެ މީހާ ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިންތައް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
02 June 2016
އެހެން ގެންގޮސް ގެންގޮސް މިހާރު ހުޅުމާލޭ ހިޔާވެސް ފުރެނީ! މިހާރުވެސް 18 އަހަރުން ދަށުގެ 72 ކުދިންވަރު އެބަތިބި! އަދި ތަންކޮޅެއް ބޮޑެތިކުދިން ތިބެނީ ވިލިމާލޭ ހިޔާގަ! ދަރިން ނުގެންގުޅެވޭވަރަށް ދަރިން ހޯދަނީ ކީތްވެތަ؟ ހެޔޮނުވާނެ! ދަރިންނަށް އިހްމާލުވުން ހުއްޓާލަބަލަ! ދެންއޮތް އަނެއް ތަންކޮޅަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުއްޖަކު، ބަލަންބޭނުންވާ ފަރާތަކުން ބަލަން އެދިއްޖެނަމަ އެޖެހޭ ތަކުލީފް! އެކަންވެސް ފަސޭހަގޮތަކަށް އޮވެއްޖެނަމަ، އަދި މައްސަލަތައް ނިންމާ އަވަހަށް ހަވާލުކުރެވޭނަމަ، ހަމަގައިމުވެސް އެކުދިންނާ ހަވާލުވެ އެކުދިން ގެންގުޅޭނެ ފަރާތްތައްވާނެ! ތިޔަތަނުގާ މީރުވީހާ ކެއުންދީފާ އަތަށްފަޔަށް ބާންދީންލައިގެން ގެންގުޅުމަށްވުރެ، ދެރަވަރު އާއިލާއަކުން އެކުދިން ބެލެހެއްޓިޔަސް ރަނގަޅުވާނެ! އަދި އެކުދިންގެ އަޚުލާގާ ތަރުބިއްޔަތުވެސް ރަނގަޅުވާނެ! ތަޖުރިބާއާއެކު މިބުނަނީ! އަހަރެންވެސް ގެންގުޅޭނެ ކުޑަކުއްޖަކުބޭނުން! އެކަމަކު އެއޮންނަ ޕްރޮސީޖާއެކޯ!؟! ބޯހަލާކު! -އިބްރާހީމް-
ހާމަ
02 June 2016
ހަރުދަނާ ޕްރޮސީޖާއެއް އޮންނަންވާނެ ! ދިގުބޮޑު ވިޔަސް އިތުރަށް އަނިޔާ ލިބޭކަހަލަ ގޮތަކަށް އެކުދިން ދޫވެއްޖެނަމަ ހަމަ ޒިންމާވާންޖެހޭނީ ސަރުކާރުން.
މުޙައްމަދު
01 June 2016
ދަރިންކޮޅު ދޫކޮށްލާފައި މަންމަ ދިޔައީމަ އިހްމާލުވީކަމަށް މިވީ ބައްޕަ؟؟
އަލްމުދިޝް
01 June 2016
ރުއްސާފު ކޮށް ނުބެލެހެްޓޭ ގާބިލްކަން ނެތްބަޔަކަށް އަބަދުވެސް ޖެހޭނީ ރުއްދަށަށް ވެއްޓޭކޮންމެ ފަނެއް ވެއްޓޭތަނުން ނަގާ ކުނިއެއް ކުރައްވާ ތަނުގައި ބަހައްޓާށެވެ.