ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދެއްގައި ފުލުހަކު ސްޓިކާ ޖަހަނީ.-- ފޮޓޯ: މިހާރު
01 ސެޕްޓެމްބަރ 2020 - 14:59
ގަވައިދާ ހިލާފަށް ވެހިކަލް ޕާކުކޮށް ތަކުރާރުކޮށް ޕާކިން ސްޓިކާ ޖެހިކަމުގައި ވިއަސް ޖޫރިމަނާކުރާނީ 250ރ. އިން ކަމަށް ހަމަޖައްސައިފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގުކުރައްވާފައި ވެ އެވެ. އެކަމަކު ގާނޫނަށް އަލަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން ތިން މަސް ފަހުންނެވެ.
އެހެންވެ އާ އިސްލާހާއެކު، ވެހިކަލްތައް ޖޫރިމަނާކުރެވޭނެ އެންމެ ބޮޑު އަދަދަކީ 250ރ. އެވެ.
ގަވައިދާ ހިލާފަށް ޕާކްކޮށްގެން ފުރަތަމަ ފަހަރަށް މިހާރު ޖޫރިމަނާކުރަނީ 250ރ. އިންނެވެ. ދެ ވަނަ ފަހަރަށް ނަމަ 500ރ. އަދި ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 750ރ. އިން ޖޫރިމަނާކުރެ އެވެ.
އެ އިސްލާހުގެ ދަށުން ޖޫރިމަނާއާ މެދު ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުގައި ގާއިމް ކުރަންޖެހޭނެ އެވެ. އެ ނިޒާމުގެ ދަށުން، ޖޫރިމަނާތައް ރިވިއު ކުރުމާއި ބާތިލް ކުރުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެ އެވެ.
ޕާކިން ޖޫރިމަނާ އިތުރުކުރުމުގެ ބަދަލުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކޮށްފައިވަނީ ނުރައްކާތެރިކޮށް ނުވަތަ ބާރަށް އުޅަނދުތައް ދުއްވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާކުރާ ގޮތަށެވެ. ބާރަށް އުޅަނދު ދުއްވައިފިނަމަ 500ރ. އިން ޖޫރިމަނާކޮށް އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދޭން ޖެހޭނެ އެވެ. ދެ ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ 750ރ. އިން ޖޫރިމަނާކޮށް 48 ގަޑިއިރަށް އެ މީހެއްގެ ލައިސެންސް ހިފެހެއްޓޭނެ އެވެ. އެއަށްވުރެ އިތުރަށް ލައިސެންސް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000ރ. އިން ޖޫރިމަނާކުރުމާއި އެ މީހަކު ދުއްވި އުޅަނދެއް 15 ދުވަހަށް ޓޯކުރުމުގެ ބާރު ފުލުހުންނަށް ދީފައި ވެ އެވެ.
މިދިޔަ މަހުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައީ، ގަވައިދާ ހިލާފަށް ޕާކްކުރުމާއި އެ ގާނޫނާ ޚިލާފްވެގެން ކުރާ އެ ނޫން ޖޫރިމަނާތައް ހޯދަން ކޯޓަށް ދިއުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމުގެ އިތުރަށް ޖޫރިމަނާގެ އަދަދު 10،000ރ. އަށް ބޮޑުވާ ނަމަ، ފައިސާގެ ބަދަލުގައި މުޖްތަމައަށް ވަކި ބާވަތެއްގެ ޚިދުމަތެއް ކުރަން އެ މީހަކަށް ލާޒިމް ކުރުވޭ ގޮތަށެވެ. އެކަމާ ބެހޭ އުސޫލުތައް ގަވާއިދެއްގައި ބަޔާން ކުރަން ވެސް ބިލް ލާޒިމްކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތާނިކެ
02 September 2020
އައިޝާގެ މިނިސްޓްރީން އޮންލައިން ކޮށް ހުރިހާ ހިދްމަތެއް ދޭންފެށިވާހަކަ އޮތް މިހާރު އެގޮތަށް ހިދްމަތް ލިބޭކަމުގައި ވަންޏާ ހާދަ ފަސޭހަވާނެ.
އިއްސޭ
02 September 2020
އަލެ އަހަރުމެން ގުނބޯ ހައްދާވަރު ކަރަންޓުންނާ ފެނުގެލާރިން މަހަކު 2000 3000 ރުފިޔާ ބޮޑުކޮށްފަ މިހާރު ސައިކަލް ސްޓިކާ 250 ރުފިޔާޔޯ މިވީކޯޗަކައް މާގެއްލުން ބޮޑުނޫ ކުރީ ފެން ކަރަންޓު 300 ރުފިޔާ ެަރާ ގޭގެއައް މިހާރު 3000 ރުފިޔާ؟؟؟
ްއަދުރޭ
01 September 2020
ދެން ސްޓިކާ ޖަހާ ރޭޓް އިތުރުވާނެ.
ދިއްދޫ ހަންދަރު ޙަސަނު
01 September 2020
ދައުލަތުގެ ބަޖެޓް ހަދާއިރު ސްޓިކާ ޖަހައިގެން ޖޫރިމަނާ ނަގަން މީގެ ފަހުން ޖަހާނެ ގޮޅިއެއް ހަދާފަ ނުބާއްވާތި
ޓޯރާބޯރާ
01 September 2020
ވަރަށް ސާފު...ކުރިޔަށް ފިޔަވަޅެއް .. ފަހަތަށް ދެފިޔަވަޅު.
ފަޅުމަސް
01 September 2020
ޖޫރިމަނާ ރިވިއު ކޮމިޓީ މުއްސަނދިވާނެ.. 250 ރުފިޔާ އިން ޖޫރިމަނާ ކޮށްލީމަ، ދެން 100 ރުފިޔާގެ ކަޓެއް ނަގާފައި ނިންމާލީމާ ހުންނާނީ ހުރިހާ ކަމެއް ހަމަޖެހިފައި...
ކޮތަރު
01 September 2020
ދެން ޕާކުކުރާނީ ޖެހުނުތާކު. ގޮތެއް ފޮތެއް ނޯންނާނެ މިހާރު ވެސް ޒޯންގަ ޖާހަ އޮންނައިރު މަގުމައްޗަށްވާގޮތަށް ޕާކްކޮށްފަހުރޭ. ބަލާނެ މީހަކު ނޫޅޭ. ފުލުހުން ބަލަނީ ބޮޑަތި މަގުތަށް އެކަނި.
ރަންޑޭލް
01 September 2020
ހަރުދަނާ ނިއްމުމެއް. ކޮއްމެ އަހަރަކު އަހަރީ ފީ ދައްކަން ދިއުމުން ބުނާނެ ސްޓިކަރ ފައިން ދެއްކީމަ އޭ ފީދެއްކޭނީ. ފީ އާއި ފައިން ދައްކާފައި އޮއްވާ އަނެއްއަހަރު ބަލާއިރު ކުރީ އަހަރު ޖެހި ސްޓިކަރ ގެ އިތުރުން ދެން ޖަހާ ސްޓިކަރ އަށްދައްކަން ޖެހެނީ 750. މައްސަލައަކީ ހުރިހާ ފައިނެއް ދައްކާނިމޭއިރުވެސް ފުރަތަމަ ގުނަނީ ވެހިކަލްއަށް ފުރަތަމަ އަހަރު ޖަހާ ސްޓިކަރ ޖެހިތާރީހުން.
ޖަމަލު
01 September 2020
ތި ބޮޑެތި ކާރުތައް ގެންގުޅޭ މުއްސަނދިން ދޮގު ހަދައިން ގަރާޖު އޮންނަކަމަށް ދައްކައިން ޕަަރކު ކޮަށްފަ އޮންނާނީ މުޅިން އެހެން ޒޯންތަކުގަ.
މަރު
01 September 2020
އަޗި.. ކަޑަ .. އަހަރެމެން ދައްކަން ހުރި ލާރިންވެސް ތީތި ކަނޑަން ވާނެ...