03 ސެޕްޓެމްބަރ 2020 - 07:03
ބޮލީވުޑް މާފިއާ ހިންގުމުގެ އިސް މީހަކީ ކަރަން ޖޯހަރް ކަމަށާއި އޭނާ ވަނީ މިހާތަނަށް އެތައް ބައެއްގެ ކެރިއަރާއި ދިރިއުޅުން ވެސް ހަލާލުކޮށްފައި ކަމަށް ބުނެ އޭނާގެ މައްސަލަ ބެލުމަށް ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ގޮވާލައިފި އެވެ.
މޯދީ ޓެގްކޮށް ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ ބޮލީވުޑް އިންޑަސްޓްރީގެ ތެރޭގައި ކަރަން އިސްކޮށް ހުރެގެން ބޮޑެތި ޖަރީމާތައް ހިންގާ އިރު، އެއްވެސް ފިޔަވަޅެއް ނާޅާތީ އޭނާ ހަމަ މިނިވަންކަމާ އެކު އެނބުރެނީ ކަމަށެވެ. އަދި ބޮލީވުޑަށް އުންމީދެއް އޮތް ނަމަ ކަރަންއާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުންޏެވެ.
ޖޫން މަހު ސުޝާންތު ސިމްގް ރާޖްޕޫތު މަރުވި ފަހުން، ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންނާ އެކަމާ ގުޅުވައިގެން ކަންގަނާ ތަކުރާރުކޮށް ބަހުގެ ހަމަލާތައް ދެމުން އަންނަ އިރު، އޭނާ އެންމެ ބޮޑަށް ދިމާކުރާ އެކަކީ ކަރަން އެވެ.
Karan Johar the main culprit of movie mafia! @PMOIndia even after ruining so many lives and careers he is roaming free no action taken against him, is there any hope for us? After all is settled he and his gang of hyenas will come for me #ReportForSSR https://t.co/qvtv0EnkR2
— Kangana Ranaut (@KanganaTeam) September 1, 2020
ކަންގަނާ ބުނާ ގޮތުގައި ކަރަން އަކީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އޭނާ ކޮންޓްރޯލްގެ ދަށުގައި ތަރިން ގެންގުޅެން ބޭނުންވާ މީހެކެވެ. އަދި އޭނާ އަބަދު ވެސް ގާތްކަން ބާއްވައި، އަމިއްލަ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުތަކުން ފުރުސަތު ދެނީ ވެސް ގާތް މީހުންނާއި އެކި ގޮތްގޮތުން ގުޅުން އޮންނަ ނުފޫޒު ގަދަ އާއިލާތަކަށް ނިސްބަތްވާ ފަންނާނުންނަށް ކަމަށް ބުނެ އެވެ.
Karan Johar, Aaditya Chopra, Mahesh Bhatt, Rajeev Masand and entire army of blood thirsty vultures the mafia media killed Sushant, only son of the family succumbed to bullying, exploitation and harassment in Bullywood and here KJO promoting his kids! SHAME .. https://t.co/wrKEAkDgik
— Kangana Ranaut (@KanganaTeam) September 1, 2020
އެހެންވެ ކަރަން އަކީ ބޮލީވުޑްގެ ނެޕޮޓިޒަމްގެ ކުޅިގަނޑު މޭސްތިރިޔާ ކަމަށް ކަންގަނާ އަބަދު ވެސް ބުނެ އެވެ.
ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގައި 2016 ގައި ބައިވެރިވެ ސީދާ ކަރަންއާ ދިމާއަށް ވެސް ކަންގަނާ އެ ވާހަކަ ބުނެފައިވެ އެވެ.
ކަރަންގެ މައްސަލަ ބަލަން ގޮވައިލުމުގެ އިތުރަށް ކަންގަނާ ކުރި އެހެން ޓްވީޓެއްގައި ވަނީ ސުޝާންތު މަރުވުމުގެ ޒިންމާ ކަރަން އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި މަހޭޝް ބަޓާއި ފިލްމު ކްރިޓިކް ރަޖީވް މަސަންދު ފަދަ މީސްމީހުން ނަގަން ޖެހޭނެ ކަމަށް ބުނެ ބަހުގެ ހަމަލާތަކެއް ދީފަ އެވެ. އޭނާ ބުނީ އެ މީހުންނަކީ މީސްމީހުންގެ ލޭ ބޯން ކަރުހިއްކައިގެންފައި ތިބޭ ނުލަފާ ބައެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަންޑަނާޔޯޔޯ
03 September 2020
ޑަންޑަނާއަކީ ވަރަށް ނުހޮރުއްޕާން ބޮޑު އަންހެނެއް.
ދަންދަނާ
03 September 2020
ކަންގަނާ އަކީ ބީޖޭޕީ އިން ގެންގުޅޭ އެޓޭކްޑޯގް އެއް. ސުސާންތު އަމިއްލައަށް މަރުވުމުން އެކަންތައް ބޮޑު ކޮއްލައިގެން ބީޖޭޕީ އިން ބޭނުންވީ ބޮލީވުޑުގަ ތިބި ބީޖޭޕީގެ ހަރުކަށި ސިޔާސަތުތަކަށް ތާއިދު ނުކުރާ މީހުންގެ ކެރިއަރު ހަލާކުކޮއްލަން. އަދި މަހާރާސްތުރާގަ ބީޖޭޕީއައި އެއްބައި ނުވާ ސިޔާސީ މީހުން ދުއްވާލަން.
ޞސބދބސ
03 September 2020
ކަންގަނާއަށްކުރިންވަރަށް ސަޕޯޓުކުރިން. ކަންގްނާއަކީވަރަށް ގަޓްހުރިމީހެއް. އެކަމަކު އާމޮރުހާނާއި އިސްލާމްދީނާގުޅުވައިގެންކީ އެއްޗިހިން ކަންގްނާދެކެފޫހިވެއްޖެ. އިސްލާމްދީނަކީ އެންމެފުރިހަމަދީން. ކަންގްނާގެހިންދޫ ދީނަކީ ބޮޑުޖޯކެއް