މާފަރު އެއާޕޯޓު: ރީޖަނަލް އެއާޕޯޓްތައް ހިންގުމަށް ކުންފުންޏެއް މިއަދު ވަނީ އުފައްދާފައި
30 ސެޕްޓެމްބަރ 2020 - 17:23
ރީޖަނަލް އެއާޕޯޓުތައް ހިންގުމަށް، ސަރުކާރުން މިއަދު ކުންފުންޏެއް އުފައްދައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ކުންފުނި އުފެއްދެވި އިރު، ކުރިން އެއާޕޯޓުތައް ބަލަހައްޓަމުން އައީ އެ ނަމުގައި ހިންގަމުން އައި އޮތޯރިޓީއަކުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ކުންފުނީގެ މަގްސަދަކީ، ސަރުކާރުން ހިންގާ ސަރަހައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގައި، އެ އެއާޕޯޓުތައް މެދުވެރިކޮށް ސަރުކާރުން ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި 16 އެއާޕޯޓެއް އެބަ އޮތެވެ. އޭގެ ތެރެއިން ބައެއް ތަންތަން އަމިއްލަ ކުންފުނިތަކުން މެނޭޖް ކުރާއިރު، ގިނަ އެއާޕޯޓުތައް ހިންގަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.
ސަރުކާރުން މިއަހަރު ވަނީ ހަތަރު އެއާޕޯޓެއް ހުޅުވާފަ އެވެ. އެއީ ހޯރަފުށީ އެއާޕޯޓާއި ށ. ފުނަދޫ އެއާޕޯޓާއި ޅ. މަޑިވަރު އެއާޕޯޓުގެ އިތުރުން ގދ. މާވާރުލު އެއާޕޯޓެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެއްވެސް އިންޓަނޭޝަނަލް އެއާޕޯޓެއް މިއަހަރު ނުހުޅުވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކަރު
01 October 2020
ކުންފުނި ނެތިގެނެއްނޫން އެއަޕޯޓު. ނުހިންގެނީ އަނެއްކާ އަނެއްބޔަކަށް ވަޒީފާ ދީ ޕޮލިޓިކަލް ބާރުގދަކުރަން ކުރާ ކަންކަންތީ ުުުުުުުުުުުުުުުުުުުުުުުުު
މުކައްބަ
01 October 2020
އަނެއްކާ އަނެއް ލާރިގަނޑު ބަޔަކަށް
އަހަންމާބެ
01 October 2020
ރާއްޖޭގެ އެއަރޕޯޓްތައް އިންޑިޔާއަށް ދިނުމަށްޓަކައި ރާވާ ރޭވުންތަކުގެ ޤާނޫނީ ބިންގާ އެޅުނީ އޮތަ.
ލެއްގި ކޮމިޝަނަރ
30 September 2020
މިއަހަރުގެ ކޮންދުވަހެއްގަތަ ހޯރަފުށީ އެއާޕޯޓް ހުޅުވީ. މިހާރު ނޫހުން އެތާރީޚް މަށަށް އޮޅުންފިލުވާލަ ދީފާނަންތަ؟
ކަޓޭ
30 September 2020
ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުހުންނާނެ. ހުންނާނީ ދައުލަތުގެ ކުންފުނިތައް. ދަރަންޏަށް ޒިންމާވާނީވެސް ދައުލަތުން.
އޮނަރަބްލް އަފީފު ދީދީ
30 September 2020
ހަނިމާދޫ އަދި ގޭން އެއަރޕޯޓް ތިޔަ ކުންފުނީގެ ދަށަށް ގެނެސްގެން ނުވާނެ. # ތިޔަ ކުންފުނީގެ ދަށަށް ކ. ހުޅުލެ އެއަރޕޯޓާއި، ހަނިމާދޫ އަދި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ނޫން ދައުލަތުގެ ހުރިހާ އެއަރޕޯޓެއްގެނެސް އަދި ތިޔަ ކުންފުންޏާއި މޯލްޑިވިއަން މާޖް ކުރުމަށްފަހު މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތައް އެތެރޭގއެއަރ ޕޯޓްތަކުގައި ކުރުމަށް ފަހު މާލެ ހަނިމާދޫ އަދި މާލެ ގޭން ދަތުރު ތަކުގައި އެއަރބަސް ބޭނުންކޮށް ކުދި ބޯޓްތައް ހުޅުލޭ އެއަރޕޯޓުން ބޭރުކުރާންޖެހޭ.
ޝާމު
30 September 2020
ޜާއްޖެތެރޭ އެއްވެސް ސަރަހައްދެއްގައި އިންޓަރނެޝިނަލް އެއާޕޯޓެއް އެކަށީގެންވާ ގޮތެއްގައި ހިންގުނަ ނުދޭން އެކިއެކި މަޅިފަތި ތައް އަބަދުވެސް ޖަހަމުންދާނެ. މީ ކޮން މެ ސަރުކާރަކުންވެސް ކަންތައް ކުރަ މުން އަންނަގޮތް. މާލެ ފިޔަވައި އެހެން ސަރަހައްދެއްގާ އިޤުތިސާދީ ހަރަކަތްތަކެއް ހިންގުނަ ނުދުއުން.. މާލޭގެ ރިޔަލްސްޓޭޓް ވިޔަފާރިގެ ދި މާންޑާ އަގު އުފުލު މމަށް މާލެއަށް ހިޖުރަކުރަން މަޖުބޫރުވާ ގޮތަށް ސިޔާސަތު ދެ މެހެއްޓުން.
ރަބަރު
30 September 2020
ކޮން ބޭނުމެއްގަ؟ އަދިވެސް ބޮޑެތި މަގާމުތަކަށް ދަހިވެތިވެ ތިބި މީހުން ހުސްނުވަނީތަ؟ ނުވާނެ. މިއީ ދިވެހިރާއްޖެ.
ޒުވާނާ.
30 September 2020
މުޅި ހދ ގަވެސް ސަރުކަރުގެ އިހު މަލުން ޓޫރިޒަ މެއްނެތް މިހާރު ކިތައް އަހަރުތޯ ރާއްޖޭގަ ޓޫރިޒަ މް އުފެދުންތާ މިހާރަކު ނުބުނެވޭނެ ދަތުރުފަތުރު ދަތިވެގެން މިކަން ނުކުރެވޭނެ ވާހަކައެއް ވާގޮތަކީ ސަރުކާރު ބޭނުން ނުވަނީ ހދ ކުރިއަރާދާން
މަކީޓާ
30 September 2020
ކޮން ސަރުކާރެއްގެ އިހުމާލަކުންބާ؟
ލައުރާ
30 September 2020
ވަރައްބޮޑު ތެދުފުޅެއް ރާއްޖޭގެ އުތުރުން މާލެފިޔަވާ އެންމެ އާބާދީ ބޮޑު ހިސާބު މިވަނީ އިނދަ ޖައްސާފަ
ނަޝީދު.
30 September 2020
އެމް.ޑީ.ޕީ ސަރުކާރަކުން ވިޔަފާރިއެއް ނުކުރާނެ. ހަހަހަހަ