ގއ. ދާންދޫގެ ބަނދަރުމަތި: އެ ރަށުގައި ރޭ ހިނގި މާރާމާރީއެއްގައި އެކަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައި.--
02 އޮކްޓޯބަރ 2020 - 22:49
ގއ. ދާންދޫގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން 10 މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީގެ މައްސަލައިގެ ތުހުމަތުކުރެވޭ ފިރިހެނުންތަކެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކެފޭއެއްގެ ތެރޭގައި، ދެ ގްރޫޕު ދެމެދު ހިނގި މާރާމާރީގައި ތިން މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުނު މީހަކަށް، އެ އަތޮޅު ވިލިނގިލީގިއި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިއަދު ވަނީ މާލެ ފޮނުވާލައިފަ އެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ރަށުން ރޭ ވާހަކަ ދެއްކި މީހަކު ބުނީ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި އެއް ގުރޫޕުގައި ތިބީ އުމުރުން 25 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަނެއް ގްރޫޕުގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުދިންތަކަކާ އެކު 19 ވަރަކަށް އަހަރުގެ ޒުވާނެކެވެ. ސީރިއަސް އަނިޔާތައް ލިބުނީ އޭނާއަށެވެ.
"ހަޑި އެއްޗެހި ކީމަ، އެ ކުދިންނަށް ގުޅާފައި ކެފޭއެއް ގެންދިޔަ ކަމަށް ވަނީ. އެތަނަށް ގެންގޮސްފައި އެތެރޭގައި ހަމަނުޖެހުން ހިންގީ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުލް ރަހީމު
02 October 2020
ދާންދޫގަ އުޅޭ ހަކުރާ ތެލާ ފަތްޕިލާވެއްޔާ ބޭނުންކުރާ 70% ''ޒުވާާނުން'' މުޅި ރަށުތެރޭގަ ވައްކަމެއް ކޮށްލާނެ ތަނެއް ފެނޭތޯ، ބުޅާ މަސްކިބަޔަށް ބަލާހެން ބަލަބަލާ ތިބޭއިރުވެސް ރަށުގަ އުޅޭ މީހުން ހަމަ ބިރުން އަޅާވެސް ލާންނނުކެރިފަ.