"މިހާރު" އަށް ލިބިފައިވާ މި ފޮޓޯގައި އެ ފެންނަނީ ކަނޑަށް އުކާލި މަސްތުވާތަކެތި ނަގަން ފުލުހުން ކަނޑަށް އެރި ތިބި އިރު ޑްރަގްސް އުފުލި ޑިންގީން ފުލުހުން މީހަކު ހައްޔަރުކުރާތަން. ފަހަތުން އެ ފެންނަނީ ރާއްޖޭގެ ރަށެއް.
04 އޮކްޓޯބަރ 2020 - 17:15
އައްޑޫ ބޭރުން ޑްރަގްސްއާ އެކު އެތައް ބަޔަކު ހައްޔަރުކުރި ބޮޑު އޮޕަރޭޝަނުގައި، ޑްރަގްސް އެތެރެކުރި މީހުން ފުލުހުން ފެނުމާ އެކު ޑްރަގްސް ބަސްތާތައް ކަނޑަށް އުކާލި ކަމަށާއި އެ ތަކެތި އަތުލައިގަނެވުނީ ފުލުހުން ކަނޑަށް އެރިގެން ކަމަށް، އޮޕަރޭޝަންގެ މައުލޫމާތު އެނގޭ ފަރާތަކުން "މިހާރު" އަށް ކިޔައިދީފި އެވެ.
އުކާލި ތަކެތި ފުލުހުންގެ އަތު ޖެހުމަކީ މުހިންމު ކަމަކަށް ވަނީ، މަސްތުވާތަކެތި އެތެރެކުރިކަމުގެ ސާފު ހެކި ލިބޭނީ އެތެރެކުރި ތަކެތި ފެންނަން ހުރުމުން ކަމަށް ވާތީ އެވެ. އެހެންވެ މަނާ ތަކެތި އެތެރެކުރާ މީހުން ކޯޓު މަރުހަލާ އިން ސަލާމަތްވާން ހެކި ނައްތާލުމުގެ ގޮތުން، ފުލުހުންގެ އަތުޖެހުމުގެ ކުރިން ތަކެތި ގެއްލުވާލުމަކީ އާންމު ކަމެކެވެ.
މި އޮޕަރޭޝަން ހިންގީ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އިން ދިން އިންޓެލިޖެންސް މައުލޫމާތަށް ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވިޔަސް އެއީ ދޮގެއް ކަމަށާއި އެ ނޫސްތަކުން ނަގާފައިވާ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރަހައްދީ ފެންވަރުގައި މައުލޫމާތު ހިއްސާކުރާ ގްރޫޕަކަށް ދިވެހި ފުލުހުން ފޮނުވި އެއްޗެހި ކަމަށް ވެސް "މިހާރު" އާ މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
"މިއީ ސައްތައިން ސައްތަ ދިވެހި ފުލުހުންގެ މަސައްކަތެއް. އިންޓެލިޖެންސް ވެސް އަދި މުޅި އޮޕަރޭޝަން ވެސް. އާންމުވެގެން އުޅޭ ފޮޓޯތަކާއި ވީޑިއޯ އާއި ބައެއް މައުލޫމާތަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރަހައްދީ ފެންވަރުގައި މައުލޫމާތު ހިއްސާކުރާ ގްރޫޕަކަށް ދިވެހި ފުލުހުން ފޮނުވި އެއްޗެހި. އެ ކޮންމެވެސް ގޮތަކުން ގޮސްގެން އެ އުޅެނީ،" އޮޕަރޭޝަން ފެށުނު ހިސާބުން ގޮސް، މީހުން އަތުލައިގަތުމުގެ އެންމެ ރިސްކް ބޮޑު މަރުހަލާތަކުގައި ވެސް ދިވެހި ފުލުުހުން ނޫން ބަޔަކު ނޫޅޭކަން ފާހަގަކުރަމުން ބުންޏެވެ.
މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑުގައި.
މައުލޫމާތު ދިން ފަރާތުން ބުނީ ޕާކިސްތާނު ނޫސްތަކުގައި، ޑްރަގްސް އަތުލައިގަތީ އެރެބިއަން ސީގެ ތެރެއިން ކަމަށް ބުންޏަސް އެ މައުލޫމާތު ވެސް ސައްހަ ނޫން ކަމަށެވެ. "މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުން ވެސް، ފުލުހުން ކަނޑަށް އެރިގެން ޑްރަގްސްތައް ނަގާ މަންޒަރު ފެންނަ އިރު ފަހަތުން ރާއްޖޭގެ ރަށްތައް ވެސް ފެނެ އެވެ.
މި އޮޕަރޭޝަން ހިންގީ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އިން ދިން އިންޓެލިޖެންސް މައުލޫމާތަށް ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވިޔަސް އެއީ ދޮގެއް
އެނގިފައިވާ ގޮތުގައި ދެ ދުވަހުގެ މި އޮޕަރޭޝަންގައި ކަނޑުމަތިން ޑްރަގްސް އަތުލައިގަތީ ބައެއް ތަކެތި އެއްގަމަށް އަރުވައި ދެ ވަނަ ފަހަރަށް ތަކެތި ބަލައި ގޮސް އުޅެނިކޮށެވެ. ފުލުުހުން ވަނީ ކަނޑުމަތިން ހޯދި ތަކެތީގެ އިތުރުން އައްޑޫގެ ބައެއް ތަންތަނުން ވެސް ގިނަ އަދަދެއްގެ ޑްރަގްސް ހޯދައިފަ އެވެ.
މިހާތަނަށް ފެނުނު މަސްތުވާތަކެތީގެ ބަރުދަން 100 ކިލޯއާ ގާތްކުރާ ކަމަށް އެނގިފައިވެ އެވެ. އަދި މިއީ ޕާޓީ ޑްރަގްސްގެ ވެސް އެއް އޮޕަރޭޝަނެއްގައި އެންމެ ގިނައިން އަތުލައިގަނެވުނު ފަހަރު ކަމަށް ވަނީ އެނގިފަ އެވެ.
މިއަދު ހެނދުނު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓްވީޓް ކުރައްވާފައިވާ ގޮތުގައި އެހާ ހިސާބަށް 80 ކިލޯގެ ޑްރަގްސް ވަނީ ފެނިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ 88 ކިލޯގެ ޑްރަގްސް ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަބުޗާގެ ނަމުން މަޝްހޫރު މި މީހާ އަކީ ޑްރަގްސް އެތެރެކުރާ ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެއް
މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި، އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ) އަކީ މި ތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި މީހާ އެވެ. އޭނާ އެކި ފަހަރުމަތިން ހައްޔަރުކޮށްފައި ވިޔަސް އެކި ސަބަބުތައް މެދުވެރިވެ އޭނާ ދޫވަނީ އެވެ. ކޯޓުތަކުގައި ވެސް އޭނާގެ މައްސަލަތައް ހުރި އިރު އެ މައްސަލަތައް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ.
"މިހާރު" އަށް މައުލޫމާތު ހިއްސާކުރި ފަރާތުން ވެސް އެކަން ފާހަގަކޮށް ބުނީ، ފުލުހުން ބުރަ މަސައްކަތުން މިފަދަ މީހުން އަތުލައިގަންނަ އިރު ވެސް އެ މީހުން ދޫވެ އަލުން ޖަރީމާ ހިންގުމުގައި އުޅެން ފުރުސަތު ލިބޭ ނަމަ ކުށްކުރުން ހުއްޓުވަން ކުރާ މަސައްކަތުގެ ބޭނުން ކެނޑޭ ކަމަށެވެ.
ފުލުހުން މިއަދު ހެނދު ހުޅުމާލޭގައި ވެސް ޑްރަގްސްގެ އޮޕަރޭޝަނެއް ކުއްތާ ބޭނުންކޮށްގެން ހިންގި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެއީ އައްޑޫން ޑްރަގްސް އެތެރެކުރި މައްސަލައާ ގުޅުމެއް ހުރި އޮޕަރޭޝަނެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމްބެ123
06 October 2020
ބޮންޑާގެ ލޯންޗް ގަދަނޫކުލައިގެ ލޯންޗެއް ކަފުޖަހައިގެން ދިޔަ މަންޒަރު ހިތަދޫ ކޯއްޓޭގެ 15 މޭލު ބޭރުން އަޅުގަނޑު ދުށީން..
ޑރފަލަޑޭ
05 October 2020
ކަނޑަށް އުކާލި އެއްޗެއް ނަގަން ބަލަ ފައިބަން ޖެހޭނީ ކަނޑަކަށް ނޫންތަ؟
އިބިރިހިންބެއްޔާ
05 October 2020
ތިމައުލޫމާތު ލީކުކޮއްލީ އަވަށްޓެރި ބޮޑުގައުމުން ކަމަށް ޝައްކުކުރެވޭ. ކްރިކެޓްކުޅުން ތެރިޔާ އިމްރާން ޚާން ވަރަށް މަޝަހޫރުވާނެ އެގައުމުގައި.
ޢަލީބެ
05 October 2020
މައިންމަގަށް ލައްގަޅޭ ކިޔަން ގޮނޑުދޮށުގަ ނުތިބީ ކީއްވެބާ؟
ޢަލްފާ1
05 October 2020
ރާއްޖެ އޮންނަ ކަނޑަށް އެރޭބިަންސީ އޭ ކިޔާ އުޅޭ. އިތުރުނަމެއް މިކަނޑައް ކިޔަންޏާ ކިޔަންވީ މޯލްޑިވް އޯޝަން.
ފިލިގާ
05 October 2020
ދޮގެއް. އިންޑިއާގެ އެންމެ ދެކުނުން އަރަބިއަން ސީ އޭ ކިޔާ ސަރަހައްދު ނިމޭނެ.
ޙަސަންމަނިކް
05 October 2020
ފުލުހުން ބުރަ މަސައްކަތް ނުކުރާ ވާހަކައެއްނޫން. އެކަމު ޤާނޫނު ވަރާށް ރަނގަޅަށް ފުލުހުން ދަންނަންޖެހޭ އެބަ! ހައްޔަރުކޮށް ނިންމާފަ ކޯޓު އަމުރުމަތިން ހަނދާންވަންޏާ ދެން ކޯޓުތަކުން ކުރާނީ ކީއް؟ އެތައް މައްސަލައެއް ޕީޖީއަށް ފޮނުވުމުން އަނބުރާ ފުލުހުންނަށް ފޮނުވާކަމީ ފުލުހުން ޤާނޫނަށް އަހުލުވެރިނޫންކަމުގެ ހެކި!
ޙަސަންމަނިކް
05 October 2020
ތިބުނާ "ސަރަހައްދީ ފެންވަރުގައި މައުލޫމާތު ހިއްސާކުރާ ގްރޫޕް" ވަރަށް ފައްކާތާ؟ ހަމަ ދިނީ ލީކުކޮށްލީ!
ސަބްރީނާ
05 October 2020
ގައުމު ހަލާކުކުރާމީހުން ހިމާޔަތްކުރުމުގައި އިސްދައުރެއް އަދާކުރާކަން އެންމެންވެސްދަނޭ. ޥަރަށްދެރަކަމެއްމީ!!
އިމްމާ45
05 October 2020
ޝުކުރިއްޔާ ފުލުސް. އެކަމަކު ޚިޔާލެއް އެބައޮތް. ތިކަހލަ އޮޕަރޭޝަންތަކަށް ހަވީރީ ހެދުމުގައި ދިޔައިމަ އެހާ ސަޅި އެއް ނުން. ފުންމާލަލަން ވީމަ ބޮކްސާ ހަދާފަ ފުންމާލުން. ފުލުހުން ވިޔާ އެކަމަށް ޚާއްޞަ ކިޓެއްގައި ތިބެން ވާނީ. ތި ޑްރަގް މީހުން ކޮށްފާނެ ކަމަކަށްވެސް ތައްޔާރު ވެގެން. އުންމީދު ކުރަން ރަނގަޅު ކޮށްލާނެ ކަމަށް. ސީ.ޕީ
1828
05 October 2020
ޚާއްސަ ކިޓަކީ ކޮބައި ތޯ؟
ާާަަމައިކް
05 October 2020
އަންޑާރކަވާރ ކިޔާ އެއްޗެއް ނޭނގޭ ދޯ؟
ވަކީލުު
05 October 2020
ފުލުހުން ޔުނީފޯމުގައި ނުވަަތަ ހާއްސަ ހެދުމުގައި ފުރަން ދިޔާމަ ނުވަތަ ކަނޑުމަތީގައި އުޅުމުން ފެންނަ ކޮންމެ ބަޔަކަށް އެނގޭނެ ފުލުހުންކަން އެމީހުންނަކީ. ހަމަބުނެލީ
ާއައްޑޫ ކޮއްޔާ
05 October 2020
މިމައްސަލައިގެ ލީޑަރަކީ އިބްރާހިމް ރަޝީދު!!!!!! އޭނަގެ ފޮޓޯ ޖަހާބަލަ! ކީވެތަ އޭނަ ނެތީ؟؟؟