ބޮންޑާ. އޭނާ ވަނީ މިހާރު ދޫކޮށްލާފައި
09 އޮކްޓޯބަރ 2020 - 19:03
ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރު ކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) އާއި އިތުރު ހަތް މީހަކު މިއަދު ދޫކޮށްލައިފި އެވެ.
ގާތްގަނޑަކަށް 100 ކިލޯގެ ޑްރަގްސް އަތުލައިގަތް އޮޕަރޭޝަނުގައި ބޮންޑާ ހައްޔަރު ކުރީ މަސްތުވާތަކެއްޗާއެކުގައެއް ނޫނެވެ. ފުލުހުން މިއަދު ބުނީ އޭނާ އާއި އިތުރު މީހުން ދޫކޮށްލީ، ތަހުގީގަށް ބަންދުކޮށްފައި ބޭތިއްބުމަށް ނުފެންނާތީ ކަމަށެވެ. މިދިޔަ ހަފުތާގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރީ މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް، (އަބުޗާ) 33، އާއި ސ. ހިތަދޫ ކޯޅި މުހައްމަދު ޔާމިން ނަސީރު، 23، އެވެ.
ބޮންޑާ ހައްޔަރު ކުރީ، ކަނޑުމަތިން މަސްތުވާތަކެތި އަތުލައިގަތް ފަހުން، ހުޅުދޫ ކޯޓު އަމުރެއްގެ ދަށުން އެ ދުވަހު ހަވީރެވެ. އެކަމަކު އޭނާ ހައްޔަރު ކުރީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އައްޑޫ ހިތަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ބޮންޑާ ކުރި ކަމަކީ ހައްޔަރުކުރުމުގެ ގާތްގަނޑަކަށް ދެ ދުވަސް ކުރިން، އޮޕަރޭޝަނުގައި އަތުލައިގެން އެންމެ ވަރުގަދަ އެއް ޑްރަގު ޑީލަރު ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ)ގެ ލޯންޗު ކަނޑުމައްޗަށް ހުއްޓި ހާލުގައި ޖެހިފައިވާ ކަމަށް ބުނެ އެހީ އަށް އެދުމުން އޭނާގެ ލޯންޗުގައި ކަފުޖަހައިގެން ރަށަށް ގެނެސްދިނުމެވެ.
"ބޮންޑާ އަބަދު ކަނޑުމަތީގައި އުޅޭތީ ކޮންމެ ބަޔަކު ކަމެއް ވެގެން ގުޅާލިއަސް ދާނެ. އަބުޗާގެ ލޯންޗު ހުއްޓިގެން ގުޅީމަ ކަފުޖަހައިގެން ގެނެސްދިން. މާ ފަހުން އިއްޔެ ރަށަށް ލެފިތަނުން ކޯޓު އަމުރެއްގެ ދަށުން ބޮންޑާ ގެންދިޔައީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައި ވެ އެވެ.
އަގު 130 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ މި މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އަބުޗާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިން އަށް ފަހަރު ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެތީގެ އިތުރުން ގްރޫޕް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް، ފުލުހުން ދިން މައުލޫމުތަކުން އެނގެ އެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިން ހައްޔަރުކުރި ނަމަވެސް ދޫވެފައިވާ އަބުޗާ އާއި އޭނާގެ ނެޓްވޯކް އަތުލައިގަންނަން އައްޑޫގައި ހިންގި އޮޕަރޭޝަނަށް ފަހު ހުޅުމާލެ އާއި ހއ. ހޯރަފުށީގައި ވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވެ އެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ޑްރަގްސް އޮޕަރޭޝަންތަކަށް ހާއްސަކޮށް ގެނެސްފައިވާ ކުއްތާތައް ވެސް ބޭނުންކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ވަހީދު
10 October 2020
ތިނިމެނީތިކަން ފުލުހުންކަނޑަށްފައިބައިގެން ނޫސްތަކުގަ ފަލަސުރުހީއެޅިއްޖެއެއްނު 2023ގަ ޑުޓާޓޭކަހަލަ ވެރިޔަކު ގެނެސްގެންނޫނީ ތިއިންއެއްކަމެއްވެސް ނުހުއްޓުވޭނެ މިގައުމަކުން
ޑޮކްޓާރ. ބަނާނާ
10 October 2020
ތިބޭފުޅާއަކީ ވަރަށް ގިނަމީހުން ލޯބިވާ މަގާމެއްލިބިފައިވާ ބޭފުޅެއް ނަމަވެސް ހިތާމަޔަކީ އަބުރުވެރި ކަމާއި އެކު ވަޒަނުގައި އުޅެންނޭގޭކަން! އަދިއަސް ޑަކްތަރު ގެ ނަސޭހަތަކީ މިކަމުން އެކަލޯ އިބުރަތް ހާސިލުކޮށް ލިބިފައިވާ އަފިރިންގެ ލޯބި ދަމަހައްޓައިދިނުން! އެކަލޯ ކެރާ މަސްވެރިކަމުގައި އަދިޔަސް ބަރަކާތް ލައްވާށި. އާމީން! ޑަކްތަރު ބަނާނާ
ރަދީފްއޮފިޝިއަލް
10 October 2020
ޑރ ތޯ ކޮބާ؟
ބޮލި މުލައް
10 October 2020
މިފަދަ ކޮންމެ ކަމަކުން މިސަރުކާރު އޮތްހާ ހިނދަކުވެސް ސަލާމަތްވާނެ.
ރަދީފްއޮފިޝިއަލް
10 October 2020
ބޮންޑާ ތޯ ކޮބާ؟
ޝާން ކެންޏާ
10 October 2020
ޕާޓީ އެ ކްޓިވިސްޓެއްވީމަ ދޫ ކޮށްލީ. ތީތި ކަޑައޭ ބުރޯ
ހަނު ހުންނަ މީހާ
10 October 2020
މަސްތުވާތަކެތީގެ މައްސަލައެއް ވައްކަމުގެ މައްސަލައެއްވިއްޔާ ހައްޔަރުކުރުމުގެ ކުރިން ދޫކޮށްލާނެ އެއީ އާކަމެެއްނޫން. އަދި މަސްތުވާތަކެތީގެ ނުވަތަ ވައްކަމުގެ މައްސަލަތަށް ގިނަނަމަ ދޫކޮށްލާލެއް މާ އަވަސްވާނެ
ބީޖީ
10 October 2020
އަޅެ ބޮންޑާ ނޫން މީހުންވެސް މިކމުގަ ހައްޔަރުކޮށް ދޫކޮށްލާ ހަދައިފިއޭ. ހުސް ބޮންޑާ ބޮންޑާ އޭ ތިކިޔަނީ.
ހަނު ހުންނަ މީހާ
10 October 2020
ބޮންޑާއަކީ އާންމުންނަށް އެގޭ އެތަށް ބަޔަކު ރޯލްމޮޑެލް އެއްގޮތުގަ ދެކޭ މީހަކަށް ވީމަ. މަސްހޫރުމީހަކު ކުށެއްކޮށްފިޔާ ދައްކާލެއް އިތުރުވާނެ.
އެމްސް
09 October 2020
ފަނޑިޔާރުންނާއި ވަކީލުންނަކީ ރާއްޖޭގަތިބި އެންމެ ހުނަރުވެރީން!
މިވެސްދިވެއްސެއް
09 October 2020
ތަސްވީރު ބަލާންވާނީ ތަސްވީރު އެގޭހެން. ޓުވިޓާގަ ލައްކަ ތަސްވީރު އެބުރުނު: މިވެސް އިންސާފުގެ މަގު. މަސްތުވާތަކެތި އެތެެރެކުރާ ދޮރުތައް ބަންދު ކުރަން އެޅުނު ހަރުދަނާ ފިޔަވަޅެކޭ ނުބުނެފިއްޔާ ރަނގަޅު. ކޮބާތަ އެއްކަލަ ޕީޖީ. ތަސްވީރާ އިންސާފު ތަރުޖަމާ ކުރަންޖެހޭ.
ޓިޕިކަލް މޯލްޑިވިއަންސް
09 October 2020
ހައިރާނެއްނުވޭ.... މީ ގައުމުގެ ހާލަތު.... ވަރަށް ދެރަވޭ ކީއްކުރާނީ..