ސިފައިންތަކެއް ފޯރި މަރަނީ: ގަމަށް ދިޔަ ގިނަ ސިފައިންތަކެއް ވަނީ ޕޮޒިޓިވްވެފައި
09 އޮކްޓޯބަރ 2020 - 20:06
ސިފައިންގެ ތަމްރީންތަކަކަށް ލ. ގަމަށް ދިޔަ 58 ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިދިޔަ މަހުގެ 14ގައި އެ ސިފައިން ގަމަށް ދިޔަ ނަމަވެސް އެ މީހުންގެ ތަމްރީނުތައް ހަމަޖެހިފައި އޮތީ އެ އަތޮޅު ކައްދޫގަ އެވެ. ތަމްރީނަށް ދިޔަ 93 ސިފައިންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވި ކަން އެނގުނީ ގަމު ކުރުހިންނަ ސަރަހައްދުގައި 14 ދުވަސް ވާންދެން ކަރަންޓީނު ވުމަށް ފަހު ހެދި ޓެސްޓުތަކުންނެވެ.
އެ ހުރިހާ ސިފައިންގެ ޓެސްޓުތައް ވެސް ހެދީ ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. އެންމެ ފުރަތަމަ ދުވަހު ޕޮޒިޓިވްވީ އޭގެތެރެއިން 34 މީހެކެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު ދެ ވަނަ ޓެސްޓެއް ހެއްދި އިރު، އިތުރު 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"އަޅުގަނޑުމެން ހެއްދި ޓެސްޓުތަކުން ނެގެޓިވްވި މީހުން ވެސް ފަހުން ވަނީ ޕޮޒިޓިވްވެފައި. އެއީ ފަހުން 28 މީހެއްގެ ގައިން އަލާމާތްތައް ފެނުމުން ޓެސްޓު ހެއްދި އިރު އޭގެ ތެރެއިން 24 މީހުން ޕޮޒިޓިވް،" ގަމު ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ އެންމެންގެ ވެސް ކޮންޓެކްޓް ޓްރޭސިން ހެއްދި ކަމަށާއި މިހާތަނަށް އިތުރު މީހަކާ އެ މީހުން ބައްދަލުވިކަން އެނގިފައި ނުވާ ކަމަށެވެ.
ތަމްރީނަށް ދިޔަ ހުރިހާ ސިފައިން ވެސް ތިބީ ކަރަންޓީނު ވެގެން، ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ބޭސްއާ ވެސް ދުރުގަ އެވެ. އެހެންވެ، ބަލި އެ ރަށުގެ ތެރެއަށް ފެތުރުން ދުރު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އައްޑޫގެ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރަން އިންޑިއާ އިން އައި ގިނަ ބަޔަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ދަށްވެފައި ވަނިކޮށް، އެ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު 100 އާ ގާތް ކުރީ، އެއް ތަނަކުން ގިނަ ބަޔަކު ޕޮޒިޓިވްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
11 October 2020
ތީ ފަރުވާކުޑަކުރެވުމުގެ ސަބަބުން މެދުވެރިވިކަމެއް. މާލޭން ދާ ގިނަބަޔަކު އެއްތަނެއްގައި އުޅޭއިރު ޖެހޭނެ ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން އުޅެނެ.
އިބިރިހިންބެއްޔާ
10 October 2020
މިވައިރަސް ސިފައިންނަކަށްވެސް ބިރެއްނުގަނޭ ދޯ؟ ޓްރަމްޕަށްވެސް ބަލާނުލިވިއްޔާ.
ހާމިދު ޝާހިދު
10 October 2020
އިންޑިއާއިން އަންނަ ސިފައިން އަންނީ އެރަށުން ކޮވިޑް ހިފައިގެން އުތޯ! އެހެންވެ، އަހަރުމެންގެ ނިކަމެތި ސިފައިންނަށް މި ވަރުން ކޮވިޑް މިޖެހެނީ...! ކީކޭ ދެން ބުނާނީ އަޅެފަހެ!
ޢކުރަމް
10 October 2020
ޢޅުގަނޑުގެ ދިރާސާއިން ބުނާ ގޮތުން ރާއްޖޭގަ ކޮވިޑަ މިފެތުރެނީ ސިފައިންނާއި ފުލުހުންގެ ފަރާތުން.. އެންމެން ގޭގަ ތިބި އިރުވެސް ތިކަން ނުހުއްޓުވުނީ އެހެންވެ.. ސިފައިންނާއި ފުލުހުން ބައްދަލުވާ މީހެއް އހެނއމިގެން
ވަހީދުއްދީން
10 October 2020
ރާއްޖޭގެ އަސްކަރިއްޔާ ފުނޑާލަން ރޭވިގެން ކުރާ ކަމެއް ނޫންބާ؟
ތިމާވެށި
10 October 2020
މިފަހަރު ކޮވިޑް މިއައީ އިންޑިޔާ އިންނެވެ.
ެއެތެރޭން
10 October 2020
އިންޑިއާއިން އައި މީހުންގެ ތެރެއިން ފޭދިގެން މިގައުމުގެ ސިފައިންނަށް އެރީހެން ހީވަނީ. އިންޑިއާގެ މީހުންނާ ދިމާވި ދިވެހިންގެ އަލާމާތްނެތި ދިވެހި ސިފައިންނަށް އަރާފާނެ. ބަލި އެންމެ ބޮޑަށް އޮތް ގައުމުގެ މީހުން އެތެރެކުރާއިރު ބަލަންވާވަރަށް ނުބެލެނީ ހަމަ.
ހުސެން
10 October 2020
ޓުރޭނިން ހަދަނީ ކައްދުއަކުނޫން، ނަމަވެސް ލ.ގަމުގައި، ގަމުގައި މީހުން އާންމުކޮށް ގޮސްއުޅޭ ސަރަހައްދެއް ބަންދުކޮށްގެން ކިޔަނީ މީހުން ނޫޅޭ ސަރަހައްދެކޭ! ކައްދޫގެ ވަކި ހިސާބެއްގަވެސް މި ކަމެއް ކުރިޔަށް ނުދެއެކޭނޫން، ނަމަވެސް ގިނަކަންކަން ކުރިޔަށްދަނި ނުވަތަ ކޭންޕްގެ ބޮޑުބައި ގާއިމުކޮށްފައި އޮތީގަމުގައި..
ޕޮޒިޓިވް ޕޮޒިޓިވް ޕޮޒިޓިވް
10 October 2020
ފުކެއް ބޮޑު ވަރު ދޯ؟ ކިހިނެއްތަ އެ އުޅެނީ..
ނަޝީދު.
10 October 2020
އިންޑިޔާ ސިފައިން އަނެއްކާ ކޮވިޑް ގެނައީތަ؟