ތެލަސީމިއާގެ ފަރުވާ ދިރާސާކުރުމާ ގުޅޭ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
15 އޮކްޓޯބަރ 2020 - 13:31
ތެލަސީމިއާއާ ގުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާކޮށް، އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތެލަސީމިއާ ފަރުވާގެ ހާލަތު ދިރާސާކުރަން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި ތެލަސީމިއާ ކޮމިޓީ ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ އަމާޒަކީ މި ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތަކަށް އުންމީދެއް ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިކަމާ ގުޅޭ އެކި އެކި ފަރާތްތައް އެކުގައި މަޝްވަރާކޮށްގެން ކޮންމެ ވެސް ހައްލެއް، އިތުރު އުންމީދެއް ހޯދައިދެވޭނެ ގޮތެއް ހޯދުން،" ނަޝީދު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް މި ރަސްމިއްޔާތުގައި ވިދާޅުވީ ތެލަސީމިއާގެ ފަރުވާއާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކުރަން އެ ޖަމިއްޔާއިިން އެދުނީ، މިދިޔަ އަހަރު ހިނގި ހިތާމަވެރި ހާދިސާތަކަށް ފަހު ކަމަށެވެ.
"މިދިޔަ އަހަރުގެ އޮގަސްޓު މަހު، ތެލަސީމިއާގެ ނުވަ ކުއްޖަކު ވަރަށް ގާތްގާތުން ނިޔާވުމާ ގުޅިގެން މީޑިއާގެ ސަމާލުކަމަށް މިކަން އައި. ވަރަށް ގިނަ ބައެއްގެ ސަމާލުކަމަށް މިކަން އައި،" ޖީހާން ވިދާޅުވި އެވެ.
ނަމަވެސް މިއީ މި ބައްޔަށް ފަރުވާ ކުރާ އާއިލާތަކާއި މިކަމުގައި މަސައްކަތްކުރާ މީހުންނަށް އާންމުކޮށް ފެންނަ މަންޒަރެއް ކަމަށް ޖީހާން ވިދާޅުވި އެވެ. އަދި މިއީ މަސައްކަތްތެރިން މާޔޫސްވެ، އުންމީދު ގެއްލޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ، ރާއްޖޭގެ ތެލަސީމިއާގެ ހާލަތާ ދޭތެރޭ މަޝްވަރާކުރަން އިޖްތިމާއީ ކޮމިޓީގެ އިތުރުން ހެލްތު މިނިސްޓްރީ އާއި ހިއުމަން ރިސޯސް ކޮމިޝަނާ (އެޗްއާރްސީއެމް) ގައި ވެސް އެދުނު ކަމަށް ޖީހާން ވިދާޅުވި އެވެ. އަދި މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއާ ބައްދައްލުކުރަން އެދުނީ ތެލަސީމިއާގެ ފަރުވާ އަކީ ގާނޫނުން ލާޒިމްކުރާ ފަރުވާއަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތެލަސީމިއާގެ ފަރުވާ ދިރާސާކުރުމާ ގުޅޭ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
"އެކަންކަން ބައްޓަން ކުރެވިފައި ހުރީ ނުވަތަ އެކަމަށް ގާނޫނު ތަންފީޒު ކުރުމަށް އެކަށީގެންވާ މާހައުލެއް އޮތްތޯ ބެލުމަށާއި ރިސޯސަސް އާއި އެކަށީގެންވާ މީހުން ތިބިތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކޭތީ،" ޖީހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ޖޫން މަހާއި ޖުލައި މަހު މިކަމާ މެދު މަޝްވަރާ ކުރަން އިޖްތިމާއި ކޮމިޓީއާ ބައްދަލުކުރި ކަމަށެވެ. އަދި މި ބައްދަލުވުންތަކުގެ ނިންމުމަކީ ރާއްޖޭގެ ހާލަތު އިތުރަށް ދިރާސާކޮށް މިކަމަށް ހުރި ހައްލާއި ގޮންޖެހުންތައް ހޯދަން ކަމަށް ވިދާޅުވި އެވެ.
އިޖްތިމާއީ ކޮމިޓީގެ މުގައްރަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، މި ދިރާސާ ބައްދަލުވުންތަކުގައި އެ ކޮމިޓީން އެންމެ އިސްކަން ދޭނީ މި ބައްޔަށް ފަރުވާ ދިނުމުގެ ކަންކަމުގައި ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމެއް ފާހަގަކުރުން ކަމަށެވެ. އަދި އިސްލާހުކުރަން ޖެހިއްޖެ ނަމަ، އެކަމަށް އެ ކޮމިޓީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އީސަ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯރާވިޔަފ
15 October 2020
އެކަން އިނގޭނޫންތޯ 2008ވަނަ އަހަރާ ހަމަޔައް ހިލޭ އުޅެމުން އައިބަޔެއް އަހަރެމެން ދިވެހިންނަކީ ވެރިކަމައްއަރާ ޖީއެސްޓީއޭ ކިޔާފަ ޖިޒީނަގައިގެން އަޅުވެތީ ކުރީ އަޅުވެތި ކުރެވުނު ސަބަބެއް ނޭންގޭ މިގައުމަކީ ބައެއްގެ ތަރިކަ މުދަލައް ހެދީ ދެން އައިސް އެއަރޕޯޓް ބޭރުގެ ބަޔަކައްދީ ބަދަލެއްގެ ގޮތުން އެތައް މިލިޔަން ޑޮލަރެއް ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާއިން ދައްކަން ޖެހުނީ ފެންކުންފުނި ބަޔަކާ ދިރާގްގެ ހިއްސާވިއްކާލީ ރައްރަށުގެ އިންޖީނުގެތައް ބަދަލް ދޭނަމުގަ
ޢަބުދުލް ޤާދިރު
15 October 2020
ބުނި އެއްޗެއްގެ އިނދިކޮޅަށް ކަން ނިމޭނެ ވިސްނަން ޖެހޭނީ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
15 October 2020
ޖުމްލަކޮށްތޯ؟ މާލީ ގޮތުންތޯ؟ ސިއްހީ ގޮތުންތޯ؟
ހެޔޮ ވެރިކަން
15 October 2020
އޯޓިސްޓިކް ކުދިން ނަށް ވެސް އިގޭތޯ.
1828
15 October 2020
ޒަކާތު ފަންޑުން ޚަރަދު ކުރަންވީ މިފަދަ އަސާސީ ކަންކަމަށް. ޚާއްސަކޮށް ބޭސްފަރުވާއަށް. ނިކަމެތިންނަށް. ޒަކާތުގެ ފަންޑު އެންމެ ލޯލާރިއެއްވެސް މުއްސަނދިނަށް ޚަރަދުކުރެވިގެން ނުވާނެ. ކޮވިޑްގެ ހާލަތް އައުމުން ރާއްޖޭގެ ބައުތުލް މާލުވެސް ތަޅާ ބުރުވާލީ. ޒަކާތު ފަންޑުވެސް. އެހެންވެ އަހަރެންގެ މުދަލު ޒަކާތަށްވާ އަދަދު ހަދިޔާ ކުރަނީ ބަލިހާލަތުގެ ސަބަބުން ސީދާ އެހީ ބޭނުންވާ ފަރާތްތަކަށް. ސަރުކާރަށް އެފައިސާ ދެއްކީމައި އޭގެން ކުރަނީ ހިތަށް އެރިކަމެއް.
ދަރަނި ދަންތުރަ
15 October 2020
މަޖިލީހުން އިސްލާމް ދީނަން ފުރައްސާރަކުރި މީހުންނަށް ފިޔަވަޅު އަޅާބަލަ ބުހުތާނާ
ގުންޑާ
15 October 2020
15 އަހަރު ކުރާނަމޭ ކޮށްދޭނަމޭ ކިޔާތާ. ދެންވެސް ރައްޔިތުން ހަމަ އިތުބާރު ކުރަންވީ؟
ބަބުރަންޖީ ހާޖީ
15 October 2020
އަނެއްކާ ތިހައްލަކީ ޑޮލަަރަަށް ހޯދިކަހަލަ ހައްލަކަށް ނުހަދާތި.
މީނަ ބޮބ
15 October 2020
މީނަމީ ކާކުތަ ވަހާކަދައްކަން. ހާދަ ފޫހި މީހެކޭ
1828
15 October 2020
ތިޔައީ އަމިއްލަފުޅަށް އިސްތިއުފާ ދިން ރައީސް. ތިޔައީ އެމް.ޑީ.ޕީގެ ރޫހާނީ ލީޑަރު. ތިޔައީ މަޖިލިސްްގެ ރައީސްކަން ބޭނުމެއް ނޫނޭ ބުނެ އެމްޑީޕީ މީހުންނަށް އޮޅުވާލައިގެން މަޖިލިސްގެ ރައީސްކަމަށް އައި ރައީސް.
ސިކުނޑި
15 October 2020
އަހަރުމެން ސްކޫލްގައި އުޅުނު އިރު އޯލެވެލްގެ ކުރިން ތިޔަ ޓެސްޓެއް ހައްދާ ސްކޫލުން! މީހުން ހޭލުންތެރިވެސް ކުރޭ! ފަރުވާއެއް ހޯދަން މަސައްކަތްކުރުމަށްވުރެ ރައްކާތެރިވުމަށް މަސައްކަތްކުރުން ބުއްދިވެރި، މިކަހަލަ ކުޑައާބާދީއެއްގައި! ނަސްރީނާމެން މާރަނގަޅު ތިޔަކަހަލަ އިޖުތިމާއީ ކަންކަމުގަ!