މީގެ ކުރިން ސިފައިން މާލޭގައި ކުރިއަށް ގެންދިޔަ ތަމްރީންތަކެއްގައި ސިފައިންގެ ދެ މީހަކު ހަތިޔާރާއެކު ހަރަކާތްތެރިވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 އޮކްޓޯބަރ 2020 - 13:47
ސަލާމަތީ ބާރުތަކުން މިއަދާއި މާދަމާ ކުރިއަށްގެންދާ ތަމްރީންތަކާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކެއް ބަންދުކުރަން ނިންމައިފި އެވެ.
ބަންދުކުރަން ނިންމާފައި ވަނީ އެއާޕޯޓް މަގާއި ސިނަމާލެ ބްރިޖުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި ގްރީން ޒޯން ކަމަށް ފުލުހުން ބުންޏެވެ. އެ މަގުތައް ބަންދުކުރާނީ މެންދުރު 1:00 ގެ ފަހުން އެކި ވަގުތުތަކުގައި ކަމަށް ބުނި ނަމަވެސް މަގުތައް ބަންދުކޮށްފައި ހުންނާނީ ކިހާ އިރެއް ވަންދެއް ކަމެއް ނުބުނެ އެވެ.
މި ތަމްރީންތަކުގައި ބައިވެރިވަނީ ފުލުހުންނާއި ސިފައިންނެވެ.
ފަރިތަކުރުންތަކަކަށް މަގު ބަންދުކުރުމާއި ގުޅޭ pic.twitter.com/5y4JYV69RV
— Maldives Police (@PoliceMv) October 26, 2020
ފުލުހުން މިއަދު ކުރި ޓްވީޓެއް
ފުލުހުންނާއި އެމްއެންޑީއެފުން ކުރިއަށްގެންދާ ތަމްރީންތަކަށް މީގެ ކުރިން ވެސް މާލޭގެ މަގުތައް ވަނީ ވަގުތީކޮށް ބަންދުކޮށްފަ އެވެ. އަދި ހަތިޔާރާ އެކު ހަރަކާތްތެރިވާ ނަމަ، އެކަން ވެސް އާންމުކޮށް އިއުލާނުކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
27 October 2020
އެމެރިކާ ކުއްޖަކު އަންނަނީ ކަމަށް ބެލެވެނީ....
ކުޑަ ޒަކީ
27 October 2020
ތަމްރީނެއް ނޫން. ތިއީ އެމެރިކާގެ ސެކްރެޓި އޮފް ސްޓޭޓް އަންނާތި ކުރާކަމެއް.
ކަނބިލި
26 October 2020
އެ މެރިކާއާ ގުޅިގެން ކުރިއެރު މެއް ތަރައްގީ އެއް ލިބިފައި އޮތް ގައު މެއް ދައްކާބަލަ. އެ މެރިކާ ވިސްނާނީ ހަ މައެކަނި އެ މީހުންގެ މަސްލަހަތައް. އެެ މެރިކާގެ އެޖެންޑާ ކުރިއަރުވަން އުޅޭ ކޮން މެ ގައު މަކަށް އޮތީ ހަލާކު. ސޫރިޔާ، ލީބިޔާ އިރާގު ފުދޭ
ޙަބީބު
26 October 2020
ހާދަބަރުހެލި ބައެއް ތަންކޮޅެއް ގައުމީލޭހިނގާ ގައުމާ ވަތޮން ޔަހޫދީންނައް ދޫނުކުރާނެފަދަ ބަޑިން ރައްދުދެވޭވަރު ބަޔަކު ނެރެބަލަ ތިޔަ ފަރިތަކުރުމައް އަސްލުވަޒަންދީފަ އޭރުން ހަމައިގަ ތިބޭމީހުންނައް ވެރިކަމުގަ ތިބެވޭނީ
މުރާސިލް
26 October 2020
މިޔަކީ އެމެރިކާގެ ވަފުދު އަށްދޭންޖެހޭ ސެކިއުރިޓީ ރިހާސަލް އެއްނޫންތަ ހީވަނީ އެހެން ހެން އެހެންނޫނީ ސިނަމާލެ ބުރިޖް ބަންދުކުރުން މީ ރަތްޔިތުންނައް ކުރާ ޖެއްސުމަކަން ނޫންތަވާނީ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
26 October 2020
ކެޕިޓަލްސިޓީ ސިޓީ ސެންޓަރ ތަކުގައި ( މަގު ) ބަންދުކޮށް ތޯ ޓްރޭނިން. އޭރުން ބަންދު ކުރާ ސަރަހައްދެކޭ ފަޅު ރަށެކޭ ކޮބައި ތޯ މާކަ ބޮޑު ތަފާތެއް. ބުއްދިވެރީ ސިޓީސެންޓަރ ބޭސް ޓްރޭނިން އަސްލު ސިޓީގެ ބިޒީ ހާލަތުގައި ހެދުމެއް ނޫންތޯ. ބުއްދިވެރި ހިކުމަތެއް ތިޔަކަމުގައި ވަނީތީ
އުދުހޭ
26 October 2020
ގައުމު އިންޑިޔާއަށް ވިއްކާލާފައި ދެން ލޮނުޒިޔާރަށްކޮޅަކަށް ގޮސް ޗަރުކޭސް ދެއްކިޔަކަސް ކަމަކުނުދާނެ.