މިނިސްޓަރު މަހުލޫފް: އައިންތުއަށް ގޯނާ ކުރާ މީހާ ހުއްޓުވަން އެހީވެދެއްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ/ މިހާރު
01 ނޮވެމްބަރ 2020 - 13:22
މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު) އަށް ގޯނާކޮށް، ދިރިއުޅުމަށް ދަތިކުރާ މީހާ ހުއްޓުވަން ގާނޫނީ ގޮތުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ދެއްވައިފި އެވެ.
އައިންތުގެ ކާރަށް މިދިޔަ ހަފުތާގައި ފަސް ވަނަ ފަހަރަށް ގެއްލުން ދިނުމުން މަހްލޫފް ވަނީ އޭނާއަށް ދިމާވާ އުނދަގޫތައް އޮޅުންފިލުއްވައިފަ އެވެ. އަދި ކާރު މަރާމާތުކޮށްދެއްވައި، މަސައްކަތަށް ނުކުމެވޭނެ ގޮތް ހަދައިފަ އެވެ.
މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އައިންތުއަށް ދިމާވާ އުނދަގޫތަކަށް ހައްލު ލިބުން ލަސްވެފައިވާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އައިންތުއަށް އޭނާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ އެވެ.
"އައިންތު އަށް ގޯނާކުރަމުންދާ މިހާ ހުއްޓުވާ އޭނާ އާއި ގާނޫނު އަރާ ހަމަވަންދެން މަސައްކަތްކޮށްދޭނަން،" މަހްލޫފް ވިދާޅުވި އެވެ.
Iraadhakureviyyaa alhuganduge eheetherikan Anthu ah abadhuves libeyne. Anthu ah goanaa kuramundhaa meehaa huttuvaa eynaa aai qaanoonu araa hamavandhen masahkaiy kohdheynan. Anthu akee varah hiyvarugadha kanbaleh, adhi emmehaa anhen beyfulhunnah rangalhu namoonaaeh. ❤️ https://t.co/e1C6hOrdkq
— Ahmed Mahloof (@AhmedMahloof) November 1, 2020
މަހްލޫފްގެ ޓުވީޓް.
އައިންތު ތުހުމަތުކުރާ ގޮތުގައި އޭނާގެ ޓެކްސީއަށް ގެއްލުންދީ، އެކި ގޯނާކުރިމަތި ކުރަނީ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިންނެވެ. އެކަމަކު މި ފަހުން ޓެކްސީއަށް ގެއްލުންދިނީ ކާކު ކަން އަދި ނޭނގޭ ކަމަށް އައިންތު މިއަދު ބުންޏެވެ.
އައިންތުގެ ވާހަކަތައް އަޑުއައްސަވައި މަހްލޫފް ފާހަގަކުރެއްވި ގޮތުގައި އޭނާއަކީ ހިތްވަރު ގަދަ މީހެކެވެ. އެއީ، އަންހެނުންނަށް ނަމޫނާއެއްގެ ގޮތުގައި ވެސް މިނިސްޓަރު ސިފަކުރެއްވި އެވެ.
ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުން ލަސްވެފައިވާ މައްސަލައިގައި އައިންތު ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އޭނާ އަށް ގެއްލުންދޭ ކޮންމެ ފަހަރަކު ފުލުހުންނާއި ކަމާގުޅޭ އެހެން މުއައްސަސާތަކަށް ރިޕޯޓްކުރެ އެވެ. އެކަމަކު މިހާތަނަށް ފިޔަވަޅެއް ނޭޅެ އެވެ.
އޭނާ ބުނިގޮތުގައި، ގެއްލުންދޭ ކޮންމެ ފަހަރަކު ވެސް އެ މީހުން ދޫވަނީ އެކަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެ އެވެ. އެކަމަކު މިފަހަރު، ގެއްލުން ދިން މީހާގެ ސީސީޓީވީ ފުޓޭޖް ފުލުހުންގެ އަތުގައި ހުރުމަކީ އިންސާފު ލިބިދާނެ ކަމަށް އޮތް ހިތްހަމަޖެހުމެއް ކަމަށް އައިންތު ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރު2020
02 November 2020
މި ރާއްޖޭގަ އިންސާފެއް ނުލިބޭނެ.. ފެއިލްވެފަ އޮތް ޖެންޑަރ މިނިސްޓްރީއެއް.. ފުލުހުންވެސް ހަމަ އެފަދަ. އެކަމަކު ގޮވާނެ ގެވެށި އަނިޔާއޭ ފަޅޮލޭ... ކޮބާތޯ ޓުއަރިޒަމް މިނިސްޓްރީގެ ކޭސް، ރައީސް އޮފީސް މީހާގެ ކޭސް، ކޮބާތޯ މުނިކާފަގެ ކޭސް.. ހިޝާންގެ ކޭސް.. މިހިރީ ކޮޅެއްގަ ނުޖެހި ހުރި ކޭސް ހައްތަހާވެސް..
މުތީ
01 November 2020
މަހްލޫފްގެ މުދަލުގައި ބަރަކާތް ލައްވާ މުދާއަތުރުކުރައްވާ ދިގު އުމުރެއް މިންވަރުކުރައްވާށި އާާމީީން
Ali Gasim
01 November 2020
މަހުލޫފަށް ޝުކުރިއްޔާ އެކަމަކު މިނޫންގޮތެއް ބޭނުން
ހަބީބު
01 November 2020
ކިހިނެއް ފިޔަބަޅުއަޅާނީ ސަފާރީކޭސް އައްބަލާލިޔަސް އެނގޭނު ވާގޮތް
ތަކުރު2020
02 November 2020
ސަފާރީކޭސް ވާހަކަ ދައްކާކަށް ނުޖެހޭ ދެއްތޯ؟ ޝައިހް އިމްރާން ވިދާޅުވީ އާއްމުންގެ ތެރޭގައި ހިނގާފަދަ ކަމެކޭ ހިނގީ... ހިތާމައަކީ އިމްރާންމެން މިފަދަ ކޮމެންޓް ކުރެއްވީތީ.. އާއްމުންގެ ތެރޭގައި ކޮޓަރީގައި ނުވަތަ ގާނޫނީ ހުއްދަ ލިބިގެން ކުރެވޭ ކަންކަން މިއާ ޚީލާފަށް ހިގީމަ އާއްމުން މިވާހަކަ ދައްކަނީ.. އެކަމަކު ވަޒީފާ ދެއްވި މީހާގެ ދިފާއުގައި ނިކުންނަން އިމްރާނަށް މަޖުބޫރުވީ.. ސަފާރީ ވާހަކަ އަދިވެސް ދައްކާނަން..
ވަހީދު
01 November 2020
ތިކާރަށް ގެއްލުން ދޭނީ ކޮންމެ ވެސް ސަބަބެއް އޮތީމަ. ކުރީގެ ފިރިމީހާއި އެކު އޭނާގެ ރައްޓެހިން ގެއްލުން ދިނުމުގައި ބައިވެރިވުމަކީ ވެސް ސުވާލު އުފެދޭ ކަމެއް.
Ali Gasim
01 November 2020
ސަބަބެއް އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން ހައްލުކުރާނީ ކާރު ފުނޑާލާނީކީ ނޫން
ނަޖުމުއްދީން
01 November 2020
ކޮބާ ޕޮލިހުން؟
ބައިރޯ
01 November 2020
ތިގެއްލުން ދޭމީހާ ހުރިތާކުން ހޯދައި ޓެރަރިޒަމް ގާނޫނުގެ ދަށުން ދައުވާކުރަންޖެހޭ
ޝިހާނު
01 November 2020
ސާބަހޭ! ތިޔައީ މީހުންނަކީ.......!
އެދެމޭއެދެމޭ
01 November 2020
މަޚްލޫފު އަށް ގިނަގިނައިން ފައިސާގެ ތަނަވަސް ކަން ދެއްވާ އަދި ގިނަ ނިކަމެތިންނަށް އެހީވާ މީހަކީ މަޚްލޫފު ކަމުގައި ލައްވަވާދޭންވެ...
މުތީ
01 November 2020
އާާމީީން