އައިމިނަތު ވަހީދާ އޭނާގެ ޓެކްސީ ކައިރީ ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ
01 ނޮވެމްބަރ 2020 - 11:23
މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންދީ، އާމްދަނީ އަށް ހުރަސްއަޅާފައި ވަނިކޮށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އޭނާ އަށް އެހީތެރިވެދީފި އެވެ.
ކާރުގެ ބިއްލޫރިގަނޑު ފަސް ވަނަ ފަހަރަށް ތަޅާލިކަން އެނގިވަޑައިގަތުމުން މިނިސްޓަރުގެ ފަރާތުން އައިންތުއަށް ގުޅައި، ކާރު ވަނީ މަރާމާތުކޮށްދީފަ އެވެ. އެ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން އައިންތު މިއަދު ވަނީ ޓެކްސީކުރަން ފަށައިފަ އެވެ.
"އެހާ އަވަހަށް އަހަރެންނަށް މަސައްކަތަށް މި ނުކުމެވުނީ މިނިސްޓަރު މަހްލޫފްއާ ހެދި. ގައިމު ވެސް ޓެކްސީ މަރާމާތުކުރެވޭނެ ގޮތެއް މިވަގުތަކު އަހަރެންނަކަށް ނެތް. އެހީ ނުވި ނަމަ އާމްދަނީ ހޯދަން މިއަދު ކާރުގައި ނީނދެވުނީސް،" އައިންތު ބުންޏެވެ.
މިއީ، ހަމައެކަނި އަންހެން ޑްރައިވަރެއްގެ ގޮތުގައި ޓެކްސީކުރާ އައިންތުގެ ކާރުގެ ބިއްލޫރި ތަޅާލި ފަސް ވަނަ ފަހަރެވެ. މީހެއްގެ އަތުން ކުއްޔަށް ނަގައިގެން ދުއްވާ ޓެކްސީ ހަދަން ކޮންމެ ފަހަރަކު ވެސް 11،000-14،000ރ. ދެމެދުގެ އަދަދެއް ޚަރަދުވާ ކަމަށް އޭނާ ބުންޏެވެ.
އައިންތުގެ ކާރަށް މިދިޔަ ހަފުތާގައި ގެއްލުންދީފައި.
އައިންތު ބުނި ގޮތުގައި، މިފަހަރު އޭނާ ހުރީ ގޮތް ހުސްވެފަ އެވެ. ގޭ ކުއްޔަށް 18،000ރ. ދީ ފެނާއި ކަރަންޓާއި ދެ ކުދިންގެ ޚަރަދުތަކަށް ފަހު ކާރު މަރާމާތުކުރަން އޭނާގެ އަތުގައި ފައިސާއެއް ނެތެވެ. މިނިސްޓަރު އެހީ ނުލިބުނު ނަމަ، މި މަހު އޭނާގެ ޚަރަދުތައް ދެކޮޅު ނުޖެއްސުނީސް ކަމަށް އައިންތު ބުންޏެވެ.
މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ތުހުމަތު ކުރެ އެވެ. އެކަމަކު މިފަހަރު، ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ހޯދިފައިވީ ނަމަވެސް އެއީ ކާކު ކަމެއް އައިންތަކަށް ނޭނގެ އެވެ.
އައިންތު ބުނި ގޮތުގައި އޭނާ އަށް ފުލުހުން ދެއްކި ވީޑިއޯ އިން ފެންނަ ގޮތުގައި، ފުރަތަމަ ގާ ކޮތަޅެއް ހިފައިގެން ގޮސް ކާރާ ދިމާލަށް އުކުމުން އެއްވެސް ކަމެއް ނުވި އެވެ. އެހެންވެ، ބިއްލޫރިގަނޑު ތަޅާލީ ޑްރަގް ކޯޓު ކުރިމަތީގައި އޮތް ގާ ގަނޑެއް ނަގައި އެއިން ޖަހައިގެންނެވެ.
"ކާކު ކަމެއް ނޭނގެ، ދެ ކެމެރާ ހުއްޓައި އޭނާ އެކަން ކޮށްފައި ގޮސް ޑްރަގު ކޯޓުގެ ސެކިއުރިޓީއާ ޒުވާބުކުރާތަން ވެސް ފެނޭ،" އައިންތު ބުންޏެވެ.
އައިންތުގެ ކަންބޮޑުވުމަކީ އެހާ ރަހުމްކުޑަކޮށް އޭނާގެ ކާރަށް ގެއްލުންދޭ އެއްވެސް ފަހަރަކު އެ މީހަކަށް އަދަބެއް ނުލިބުމެވެ. ތުހުމަތުކުރެވޭ މީހާ ހެކި ނެތިގެން އަބަދުވެސް ސަލާމަތްވާތީ ހިތްދަތިވާ ކަމަށް އޭނާ ބުންޏެވެ.
މިއީ، އޭނާ އަށް ނަފްސާނީ ގޮތުން އޮންނަ ބިރުވެރި ކަމެކެވެ.
"ކާރަށް ގެއްލުންދީފާނެ ކަމުގެ ބިރަށް ކާރު ކައިރީގައި ނުނިދައި ހޭލައި ހުރެފައި ހެނދުނު ޓެކްސީ ކުރުން ވެސް އެއީ ވާނެ ކަމެއް ނޫން. އަހެރެން އެދެނީ ޓެކްސީ ކުރެވޭނެ މިނިވަން މާހައުލެއް ހޯދައިދިނުން،" އައިންތު ބުންޏެވެ.
ފުލުހުންގެ ކިބައިން އޭނާ އެދެނީ، ހެކި ލިބިފައިވާތީ މިފަހަރު ފިޔަވަޅު އަޅައިދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޡޒެފިޔާ ބޮނޑަފަންނަ
03 November 2020
ތަފާތު އެކި ފަހަރު މަތިން ތިކާރުގެ ސްކްރީން ތަޅާލާ އައިންތު އަށް ބޮޑެތި ގެއްލުން ތަކެއް ބަޔަކު ތަކުރާރްކޮށް ދެމުން ދާއިރު އައިންތު އަށް އިންސާފް ނުލިބި އަނިޔާވެރި މުޖިރިމުން މުޖްތަމައުގަ މިނިވަން ކަމާއުކް އުޅެން ދޫވެފަ ތިބުމަކީ ކޮން ހަމަޔަކުން ގަބޫލު ކުރެވޭނެ ކަމެއްތޯ މިރާއްޖޭގަ އިންސާފަކީ ވަކި މީހަކު ބުނީތީ ވަކި ރަށެއްގެ މީހަކައް ވީތީވެ ލިބެން ޖެހޭ އެއްޗެއް ނޫން އައިންތު އަށް އިންސާފް ލިބުން މިހާރުވެސް މާ ލަސްވެއްޖެ
މަރޭ
02 November 2020
މަހުލޫފު މިނިސްޓަރަކަށްހުރެ ތިދައްކަނީ ގިނައިން ބިއްލޫރިގަޑުތަޅާށޭ ކިޔާފަމިސާލު ފިޔަވަޅުއެޅުމުގެބަަދަލުގައި އެފަދަމީހުންނަށް ހިއްވަރުދިނުން މަހުލޫފުތިކުރާކަމަކީ މިގައުމިގަ އަމާންކަން ގެއްލުވާލުން
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
02 November 2020
ކަނބަލުން ނަކީ ފިނިފެން މަލެއް ނޫނެވެ. އެހެނެއް ކަމަކުގެ ފިނިފެން މަލުގެ ބަގީޗާ އެކެވެ. ކަނބަލުން ނަކީ މޭބިސްކަދުރުގެެ ޝަރާބެއް ނޫނެވެ. އެހެނެއްކަމަކު މޭބިސްކަދުރުގެ ބަގީޗާއެކެވެ. ކަނބަލުންނަކީ މިއުޒިކަލް އިންސްޓްރުމެންޓް އެއް ނޫނެވެ. އެހެނެއްކަމަކު އޮކެސްޓްރާ އެކެވެ. އަޅުގަނޑުގެ ލޮބުވެތި މަންމަ އަކީވެސް ކަނބަލެކެވެ. މަންމަ ކަނބަލަކަށް ވީތީ ހެޔޮކޮން ހިތާށެވެ.
ޑޮނާޑު
02 November 2020
އައިންތުގެ ތިޔަކާރު ރާއްޖޭގެ އެއްވެސްކޮމްޕެނީއެއްގަ އިންސުއަރެންސް ކޮށެއްނުދިންތޯ ނުދިންނަމަ ނުދިންސަބަބަކީކޮބާތޯ? ކާރުފުލްކޮން އިންސުއަރ ކުރީމަތިއުދަގުލެއްނުޖެހޭނެ ނޫންތޯ? މަހުލޫފުވެސްކާރުހަދާދީފަ އިންސުްއަރ ކޮށެއްނުދިންތަ??
ސަމަރޭ
02 November 2020
އެންމެންވެސް އެބަ ޖެހޭ މި ކަމަށް އެހީވާން. މީހެއްގެ އުނގަށް ނުވެއްޓި ފާހިޝް އަމަލުތައް އިހްތިޔާރު ނުކޮށް ކެތްތެރިކަމާއި އެކު ދަރިންނާއި އާއިލާގެ ހަރަދާއި ގޭ ކުއްޔަށް ދަންދެން ދެއްކޭތޯ އަންހެނަކު މިހާ ބޮޑު ދުއްތުރާއާއި އަނިޔާ ތަހައްމަލްކޮށް 5 ފަހަރު ދިރިއުޅެން ކުރާ މަސައްކަތް ފުނޑާލީމަވެސް ކެތްތެރިކަމާއެކު އަނެއްކާވެސް ކުރިއަށް ދެވޭތޯ ގަދައަޅާ ހިތްވަރު ކުރާތީ ބުނެވޭނީ ތީ ފިސާރި ކަނބަލެކޭ.. ހަނދާންވާ ގޮތުގައި ހާބަރު ކަޑައެއްގައިވެސް ކުރިން މަސައްކަތްކުރި. އޭރުން ފެށިގެންވެސް އާމްދަނީ ހޯދަން ބުރަކޮށް މަސައްކަތްކުރަމުން އައީ.. އަންހެނަކު ޓެކްސީ ކުރުމަކީ ހަގީގަތުގައި އެތަށް އަންހެނަކަށްވެސް އޭގެން ރައްކާތެރިކަން ލިބޭނެ ކަމެއް.. ހިތްވަރު ކުރައްވާ.. އެންމެން މިތިބީ އައިންތުއާއި އެކު. އެންމެންގެ ހެޔޮ ދުއާ ވަނީ އައިންތު އާއި އެކު. ޝުކުރިއްޔާ މަހުލޫފްގެ ދީލަތި އެހީއަށް... ﷲއިންޝާ އައިންތުގެ ކާރަށް އެރޭ ދުވަހަކުން ހަދިޔާއެއް ދޭނަން..
ޢިޙްސާސް
02 November 2020
މިވަރު ކުރާ އިރު ކޮބާތޯ ފުލުހުން. ޢިމްރާނު އަދި ޖެންޑަ މިނިސްޓަރު؟ އިންސާފަކީ ވަކިބަ އެއއ އްގެ އެއ އްޗެ އްތަ؟
ައަހުމަދު
01 November 2020
އެއްވެސްމީހަކަށް އަނެއްމީހާއަށް ﷲދެއްވާ ރިޒްޤެއް ނުހުއްޓުވޭނެ އެކަންނޭގޭބަޔަކު އުޅެންޏާ އެއީ އެބައެއްގެ ޖާހިލުކަން ، ދެން މީޤައުގައި އިންސާފަކީ ވަކިބަޔަކަށް އޮންނަ އެއްޗެއް، ސަރުކަރުން ރައްޔިތުންގެ މުދާހިމާޔަށް ކޮށްދޭން މަސައްކަތް ކުރާތަނެއް ނުފެނޭ ، މިނިސްޓަރ މަޚްލޫފްގެ މުދަލުގައި ބަރަކާތްލައްވައި ، އާންތުގެ މަސައްކަތަށް ކުރިއެރުން ދެއްވާށި. އާމީން.
ރީތި މޫސަ
01 November 2020
ކީއްވެބާ ނިކަމެތި އަންހެނަކަށް މިހާއަނިޔާދޭއިރު މީހާއެނގިތިބެ އެމީހާ ހައްޔަރު ނުރެވެންވީ
ނުފެންނަ މީހާ
01 November 2020
ކެމެރާ ތަކެއްގެ ކުރިމަތީގަ ކާރު ބާއްވާފަ އޮތް އިރުވެސް ފުލުހުންނަކަށް ނޭނގުނުދޯ ކާރަށް ގެއްލުން ދިން ބަޔަކުވެސް މީހަކު ހައިރާނެއް ނުވާނެތަ ފަހެ!
ސައިލ
01 November 2020
ކިޔާފަތަ ތި ކޮމެންޓް ކުރީ؟ ކާކުކަން އިގުނޭދޯ އެއޮތީ. އެކަމް މިފަހަރު އައިންތު އަކަށް ނޭންގުނޭ އޭނަ ވަކި ކުރާކަށް. މާނައަކީ އައިންތު ދަންނަ މީހެއްނޫނޭ
ނިކަމެތިރައްޔިތުމީހާ
01 November 2020
މި ގައުމުގަ އަދުލު އިންސާފު ގާއިމު ނުކުރާހާ ހިނދަކު މި ކަމަށް ހައްލެއްނެތް. ނިކަމެތިންނަށް އަބަދުވެސް ނިކަމެތިކަން. މަހޭގެ މުދަލުގަ ބަރަކާތްލައްވާށިއެވެ. އާމީން