މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
03 ނޮވެމްބަރ 2020 - 10:28
ރާއްޖެ އަށް މީގެ 32 އަހަރު ކުރިން ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކޮށްދޭން ވި ގުރުބާނީން ދިވެހިން ލިބިގަތް އެއް ފިލާވަޅަކީ ގައުމު ދެކެ އެއްވެސް ޝަރުތެއް ނެތި ލޯބިވުމުގެ މުހިއްމުކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ރައީސް ނެރުއްވި ޚިތޯބުގައި ރައީސް ވިދާޅުވީ ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ނޮވެމްބަރު، 3، 1988، ގައި މާލެ އަރައި ހިންގި އުދުވާނަކީ އަނިޔާވެރި އަމަލުތަކެއް ކަމަށެވެ. ކުށެއް ނެތް 19 ދިވެހިންގެ ލޭ މި ބިމަށް އޮހޮރުވާލައި ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި ލާއިންސާނީ އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.
އެ ދުވަހުގެ ހަނދާންތައް މިއަދު އާ ކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން ކަން ރައީސް ފާހަގަކުރެއްވި އެވެ. ނަސްރުގެ ދުވަހުގެ ކާމިޔާބާ ގުޅިފައިވާ، 19 ޝަހީދުންގެ ޒިކުރާ އެމަނިކުފާނު އާ ކުރެއްވި އެވެ.
"ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއް ނެތި ލޯބިވުމުގެ މުހިންމު ކަމެވެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވީ ސިފައިންނާއި އާއްމު ރައްޔިތުންގެ ގުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ގައުމާ މެދު އޮންނަ ލޯބީގެ ބާރުގަދަ ކަމާއި މަތިވެރިކަމެވެ. އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންގޮސް، ޖީލުން ޖީލަށް ވާސިލްވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ސިފައިންނަކީ އޭރު ވެސް މިހާރު ވެސް ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށެވެ. ނޮވެމްބަރު 3 ގެ ހަމަލާ އިން ރާއްޖެ ސަލާމަތްކުރަން ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުށިޔާރުކަމުގެ ނަމޫނާ ދިވެހިންގެ ހިތްތަކުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.
އެ ހަމަލާ ނާކާމިޔާބުކޮށްލަން ދިވެހި ރައްޔިތުން ދިން އެއްބާރުލުމާއި އަވަށްޓެރި އިންޑިއާ އިން ވެދިން އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، އިތުބާރާއި ޔަގީންކަން ދަމަހައްޓަވަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކުރައްވާ މަސައްކަތް ރައީސް ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ. އަދި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑަޝިޕްގެ ދަށުން ސިފައިން ހޯދާ ކުރިއެރުމާއި ތަރައްގީއަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖީ
03 November 2020
ދޮންބިލަތަށް ތިޔަ ފިލާވަޅުނަގާދީބަލަ.
ޢިބޫ
03 November 2020
އެއްބަޔަކު ގައުމު ދަވާލަނީ، އަނެއްބަޔަކު ގައުމުދެކެ ލޯބިވާންވީ. ކޮބާ އިންސާފު؟
ބޮޑުވަޒީރު
03 November 2020
ގައުމު ދެކެ ލޯބިވާނެ އެންމެންވެސް. އެ ލޯބި ފެންނާނީ ހަމަ ހަމަ ފުރުސަތު ތަކެއް އެންމެނަށްވެސް އޮވެގެން. ގައުމު އޮތިީ ބޮންދުންގެ ބެލުމުގެ ދަށުގައި. ވަށައިގެން ކަނޑު އޮތް ގައުމުގެއްގައި ކަނޑުމަގުން އެތެރެނުވެ މިހާ ގިނަ ވަގު ބިދޭސީން ވައިގެ މަގުން އެތެރެވެ ގައުމުގެ ކޮންޓްރޯލް ނެގީ މިހާރު ވެރިކަން ތިކުރާ ޕާޓީތަކަށް އެނގި ފެނިގެން.
ކަޑަބައި
03 November 2020
ދިވެހިރާއްޖޭގެ ރަށްރަށުގައި މުސްލިމުންނޫން ބަޔަކު ވަޒަންވެރިވުމަށް އެއްވެސް ފުރުސަތެއް ދުވަހަކުވެސް ނުލިބޭނެކަމަށް އުއްމީދުކޮށް އެކަމަށްއެދި ދުޢާ ކުރަމެވެ. މިފަދަ ޢުދުވާނީ ހަމަލާތަކުން މިރާއްޖެއާ ރާއްޖޭގެ ރައްޔިތުން ސަލާމަތަކުރައްވާށި. އާމީން
ސަލީމު އިދުރީސް
03 November 2020
ގައުމުދެކެ ނަފުރަތު އުދެދެނީ އިންސާފުނެތި ރައްޔިތުންގެ ހަމަހަމަކަން ގެއްލުނީމަ! ބައްލަވާ މިހާރު ރިސޯޓުތަކުގަ މަސައްކަތްކުރާމީހުންގެ މުސާރަ ވަނީ ކުޑަކޮއްފަ! އެކަމަކު އެމިހުން ރިސްކުނަގައިގެން ކުރާމަސްކަތުން މުޅި ދައުލަތް ކޮޅައްޖެހިފަ މިއޮތީ! މިބައްޔާ ގުޅިގެން ސަރުކާރު މުއައްޒަފުއްގެ މުސާރަ ކުޑަ ނުރާތާ އެކަމާގުޅިގެން އެތައް އިނާޔަތެއްދީފި! ރިސޯތަކުގެ ޓެކުސްފައިސާއިން ރިސޯޓުގަ މަސައްކަތް ކުރާމީހުންގެ ހައްގުގަ ބޮޑު ލާރިޔެއްވެސް ހޭދަނުކުރޭ
ދެރަ
03 November 2020
ހާދަވައިކޮށް ރައީސް ގެ އަމަލުފުޅު ތިޔަހުރީ. މަޖްބޫރުވެގެން ހިޠޯބެއް ތިޔަ ނެރުއްވީ.
އުފާ
03 November 2020
ރައީސްއަށް މަޖުބޫރު ކުރަން އޭގެ މަތީގައި އަދި މަގާމެއްގައި މީހަކު ހުންނަނީތަ؟
އިނެކްސް
03 November 2020
ގައުމު ދެކެ ލޯބި މަނިކުފާނު ވާ ނަމަ އަވަހަށް ނަޝީދުގެ އަދި ސިޔާސީ އަމިއްލަ އެދުން ބޮޑު އަދި ގާނޫނުން އަދި އިސްލާމީ ޝަރީހަތުން މަނާ ކުރާ ބޮޑެތި ޕާހިޝް ކަންކަން ކުރާ މީހުންގެ ނުފޫޒުން މިންޖުވާން އަދި ރައްޔިތުންނަށް އިހްލާސްތެރި ވެރިކަމެއް ކޮށްދީ! އާދޭސް ކޮށްފަ ބުނަ! ސިޔާސީ ކަންކަމުގެ މިއަދު އިހްލާސްތެރި ވެރިން ބޭނުންވޭ!
ދިއްދޫމީހާ
03 November 2020
ތިޔަ ވިދާޅުވާ އެއްޗެއް ނިކަން ސާފްކޮއް ބުނެބަލަ، ދިވެހިންގެ ބަޔަކު ރާއްޖެއަ ހަމަލާ ދިނީ ގައުމެ ދެކެ ވާލޯބެއްގެ ބޮޑުކަމުނޭތައް ތި ވިދާޅުވަނީ؟؟؟
ވިސްނާލުމަށް އެދެމޭ
03 November 2020
ގައު މުދެކެ ލޯބިވާވަރުން މިނިވަންކަން ގެއްލި އަ މިއްލަ ބާރުކެޑި ސިޔާދަތަށް ބުރޫއަރުވާފަ މިއޮތީ.. މިކޮ މެންޓް ޖަހާނެހެންހީނުވޭ..އެކަ މަކުވެސް މިހާރުގެ ނޫސްވެރިންނަ ދެބަހެނުވެވޭނެ ގައު މުގެ މިނިވަންކަ މާ ސިތާދަތު ނުގެއްލޭކަ މަކަން.ގައު މުގެ މިނިވަންކަ މުގަ ސުވާލުއުފެދުނީ މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން.ސިޔާސަތު ކަޑައަޅާ ވެރިކަ މުގަހުރީ އިބުރާހި މު މުހައް މަދުސޯލިހު..ޝަރުތުތަކާހެދި ގައު މުދެކެލޯބި ނުވެވިގެންއުޅެނީ އިބޫއަށް.ރައްޔިތުން ލޯބިވާތީ މިބުނަނީއިންޑިއާސިފައިންބޭރުކުރާށޭ..
ގެދާނޯމޮސް
03 November 2020
ބޭރުބަޔަކާ ގުޅިގެން ދިވެހިން ހިންގި ކަމެއްގައި ޝަރުތެއް ނޯންނާނެ ކަމަކަށް ބުއްދިއަކަށް ނުވިސްނެއެވެ. ލޯބިވާ މީހުން ފަންޑިތަ ހަދައިން އިނުމަކީ ދިވެހިން އާންމު ކޮށް ކޮށްއުޅޭ ކަމެއްނޫން ތޯޢެވެ.