06 ނޮވެމްބަރ 2020 - 15:03
ވަރަށް މަދުން ނޫނީ ރާއްޖޭގައި ނުކުރާ ބޮޑު ސާޖަރީއެއް ށ. އަތޮޅު ހޮސްޕިޓަލުގައި މިއަދު ކޮށްފި އެވެ.
އެ ހޮސްޕިޓަލުގައި ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާ މިސްރުގެ އޮޕަރޭޝަން ޑޮކްޓަރު އަސްލަމް އަހުމަދު ޒަކަރިއްޔާ މިއަދު ކުރެއްވީ ކަރުންމަތީގެ ހާއްސަ އޮޕަރޭޝަނެކެވެ.
ޑރ. އަސްލަމް "މިހާރު" އަށް ވިދާޅުވީ "ސަބް މެންޑިބިއުލާ ސަޔޯލޯއެންޑެކްޓޮމީ" ސާޖަރީ އަކީ އަނގައިން ކުޅު އުފައްދާ އެއް ގުނަވަން ކަމަށްވާ ސަލައިވަރީ ގްލޭންޑް ނެގުމަށް ކުރާ ސާޖަރީއެއް ކަމަށެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި މި އޮޕަރޭޝަން އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށާއި ޑޮކްޓަރަށް ދެއްކީ ކަރުދަށް ދުޅަވެ ރިއްސާތީ ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އެ މީހާ އަށް ކެއިން ބުއިމުގައި ވެސް ދަތިތައް ހުރި ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އެ މީހާގެ ސަލައިވަރީ ގްލޭންޑްސް ދުޅަވެފައިވާކަން، ބެލި ބެލުންތަކުން އެނގުމުން ސާޖަރީ ހަދަން ނިންމީ ކަމަށެވެ.
"މީގެ ދެ ދުވަސް ކުރިން އެ މީހާގެ އަސްލު މައްސަލަ ދެނެގަނެވުނީ. ދެން އަވަސްވެގަތީ ސާޖަރީއަކަށް،" ޑޮކްޓަރު ވިދާޅުވި އެވެ.
ސާޖަރީކުރި ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާކުރައްވަމުން ޑޮކްޓަރު ވިދާޅުވީ އެއީ ގާތްގަނޑަކަށް ދެ ގަޑި އިރެއްހާއިރުގެ ސާޖަރީއެއް ކަމަށެވެ. ކަރުދަށުން ބައެއް ކަފާލައި އޭނާގެ ސަލައިވަރީ ގްލޭންޑްސް ނެގީ ކަމަށް ބުންޏެވެ. އަދި އެކަމުގެ ސަބަބުން އެ މީހާ އަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ކުޅު އުފެއްދުމުގައި ވެސް ދަތި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ ސާޖަރީ ވަރަށް ކާމިޔާބު ކަމަށާއި، ބަލިމީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތު "މިހާރު" އަށް ވިދާޅުވީ މިއީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ ކޮވިޑް-19 އާ ހެދި މާލެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރުން ދަތިވެފައި ވުމުން ފުނަދޫ ހޮސްޕިޓަލަށް ވެސް ދައްކާ މީހުން ގިނަ ސާޖަރީ ހެދުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހަށް ބަލާއިރު ހޮސްޕިޓަލުގެ ޑޮކްޓަރަށް ލިބެނީ މަހަކު ގާތްގަނޑަކަށް ހަތަރު ސާޖަރީ ކަމަށާއި މިހާރު މަހަކު 24 އަކަށް ސާޖަރީ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަލި މީހުން އަޔަސް ބޭނުންވާ އާލާތްތައް ނެތިގެން ދޫކޮށްލަން ޖެހެނީ. މިހާރު ގިނަ ސާޖަރީ މި ލިބެނީ ބޭނުންވާ އެއްޗެހި ހަމަވަމުން އަންނާތީ،" ޒުމްރަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ރަށްރަށުން ވެސް މިހާރު އެ ހޮސްޕިޓަލަށް ސާޖަރީތަކަށް އަންނަ ކަމަށެވެ. އަދި ހޮސްޕިޓަގެ ފެންވަރު ވެސް ރަނގަޅުވަމުން އަންނަ ކަމަށް ވިދާުޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
07 November 2020
މި ދަކުތަރު މީ ފިލްމުޝްޓާރެއް ނަމަ ކަލޭން އޭނައަށް ވާހަކަ ދައްކާނީ ބޭފުޅު ބަހުން ދޯ. ކަލޭމެންނަކީ ނަސްލީ އިމްތިޔާޒު ގެ އެދުރުން. ހާއިލް ހެޓިލަރު!!!! ލޫޒަރޒް.
ސާރިއު
07 November 2020
އަމީން ކޮށައިދީފައި ދިޔަ މަގުން ހިނގަން އެނގިއްޖެ ނަމަ ނަސީމަށްވެސް އޮތީ އުޖާލާ ދުވަސްތަކެއް. އެންމެ އުނދަގޫ ބޮޑު މަސައްކަތް އަމީން ނިންމަދީފި. ޝުކުރިއްޔާ އަމީން. އަދި އެންމެހައި ސިއްހީ ހިދުމަތްތެރިން.
ބަމީނު
07 November 2020
އަމީނުއަށް ސަނާކިޔާ މީހުންނަށް ސާބަސް. އެކަމު އަމީނުގެ ކުރިން އޮތް ސަރުކާރުން ކުރި ކަންކަން ބަލައިނުގަނެ ކަމެއްނުކޮށް ހުރި ކަމަށް ދައްކައިގެން ދެއްކިހާ ވާހަކައަށް އަމީނަށް އެއޮތީ ފިލާވަޅެއް ލިބިފައި. އަމީނުގެ ފޭވަރގަ ވާހަކަ ދައްކާ މީހުން ހީވަނީ މިގައުމުގައި މީހުން ފުރަތަމަ އުޅެން ފެށީއްސުރެ ކޮށްފަ ހުރި ހުރިހާ ކަމެއްއެއީ އަމީނު ކޮށްފަ ހުރި ކަންކަމޭ. އައްޑޫ ހޮސްޕިޓަލަށް ހަޖޫޖެހީމަ އަމީނަށް ހުންނާނެ މިހާރު އެއްޗެއް ފެނިފަ.
އަދުރޭމޭން
07 November 2020
ކޮން ދުވަހަކު ހަޖޫ ޖެހީ؟ ގައިމު އަހަރުމެންވެސް މި އުޅެނީ މި ރާއްޖޭގައި. ތި އަޑެއް ނާހަން. ޕީޕީސީ ނެތް ފިތުނަ ހެދުން ނޫން ކަމެއް. އައްޑޫ ހޮސްޕިޓަލްވެސް ބާރު ސްޕީޑެއްގައި ނިންމާ ހިދުމަތްތަށް ފުޅާކޮށްދިނީ އަމީން. ތެދު ބަހުން ވާހަކަ ދެއްކުމަކީ މާތް ސިފައެއް، މުއުމިނުންގެ ގޮތެއް.
ދިދަ
07 November 2020
ކަމެއް ދިމާވީމަދޯ ސަރޖަރީ ހަދާނީ.. އާންމުކޮށް ކުރާ ކަހަލަ ކަންކަމެއް ނޫން އެެއީ
ސަރުކާނު
06 November 2020
ސާޖަރީ ލިބޭތީ އުފާވެފަ، ސާބަސް
ހަމަ ނުޖެހޭ
07 November 2020
ބަލަގަ އެބުނާ ބަހުގެ މުރާދަކީ ކުރިން ހުރިހާ އެންމެން ސާޖަރީ ކުރަން މާލެއަށް ނޫނީ ރާއްޖެއިން ބޭރަށްދާ ވާހަކަ. މިހާރު ސާޖަރީ އިތުރުވާ ވާހަކައެއް ނޫން
ފުނަދޫމީޙާ
06 November 2020
ތި ހޮސްޕިޓަލުން އެންމެ ކުޑަމިނުން ސްކޭން އެއްވެސް ނުކުރެވެ. ކުޅުދުއްފުށިން މީހަކު އައިއްޔާ ނޫނީ ނުވެ. އެވެދާނެ 5 މަހުން އެއްދުވަހުވެސް. މެނޭޖަރުގެ އަނގަ ފޮނި ކަމާއެވެ.
ގައުމީ
07 November 2020
އަމީން ހުރި ނަމަ ތިކަންވެސް ވެފައި އޮންނާނީ، މިހާރު ދެން ނޭނގެ އަަހަރުމެންގެ ހާލުގެ ވާހަކަ ދައްކަން
މުސްކުޅިބެ
06 November 2020
އަމީން ނެތަސް މިއަދުވެސް އަޑުއަހަން މި ޖެހެނީ ހުސް އޭނާ ކުރި ކަންތަކުގެ ވާހަކަ. ނަސީމު މަގާމާ ހަވާލުވި ފަހުން މި ވަނީ ދެ ހަފްތާ. ޢަދިވެސް ރައްޔިތުންނަށް މޫނުވެސް ދައްކާނުލާ. މިވަރުން މި ބޭފުޅާ ސްޕްރިންޓު ޖެހިޔަސް އަމީންގެ ސްޕީޑެއް އަތުނުލެވޭނެއެއްނު
މޫސާ މިނިކް
08 November 2020
ހަމަ ޔާމިން ވެރިކަމައްގެންނަންވީ
މފ
06 November 2020
އޮޕަރޭޝަން އުރެވެޔޭ. މައްސަލަޔަކީ އޭގެ ފަހުން ދިމާވާ މައްސަލަތަކުން އަރައި ނުގަނެވިގެން އުޅެން ޖެހުމޭ. ތިޔަމިސްރުގެ ޑރ. ކިހާތsޖުރިބާއެއް ހުރެގެން ބާ ތިޔަ ތަނެއް ފަޅާލައިގެން އެ އުޅެނީ.
ހާލުގެ ދުލުން
06 November 2020
ޝުކުރިއްޔާ ހީވާގި ހިންގުންތެރި އަމީން އަދި ޓީމުގައި މަސައްކަތް ކުރެއްވި ހެލްތު ކުދިންނަށް. ނަސީމަށް މަގާމު ދެވުނީމަ ނަޝީދު އެ ހުންނަނީ ދަތްޕިލަ އަތަށް ނަގައިގެން. ހުރިހާ ނިކަމެތި ކަމެއް ރައީސް އިބޫއަށާއި ދިވެހި ރައްޔިތުންނަށް.
ފަހުދު
06 November 2020
ކުރިންވެސް ތިފަދަ އޮޕަރޭޝަންތައް އަތޮޅުތަކުގަ ކުރެވުނީހެއްނު.
މަންޑޭލާ
06 November 2020
ކުރިން ކުރަނީ ކިހިނެއް ވަސީލަތެއް ނެތި؟ މިވަރުގެ އޮފަރޭޝަނެއް ކުރެވޭ މިންވަރަށް ވަސީލަތްތައް ހޯދާ ހިދުމަތްތަށް ފުޅާ ކޮށްދެއްވީ ކޮވިޑް މަންޑޭލާ އަމީން. އަމީނަށް ޝުކުރު ހާސް ޝުކުރު