ހީނާމާގެ ޕާކިން ޒޯނަށް ބަޔަކު ކުނިއަޅާފައި -- ފޮޓޯ: މިހާރު
09 ނޮވެމްބަރ 2020 - 19:02
މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ކުށްވެރިކޮށް، އެ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އާންމު ތަންތަނަށް ކުނި އެޅުމަކީ ގާނޫނީ ކުށެއް ނަމަވެސް، އެތައް ބަޔަކު އެކަން ކުރެ އެވެ. މަގުމައްޗަށް ކުނި އެޅުމުގެ އިތުރުން މާލޭގެ ޕާކުތަކާއި ޕާކިން ޒޯންތަކަށް ވެސް ކުނި އަޅާފައި ބަހައްޓަ އެވެ.
މާލެ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ޒަރީރު "މިހާރު" އަށް ވިދާޅުވީ މަގުމައްޗަށް ކުނި އެޅުމަކީ ގާނޫނީ ކުށެއް ކަމަށާއި މާލޭގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ކުނިއަޅާ ނަމަ އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި އެ ފަދަ ތަންތަން ބަލައި ސާފުކުރާނެ ކަމަށާއި އެ ފަދަ އަމަލުކުރާ މީހުން 500 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
މަޖީދީ މަގުގައި ހުންނަ ހީނާމާގެ ޕާކިން ޒޯން ސަރަހައްދަށް މި ދުވަސްވަރު އާންމުކޮށް ކުނި އަޅާފައި ހުރެ އެވެ. ކުނި ކޮތަޅާއި ސަތަރި ފަދަ ތަކެތީގެ އިތުރުން، ދޮންނަ މެޝިނާއި އައިސް އަލަމާރި ވެސް އެ ސަރަހައްދަށް އުކާފައި ހުރެ އެވެ.
އެ މައްސަލަ އެކި އިދާރާތަކުގެ ސަމާލުކަމަށް އެ ސަރަހައްދުގައި އުޅޭ މީހުން ގެނެސްފައި ވެ އެވެ.
ފުލުހުން ބުނީ ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމަކީ އެ އިދާރާގެ ބެލުމުގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކުނި އަޅާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ނަން އާންމުކުރުން ފަދަ ކަންތައް އެންވަޔަރަމެންޓް ޕޮލިސް އިން މީގެ ކުރިން ކޮށްފައި ވެ އެވެ.
ޕާކިން ޒޯނަށް އެއްލާލާފައި އޮތް އައިސްއަލަމާރި އެއް -- ފޮޓޯ: މިހާރު
މި ފަދަ މައްސަލަތައް ބަލާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި އެހެން ސަރަހައްދަކަށް ވެސް ބަޔަކު ކުނި އަޅާ ނަމަ އެކަން ކައުންސިލަށް އަންގަން އެދިވަޑައިގަތެވެ.
"ކައުންސިލުން އަބަދު ވެސް މިތިބީ މާލޭގައި އުޅޭ މީހުންގެ ހިދުމަތުގައި. ރައްޔިތުންނަށް އުނދަގޫވާ ކަންތައްތައް އަޅުގަނޑުމެން ހައްލުކުރާނަން،" ޒަރީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
10 November 2020
ކުނި ސަރުކާރެއް
ހަސަންމާހިރު
10 November 2020
މިހާރު ދިވެހިންނެއް ނޫން މަގުތަކަށް ކުޅުޖަހަނީވެސް. ސީދާ ބަންގާޅީން. ދިވެހި އަންހެނުން އެންމެ ލޯބިވާ ބަންގާޅީން ކަރުކެހިލާ އަޑަށް ބަލާލާއިރު، މާސްކް ހިއްލާފަ ކުޅުފޮދު ޖައްސަވަނީ. ދުވާލަކު އެތައް ފަހަރަކު ފެންނަ މަންޒަރެއް މިއީ.
އަހުމަދުބޭ
10 November 2020
މާލޭ މަގުތަކަށް ކުނިއެޅުން ތިޔައީ އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއްނޫން އަދި ތިކަން ކުރާކަށްވެސް ނޭގޭ، ނިކަން މާލޭ މަގުތަކުގައި ހުރި ކޮންމެ ފިހާރައަކާ ކޮންމެ ކެފޭ އަކުން ޑަސްބިން ބަހައްޓާ އެޑަސްބިންތަށް ސާފްކޮއްބެލެހެއްޓުން އެތަން ތަނާ ހަވާލް ކޮއްލަބަލަ އޭރުން މިހާރު މިފެންނަ މާލެ މަގުތަށްނޫން އެހެން މަގުތަކެއް ފެނިގެންދާނެ، ސިޓީ ކައުންސިލަކަށް ތިކަމެއް ނުކުރެވޭނެ
ސަލީމު އިދުރީސް
10 November 2020
އަހުމަދޭ ދަންނަވަންތޯ ފިހާރާގަ އުދޭކުނި ފިހާރައިންތާލާ! ތިހެންވިއާ ކުނީގެ މަސައްކަތް ކުރަންއެތައް ސަތޭކަ މިލިޔަން ރުފިޔާ ދީގެން ކުރާނެކަމެއްނެއް
ބިލްބޯޑު
10 November 2020
ހީނާމާގޭ ސަރަހައްދަށް ބަންގްލަދޭޝް ބޭފުޅުން ވަރަށް ކުނި އަޅާ، އެކަމަކު ކިހިނެއް ޖޫރިމަނާ ކުރާނީ؟ ކުނި އަޅަނިކޮށް އަތުވިޔަސް ކާކު ކަން އިނގެނީކީ ނޫން. ދޮގުހެދިޔަސް އިނގޭނީކީ ނޫން. ފައިސާ ނުދެއްކިޔަސް ކޮންކަމެއް ކުރެވޭނީ؟ ދެވަނަ ފަހަރަށް ހޯދޭނީކީ ނޫން. ލިޔެކިޔުމެއް ނެތީމަ ޑިޕޯޓެއް ނުކުރެވޭނެ. ޖަލަށް ލައިގެން މަހަކު 20000 ރުފިޔާ ހަރަދު ކުރެވޭކަށް ނެތް. ދެން މިވާހަކަ ނުދައްކަމާ؟
ޙަސަން އަޙްމަދު
10 November 2020
މިހެން ބުނީމަ ހީވަނީ މޯލުޑިވިއަން ބޭފުޅުން މީ ވަރަށް ތަހުޒީބު ތާހިރު ބައެކޭ. ޔޫރަޕުގައި ވެސް ބަނގުލަދޭޝް ބޭފުޅުން ދިރިއުޅުއްވާ. ކުނި އަޅާފަ ހުއްޓައެއް ނުފެނޭ. މޯލުޑިވުސް މަގުތަކަށް ބޭރު މީހުން ވެސް ކުނިއަޅަނީ މޯލުޑިވުސް ބޭފުޅުން އެފާޑަށް އުޅުއްވާތީ
އީދުބެ
10 November 2020
ތި ހީނާ މާގޭ ޕާކިން ޒޯނުގަ ބަންގްލަދޭޝް ރައްޔިތުންގެ ގެސްޓުހައުސްތައް ވަރަށް ގިނަ. އަދި އެމީހުން ވަރަށް ގިނައިން ތަކެތި ނެރި ތިތަނަށް އަޅާ. ސަރުކާރުން މި ގެސްޓް ހައުސް ވިޔަފާރި ރެގިއުލޭޓު ކުރަމޭ ބުންޗަސް ލޮލަކަށް މިކަމެއް ނުފެނޭ.
ޖިމް ބޮޑީ
10 November 2020
ޔޫ ކޭން ޓްރޭސް ދަ ބަޔަރ އޮފް ދަ މެޝިން
މުންކޮ
10 November 2020
ކިތަށް ކަންމަތީ ފިހާރައިން ވަކިން ސިގިރެޓު ވިއްކަނީ؟ ކިތައް ކެފޭ ތަކުގަ ދުންފަތުގެ އިސްތިއުމާލު ކުރަނީ؟ ކިތައް މީހުން ޕާކު ކުރަން އުނދަގޫވާ ގޮތަށް ޕެލެޓު ބަހައްޓަނީ؟ ކިތައް މީހުން ބަލަން ހުއްޓަ ފެން ބޮއެފަ، ސުޕާރީ ކައިފަ މަގު މައްޗަށް އެއްލާލަނީ؟ ކިތައް މީހުން އަޑުގަދަކޮށް ސައިކަލު ދުއްވަނީ؟ ކިތައް މީހުން ބާރު ސްޕީޑުގަ ސައިކަލު ދުއްވަނީ؟ ކިތައް މީހުން ކެފޭ ފާރު ބުޑަށް ރަތްކުޅު ޖަހަނީ؟ ކިތައް މީހުން ފިހާރައިގެ މުދަލުގަ ފެންނަ ގޮތަށް އަގު ޖަހަނީ؟
އަހަންމާބެ
10 November 2020
ކުނި ނައްތާލުމުގައި ފެއިލްވެފައިވާ ބަޔަކަށް އަލުން ތިކަމެއް ނުކުރެވެނެ، ކުރިންވެސް މާލެ ގޮނޑަކަށް ހަދާފަ އޮއްވާ ވެމްކޯ އުފައްދައި މާލެތެރެ ސާފުކޮށް ތަރުތީބުކޮށްފައި އޮއްވައި، ކަންތައްތަކުގެ މައްޗަށް ވެރިވެގަނެ ސަވާރުވިފަހުން ކުރީގެ އުޅުމަށް ކަންކަން ބަދަލުވެގޮސް ނިމިއްޖެ، ގައިންތާހިރުވާން ނޭގޭ ބަޔަކަށް ރަށުތެރެ ސާފުކުރާކަށް ނޭގޭނެ.
ސަބަބު މި އޮތީ
10 November 2020
"ފުލުހުން ބުނީ ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމަކީ އެ އިދާރާގެ ބެލުމުގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކުނި އަޅާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ނަން އާންމުކުރުން ފަދަ ކަންތައް އެންވަޔަރަމެންޓް ޕޮލިސް އިން މީގެ ކުރިން ކޮށްފައި ވެ އެވެ." ކިތަ އްމެ ބާރުލާފައި ބުންޏަސް ނުވާނެ ސަބަބަކީ، ގާނޫނެއ އޮތަސް، އެގާނޫނަށް އަމަލުކުރޭތޯ ބަލާނެ ފަރާތެއް އޮތްކަންވެސް އެގޭ ބައެއްނެތްކަމެވެ.
ޑޮންޑޮ
10 November 2020
ބަޖެޓަށް ފައިސާހޯދޭނެ ދޯ