ޚަބަރު

ކުއްލިއަކަށް ޖެހި ބާރުގަދަ ގުގުރިއަކުން ކޮމަންޑުއަށް ބިރުވެރިކަން

ކޮމަންޑޫ: އެ ރަށަށް މީގެ ދެ ރޭ ކުރިން ޖެހި ބާރު ގަދަ ގުގުރިއަކާ އެކު ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައި

ށ. ކޮމަންޑޫ ކައުންސިލްގެ ރައީސް، މުހައްމަދު މުފީދު ސިފަކުރެއްވި ގޮތުގައި ދުވަހަކު ވެސް އޭނާ އެ ފަދަ ބާރުގަދަ ގުގުރިއެއްގެ އަޑެއް ނާއްސަވަ އެވެ. އޭނާއެކޭ އެެއްގޮތަށް، ކޮމަންޑޫގެ ގިނަ ބަޔަކަށް އެ އަޑުން ސިހުން ލިބުނެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނުވައެއް ޖަހާކަށްހާއިރު، ގަދަ ވިދުވަރަކާއެކު ޖެހި ގުގުރީ އަޑުގެ ސަބަބުން ރަށުގެ ދެ މީހަކު ހޭނެތިގެން ވެއްޓި ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. ރަށުން ކަރަންޓު ކެނޑި، ބައެއް ގެތަކުގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވި އެވެ.

އެއީ ކުއްލިއަކަށް ޖެހި ބާރުގަދަ ހަމަ އެންމެ ގުގުރިއެކެވެ.

"ވަރަށް ވަރަށް ބާރުގަދަ ގުގުރިއެއް އެއީ. ރަށުގެ ގިނަ ބަޔަކަށް ސިހުން ލިބުން. ބިރު ގަތް،" މުފީދު ވިދާޅުވި އެވެ.

ގުގުރީގެ އަޑަށް ޝޮކު ޖެހި، ހޭނެތުނީ އޭރު މަގުމަތީގައި ތިބި ދެ އަންހެނެކެވެ. އުމުރުން 50 އަހަރުގެ އަންހެނަކާއި ޒުވާން އަންހެން މީހާއަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި، ގަޑިއެއްހާއިރު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި އެކަކު ހޭނެތިގެން ވެއްޓުނު އިރު، އިނގިލި ވިދި ރެނދުލި އެވެ.

ބާރުގަދަ ގުގުރީގެ އަޑުން ކޮމަންޑޫ ސިއްސުވާލި އިރު، ކުއްލިއަކަށް ކަރަންޓު ކެނޑި މުޅި ރަށް އަނދިރިވުމަކީ ބައެއް މީހުން އިތުރަށް ބިރުގަތް ކަމެކެވެ.

"ބޭރުގައި ތިބި ބައެއް މީހުންނަށް ފެނުނު، އަލިގަނޑެއް ރަށުތެރެއަށް ވެއްޓުނު ތަން ވެސް. ލަފާ ކުރެވޭ ގޮތުން ހޮނު އެޅީ އެ. އަޑުގަދަ ވެގެން ކުޑަކުދިން ރޯން ފެށިއިރު، މިއީ އަދި ދުވަހަކު ވެސް ނުދެކޭ ފަދަ މަންޒަރެއް،" ކޮމަންޑޫގެ މީހަކު ބުންޏެވެ.

"އެކަމަކު ނަސީބަކުން ފަހުން އިތުރު ކަމެއް ދިމައެއް ނުވޭ،"

މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުން، އުތުރުގެ އަތޮޅުތަކަށް މި ވަގުތު މޫސުން ގޯހެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާއިރު ކަނޑުދަތުރު ކުރުން ވެސް މި ވަގުތު ރައްކަލެއް ނޫނެވެ.

24 ކޮމެންޓް, 209 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 89%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންސޫރު އަލީ

12 November 2020

އަހުރެން ކުއްލިއަކަށް ޖެހި ބާރުގަދަ ފޮޑިއަކުން ރާއްޖެއަށް ބިރުވެރިކަން.

The name is already taken The name is available. Register?

ޝައިޚް.

12 November 2020

ސުބުޙާނަﷲ، ވިސްނާލައްވާ، މަހުޝަރުދުވަހު އަޅަމެން އުޅޭނެ ހާލު، ހެޔޮ އަމަލުކުރުން ގިނަކޮއް، ނަމާދުތަށް ވަގުތުގަ އަޑާކުރަން އާދަ ކުރައްވާ، ﷲ ރަހުމަތް ލައްވާށި،

The name is already taken The name is available. Register?

ހަކީމް

11 November 2020

ބާރަށް ގުގުރިއެއް ޖެހީމަ ބިރުގަނޭ. ރިބާ ލޯނު ތައް ނަގައިގެން ގެހަދާ ވަދެ ތިބޭކަށް ބިރެއް ނުގަނޭ. ކޮވިޑް ޖެހި މަރުވީމަ ލާރި ގަނޑެއް ހޯދާކަށް ލައިފް އިންޝުއަރ ކޮއްލާކަށް ބިރެއް ނުގަނޭ. މިއަދު ދިވެހިންގެ ހާލަތު.

The name is already taken The name is available. Register?

ވަހީދު

11 November 2020

ލޫތުގެފާނުގެ ގައުމުގެ މީހުން ހަލާކުވީ ބާރުގަދަ އަޑެއް އިވިފައި.

The name is already taken The name is available. Register?

Mohamed Saeed

11 November 2020

އަޚު ވަހީދުގެ މަޢުލޫމާތަށްޓަކައި ދަންނަވަން . ލޫތުގެފާނުގެ ޤައުމު ހަލާކު ކުރެއްވީ އެރަށުގެ މައްޗަށް އޮތް ފަރާތް ދަށަށް ޖައްސަވައިގެން . އިނގޭތޯ ؟

The name is already taken The name is available. Register?

ހައްޤު1

12 November 2020

ޢާދު ބާގައިގެ (ހޫދުގެފާނުގެ ގައުމުގެ މީހުން)**

The name is already taken The name is available. Register?

ޝިޔާމް

11 November 2020

ގުގުރިއަކުން ކުރާ އަސަރު މި ފެނުނީ. މި އާލަމްތައް ނެތި ފަނާވެދާ ދުވަހު ތާޅަފިލީގެ އަޑު ހުންނާނެވަރު އިހުސާސްކޮއްލާ.

The name is already taken The name is available. Register?

ފަލަމަޑި

11 November 2020

"އެކަމަކު ނަސީބަކުން ފަހުން އިތުރު ކަމެއް ދިމައެއް ނުވޭ” ބުނަންވީި މިހިނެއްނޫން. “ަالله ގެ ރަޙްމަތުން އިތުރު ކަމެއް ދިމައެއް ނުވޭ” މިހެން ބުނާށެވެ.

The name is already taken The name is available. Register?

ޟަމްނާ

11 November 2020

2014 ގައި މާލޭއަށް ވެސް ބާރުގަދަ ގުގުރި އެއްޖެހި. ގުގުރީގެ އަޑަކީ ޖައްވުތެެރޭ ސައުންޑް ވޭވް ނޫނީ އަޑު ދަތުރުކުރާއިރު އޭގެ މޮލެކިއުލްސް އިން ޖައްވުގައި ހުންނަ ގޭސްތަކުގައި ޖެހިގެން ކިޔާ ބާރުގަދަ އަޑެއް.

The name is already taken The name is available. Register?

ޢަސާ87

11 November 2020

ތާރީހައްޓަކާ ބުނެލަން މާލެ އައްމި 2020 މިރޯދަމަހުވެސްް ވަރައް ބާރުގަދަ ގުގުރިއެއް ޖެހި... މީޓިއޮލޮރެޖީން މިފަދަ މައުލޫމާތު އެއްކުރަންވާނެ ދޯ

The name is already taken The name is available. Register?

ެައަހުމަދު676

11 November 2020

އަސްލު ލައިޓްނިންބޮލްޓް ދާއިރު އެއާރ މޮލިކިއުލްސް ވަރަށް ބާރުސްޕީޑުގަ އެކްސްޕޭންޑް ވާތީ އެ ސައުންޑްވޭވް އުފެދެނީ..މިސާލަކަށް ބޮންގޮވާއިރު ވެސް އެހާބާރު އަޑުހުންނަނީ މިގޮތައް ބާރުސްޕީޑްގަ އެއަރ މޮލިކިއުލްސް އެކްޕޭންޑް ވާތީ..

The name is already taken The name is available. Register?

ފަންކާ ދޮންނަ ބޭބެ

11 November 2020

ރައްކާތެރި ކަމުގެ ގޮތުން ގޭބީސީ ތަކުގެ ވައަރރިން ރަގަޅައް ހުރެ އަރތު ރަގަޅައް ކުރެވިފައި ވުން ރަގަޅު.

The name is already taken The name is available. Register?

އިގޭކަތީބު

10 November 2020

ވިލާގަޑު ތިރިންދާއިރު ރަށުގެ ސީދާ މަތިން ގުގުރާ ނަމަ ތިހެން ދިމާވެދާނެ. އަދި ހޮނުވެސް އަޅާފާނެ.

The name is already taken The name is available. Register?

ހެޑޮކް

10 November 2020

ހޮނާ ގުގުރިއަކީ ބިރުވެރި އެއްޗަކަށް ވަނީ ސައިންސް ނުކިޔަވާ ތިބޭ މީހުންނަށް. ރާއްޖެތެރޭ މަކުތަބު ތަކުގަވެސް ސައިންސް ކިޔަވާދޭން ޖެހޭ އެބަ. ހުރިހާ އެންމެން ބިޒުނަސް އިސްޓުރީމު ހެދީމާ އުފެދެނީ ފައުސާއައި ހެދި ބޫތުކާފާ ވާ ޖީލުތަކެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

10 November 2020

ކަލެއަށް ގުގުރީގެ އަޑު ރަނގަޅަށް އިވޭ ދުވަހަކު ސައިންސް ފޮތްތައް ކަންފަތް މަތީގަ އަޅައިގެން ދުވޭނެ ތަ؟ ނުވާނެ ދޯ.

The name is already taken The name is available. Register?

ބަނިއާދަން މަކުތަބުންކިޔެވި

10 November 2020

ސައެންސުން އެނގޭނީ އެ ދެކަން ހިނގުމަށް ﷲ މެދުވެރިކުރައްވާ ސަބަބު. އޭގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކެއް ސައެންސަކުން ނޭނގޭނެ. ހޮނުއަޅާފާނެކަން، ހޮނުއަޅާނީ ކޮން ތާނަކަށް ކަން، އެއަޑުގެ ސަބަބުން ނުވަތަ ހޮނުގެ ސަބަބުން ބަޔަކު މަރުވެދާނެކަން ނުވަތަ ނޫންކަންފަދަ ކަންކަމެއް ސައެންސަކުން ނޭނގޭނެ. ވިދާ ގުގުރާއިރު ﷲއަށް ބިރުވެތިވެ ދުޢާކުރަން ޖެހެނީ އެހެންވެ.

The name is already taken The name is available. Register?

ބެޑޮކް

11 November 2020

މިޒަމާނުގައި މާބޮޑަށް ކިޔަވައިގެން ކަންފަތަށް އުނގުރިޖަހައިގެން ތިބޭ ބަޔަކަށް ގުގުރިތަކުގެ އަޑު ނީވުމުން އަޑުގަދަ ގުގުރިއެއް އަޑުމަޑު ގުގުރިއެއްގެ ފަރަގު ފަހަރެއްގަ ނޭނގިދާނެ. އިހުގެ މީހުންނަކީ ސައިންސް ނޭނގުނަސް މޫސުން ލަފާކޮށް ގަދަ ކަނޑުތަކުގައި ފަރިތަކަމާއެކު ދަތުރުކޮށް އުޅުނު ބައެއް. މިނެއް ނާޅާ ހިތުލަފައަށް ދޯނި ބަނދެ އުޅުނު ބައެއް. މިހާރު ހުރިހާ އާލާތްތަކެއް ހުންނައިރުވެސް ކަނޑުމަތީ ހާލުގައި ޖެހިގެން އުޅެންޖެހެނީ މޫސުން ގޯސްވެލާއިރަށް.

The name is already taken The name is available. Register?

ސިޔާމް

11 November 2020

ރަނގަޅު ވާހަކައެއް. އެކަމަކު މާތްﷲ ގެ ކުޅަދުންވަންތަން ފެންނަ ހިނދު ހިތައް ބިރުވެރިކަން ނުވަނުމަކީވެސް މައްސަލައެއް... ސައިންސް އެނގުމަކީ ކުޅަދުންވަންތަކަމަށް ބިރު ކެނޑެންވީ ސަބަބެއް ނޫން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454