ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ ސަފާރީއެއް: މިހާރު ޓެސްޓު ހައްދަން ހުޅުމާލެ އަންނަން ނުޖެހޭނެ ކަމަށް އެންބީއޭއެމް އިން ބުނޭ-- ފޮޓޯ: މިހާރު
18 ނޮވެމްބަރ 2020 - 13:30
ސަފާރީތަކުގައި ތިބެގެން ޕީސީއާރު ޓެސްޓު ހެދޭ ގޮތް ނޭޝަނަލް ބޯޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ހަދައިފި އެވެ.
ސަފާރީ އާއި ލިވަބޯޑުތަކުގައި ތިބޭ ޓޫރިސްޓުން އެނބުރި ގައުމަށް ދާން ކޮވިޑް-19 އަށް ޓެސްޓް ހަދަން މީގެ ކުރިން ދާން ޖެހޭނީ ހުޅުމާލެއަށެވެ. ނަމަވެސް މި ގެނައި ބަދަލާ އެކު ހުޅުމާލެ، ތުލުސްދޫ، ހިންމަފުށި، ދިއްފުށި، ގުރައިދޫ، މާފުށި، ދަނގެތި، ދިގުރަށް އަދި އުކުޅަހުގައި އަޅާފައިވާ ސަފާރީތަކުން މި ހިދުމަތް ލިބޭނެ އެވެ.
އެންބީއޭއެމް އިން ބުނި ގޮތުގައި މި ހިދުމަތް ހޯދަން ބޭނުންވާ ސަފާރީތަކުން އެއް ދުވަސް ކުރިން އެކަން އެ އެސޯސިއޭޝަނަށް އަންގަން ޖެހޭނެ އެވެ. މިއީ ސާމްޕަލް ނަގަން ސަފާރީތަކަށް ދާ ޓީމު ތައްޔާރު ކުރުމަށް ވަގުތު ނަގާނެތީ ނިންމި ނިންމުމެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ހުޅުމާލޭގައި އަޅާފައިވާ ސަފާރީތަކުން ހަދާ ޓެސްޓުތަކުގެ ނަތީޖާ 12-14 ގަޑިއިރު ތެރޭގައި ލިބޭނެ އެވެ. އެހެން ރަށްރަށުގެ ފަޅުގައި އަޅާފައި ހުންނަ ސަފާރީތަކުން ހަދާ ޓެސްޓުގެ ނަތީޖާ ލިބޭނީ 24 ގަޑިއިރު ތެރޭގަ އެވެ.
އެންބީއޭއެމް އިން ބުނި ގޮތުގައި ހުޅުމާލޭގެ ސަފާރީތަކުން ހަދާ ޓެސްޓުގެ އަގު މިހާރު ވަނީ 100 ޑޮލަރުން 75 ޑޮލަރަށް ދަށްކޮށްފަ އެވެ. ނަމަވެސް އެހެނިހެން ރަށްރަށުން ނަގާނީ 100 ޑޮލަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
20 November 2020
ދިވެހިން މި ވަނީ ދެވަނަ ދަރަޖައިގެ ރައްޔިތުނަންނަށް. ރާއްޖެއިން ބޭރަށް ދާން ދިވެހިންނަށް ތި ޓެސްޓް ނެހެދޭ 75 ޑޮލަރަކަށް. އެކަމަކު ފަތުރުވެރިޔާއަށް އެކަން 75 އަކުން އެބަ ވޭ.