މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު، މިއަދު އަލުން ހުޅުވި ސަލްޓަން ޕާކަށް ވަނުމުގެ ކުރިން ޓެމްރޭޗަރު ޗެކް ކުރަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
21 ނޮވެމްބަރ 2020 - 12:03
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ހުންނަ ސަލްޓަން ޕާކު މިދިޔަ މާޗު މަހު ބަންދުކުރުމަށް ފަހު، މިއަދު ފަތިހު އަލުން އާންމުންނަށް ހުޅުވާލައިފި އެވެ. އާންމުންނަށް ސަލްޓަން ޕާކު މި ހުޅުވީ ނުވަ މަހަށް ފަހު އެވެ.
މާލެ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު "މިހާރު" އަށް ވިދާޅުވީ ޕާކު އާންމުންނަށް ހުޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށެވެ. ޕާކަށްދާ މީހުންގެ ހުމުގެ އެއްވެސް އަލާމާތެއް ހުރިތޯ ވެސް ބަލާނެ އެވެ. އަދި ފަސޭހައިން އަތްދޮވެވޭނެ އިންތިޒާމް ވެސް ޕާކުުގައި ހަމަޖައްސާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Sultan Park re-opened today.
— Male' City Council (@MaleCitymv) November 21, 2020
Park will be open from
Morning 4:30- 9:30am
Evening 4:30- 9:30pm #NewNormal pic.twitter.com/a9lM2x8muB
މާލެ ސިޓީ ކައުންސިލުން މިރޭ ކުރި ޓްވީޓެއް
"ޕާކަށްދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން އެތަނަށްދާ މީހުންގެ ދަބަސް ޗެކްކުރުން ފަދަ ކަންތައްތައް އެތަނުގެ ސެކިއުރިޓީން ކުރާނެ،" ޒަމީރު ވިދާޅުވި އެވެ.
ސަލްޓަން ޕާކު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ފެށިގެން ހެނދުނު 9:30 އާ ހަމައަށް އަސި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 ގެ ނިޔަލަށެވެ.
ޕާކަށް ދާ ބިދޭސީންގެ އަތުން އެންޓްރީ ފީ އެއް މީގެ ކުރިން ނެގި ނަމަވެސް މިހާރު ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕާކު އަލުން މި ހުޅުވަނީ އެންމެނަށް ހަމަހަމަކޮށް ޕާކުގެ ބޭނުން ކުރެވޭނެ ގޮތަށް،" ޒަމީރު ވިދާޅުވި އެވެ.
ޕާކު މި ހުޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް 50 އަށް ވުރެ ދަށްކޮށް މަހެއް ވަރު ހުރުމަށް ފަހު އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ދުވަސްވަރެއްގަ އެވެ. ކޮވިޑަށް އިއްޔެ 94 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 49 މީހަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ބައެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ކ. ރަށްފަޅު ހުރާގައި މަސައްކަތް ކުރާ 42 މީހަކު ހިމެނޭ ކަމަށެވެ.
މިހާތަނަށް 12،456 މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،004 މީހުންނެވެ. ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 45 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާދަގަނޑަށް
22 November 2020
ކޮވިޑް ދަށަށްދާންފެށީމަ ކީއްކުރަންތަ ޕާކްތައްހުޅުވަނީ .؟ 9 މަސްދުވަސް ވަންދެން ޕާކްތަކަށް ނުވަދެތިބިގޮތައް ދެންވެސް ޕާކްތަކަށް ނުވަދެތިބެން އެންމެރަގަޅީ ގައުމުން ކޮވިޑްގެ އަސަރު ފިލާންދެން އެއްމެމަދވެގެންވެސް 4 މަސްވަރު އެކަކުވެސް ޕޮޒިޓިވް ނުވާ ހާލަތެއްއަންނަށްދެން އެއްވެ އުޅުމާއެކަކުއަނެކަކާގައިގޯޅިވެއުޅުން މަނާކުރެވެންޖެހޭ. އެކަމުގެ ސަބަބުން ގެއްލުންވާނީ އާއްމު ރައްޔިތުންނަށް ސަރުކާރަށް އޮޓަމެޓިކުން ކަރުނަ ބޭލުނަސް އެއީމާބޮޑުކަމަކަށް ނުވޭ
އެދުރުކަލޭފާނު
22 November 2020
މިސަރުކާރު ހީކުރާ ގޮތުން ޕާކާއި ފުޓްސަލް ދަނޑުތަކަކީ ރއްޔިތުން ނުކައިވެސް ބޭނުންވާ ކަންތައް. ބުނަންތަ ވާހަކައެއް ފުރތަމަ ގައުމުގެ މަގުތައް ހަދާބަލަ!
211111
22 November 2020
ސަރުކާރުން ބޭރުމީ ހުނާގެން އެއުޅެނީ އ.ދ ގެ ހިޔުމަންރައިޓް ގޮނޑި ކާމިޔާބުކުރަން... ދިވެ ހިނައް ހުރި ހާ އުދަގުލެއް ދިވެ ހިން ހުރި ހާ ޖޫރިމަނާއެއް ވަނީ ، މަސައްކަތް ކުރާކައް ވޯކްވިސާއެއް ބޭނުމެއް ނުވޭ ބޭނުން ކަމެއް ކުރަންވީ ..... ދިވެ ހިންނައް ހުރިހ ހާ އުދަގުލެއް
ނަހޫ
22 November 2020
ދެން ހުކުރު ދުވަހު ތިޔަ ޕާކާ ކާރި ނުވިއްޔާ ރަނގަލު ވާނީ . މުޅި ޕާކު އޮންނާނީ ބަންގާޅީންގެ އަތްދަށުގަ. ކުޑަކުއްޖަކު ފައިޖައްސާލާނެ ތަންކޮޅެއްވެސް ލިބިއްޖިއްޔާ ރަގަޅު. ކުޜާނީ ކީއް ؟ ކޮންމެ ކަމެއްގަވެސް މިނޫންގޮތެއް ނެތް.
ފޫހި
22 November 2020
މިސަރުކާރަކީ ބިދޭސީން ކައއތިރިވިއްދައިގެން ހިންގާ ބިދޭސީންނަށް ވެރިކަން ކޮށްދޭބައެއް.
ދޮންބެއްޔާ
21 November 2020
މިކަހަލަ ހުރިހާ ކަމެއް ކޮށްގެން މީހުން ޖަމާކޮށް މާލޭގައި ކޮވިޑް ކޭސްތައް އިތުރުކޮށްފަ ހުރިހާ ދުއްތުރާލެއް ޖައްސަނީ ރިޒޯޓް ސްޓާފުންނަށާއި ރަށްރަށު މީހުންނަށް.
ސްކިޕަރ
21 November 2020
އެމް.ޑީ.ޕީ ސަރުކާރުގެ ވަރަށް ބިޔަ މަޝްރޫޢެއް ނިންމާލައިފި. އިބޫ ވަރެއް ނެތް
ޜިމްޝާ
21 November 2020
ސަލްޓަން ޕާކްގެ ނަން ބަދަކު ކުރުން ނޫން ކަމެއް ނުކުރޭ. ވިންޓަރ ޕާކް ބޭރުގައި ޖޭމް ގަސް ހެދި އެތާ ކޫލިން ސިސްޓަމް ހަލާކު ވާ ވަރުވެއްޖެ.
ގަމަރު
21 November 2020
ހުޅުވިދުވަހު ޝިފާއްތަ ޓީޝާޓުކޮޅެއްލައިގެންދިއުން ސަކަރާތް.
ދެރަ
21 November 2020
ޢެއީ އެމީހުންގެ ރަސްމީ ވެސް ނުރަސްމީވެސް ހެދުން
ދޮންބެއްޔާ
21 November 2020
ކިހާ ސަޅި!
ނާސިރ
22 November 2020
ތެދެއްހަމަ. ޚަބަރުކިޔާ މީހުނާ، މޭޒުކައިރީ ތިބި ކުދިންކޮޅަށް ކުރި ބޭއިހުތިރާމެއް އެއީ. އެވަގުތު އެތަނަށް ރައީސް ނުދިޔަޔަސް އެވަރުކޮށްލާކަށް ނުޖެހޭ. މަ ހީކުރީ މާ ލަހުން ނިދާ ހޭލެވިގެން ގަޑިޖެހިގެން ގޮސް ހުރިކަމަށް.
ނަމެއްނެތި
21 November 2020
ހާދަހާވާ ބޮޑު ޕްރޮޖެކްޓެކޭ މި ނިންމާލީ. ސާބަހޭ ރައީސް އިބޫ.