ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހޯމް މިނިސްޓަރު އިމްރާން ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
23 ނޮވެމްބަރ 2020 - 10:29
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކުރީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަ ބެލުން ހުއްޓުވަން ކަމަށާއި ނަމަވެސް އެކަމުގައި ދޫނުދެއްވާނެ ކަމަށް އިމްރާން، ރައްޔިތުންގެ މަޖިލިހުގައި، މިއަދު ވިދާޅުވެއްޖެ އެވެ.
އިމްރާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ހުށަހެޅުއްވި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން އިމްރާން ވިދާޅުވީ އޭނާއާ ދެކޮޅަށް ހުށަހެޅީ ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ކަމަށެވެ. އެެއީ ބަހަނާއެއް ކަމަށް ސިފަކުރަައްވަމުން އިމްރާން ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ސަރުކާރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީ ފުރޮޅައިލުމެވެ.
"އަބަދުވެސް އަނިޔާވެރިވެރިކަމެއްގެ ހިޔަނީގައި ނާޖާއިޒް ނުފޫޒާއި ބާރާއި މުއްސަނދިކަން ލިބިގަންނަ ބަޔަކު ތިބޭނެ. އެފަދަ ވެރިކަމެއް ނެތިގެންދާ ކޮންމެ ފަހަރަކު އެވެރިކަމުގެ ފަސްބައިގައި އެލިގެން ތިބޭ ބަޔަކު އަދުލު އިންސާފަށް ހުރަސް އަޅައި، ގެއްލޭ ވެރިކަން އިއާދަކޮށް ގޮށްމުށުގެ ބާރު ހިންގަން އުޅޭކަން ތާރީހު ހެކިދޭ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރަތްކުރައްވާ އިމްރާން ވިދާޅުވި އެވެ.
"އެހެން ނަމަވެސް އިއްޒަތްތެރި ރައީސް އަޅުގަނޑު މިހުރީ ދޫދޭކަށް ނޫން."
އޭނާ ވިދާޅުވީ ފިއްތުންތައް ކުރިމަތިކުރިޔަސް ޖަލު ބަންދުގައި ހުންނަން ޖެހޭ މީހަކު ޖަލުން ނެރެދޭ މޭސްތިރިއަކަށް އޭނާ ވެވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއާ ހަވާލުކުރެއްވީ ޒަމާނީ އަދި ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށާއި އަމާންކަން ގާއިމްކުރަން ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ހޯމް މިނިސްޓަރު އިމްރާން ވަޑައިގެން އިންނެވިއިރު، އަރިހުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މާހިރު.---ފޮޓޯ: މަޖިލިސް
އިމްރާން ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ގެންދަވަނީ ރަނގަޅަށް ކުރައްވަމުންނެވެ. އަދި ކުރީގެ ސަރުކާރުގައި އެކަންކަން ކުރި ވަރަށް ވުރެ އެތައް ތަނަކުން ރަނގަޅަށް ކުރަައްވާފައިވާކަން ރައްޔިތުން ހެކިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން މަގާމުން ދުރުކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ. އޭނާގެ މައްސަލަ ބިނާކުރެއްވީ މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވާ ދޭހަވުމަށެވެ.
އިމްރާން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި އޭނާގެ ނިޔަތަކީ އެކަން އާދައިގެ ކަމަކަށް ހެއްދެވުމެއް ނޫނެވެ. އެ މައްސަލާގައި އާންމުންނަށް އޮޅުންއެރީ މީޑިއާއިން ކަވަރުކުރި ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް މައާފަށް ވެސް އެދިވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމަނިކެ
24 November 2020
މިއީ ދިވެހި ކަނބަލުންގެ މޫނުގަ ޖެހިތަފާވަރެއް.. އަދި ފެނިގެން މިދިޔައީ ސިޔާސީ މީހުންނަކީ އޮޅުވާލުމާ މަކަރުވެރިކަމަށް ފަސްނުޖެހޭނެ ބަދަވީންކަން
116ބާކީ
24 November 2020
ދައުލަތުގެ ބައިތުލްމާލު ދަވާލާ ޤައުމު އަނދަވަޅަކަށް ވައްޓާލި ބަޔަކަށް ދޫނުދީ ހިތްވަރާއި އެކު ޘާބިތުކަން މަތީ ހުންނެވުން އެއީ ޤައުމަށް ތެދުވެރި އިޚްލާޞްތެރި ޤައުމީ އަބްޠާލެއްގެ ހިތްމަތާއި މިންނަތްކަން ޔަޤީން ޤައުމު ތިކަމަށް ހެކިވާނެ ތިގޮތުގައި ހުންނަވައިގެން ކުރިޔަށް ވަޑައިގަންނަވާ ތިޔައީ ހެއުކަމެއްގެ ދޮރެކެވެ. ހެއުކަމެއްގެ ދޮރެކެވެ.
ގެދާނޯމޮސް
23 November 2020
ހިޖުރަ އޮޅި ހަމަބުއްދި ފިލާގޮސްފަވާ މީހުންނަކަށް ދީނެއްރައްބިއެއް މުނާފިގުންނެއް ވަތްކެއްނުވާނެއެވެ. ދެން ލަނޑަޔާ ވާނީ ލަނޑަޔާ އޭ ބުނާހެން ލަނޑަޔާއެކު އުޅެން ޖެހޭނެއެވެ.
އަހުމަދު ޗާބީބޮކާ
23 November 2020
މާޒީގަ ތިޔަބުނާ ދަންނަ ނުދަންނަ ބޭކަލުންނައް އިހުތިރާމުކުރީ ކަލޭމެން ތިޔަހަދާގެން އުޅޭ އަދާލަތުކިޔާ ޕާޓީއަކުން ދީނީ ޕޯޑިޔަމް ކިޔާ ސިޔާސީ ޕެކޭޖުވިއްކަނީ އިމޫ ހުދު ކަލޭ ނުވީތާކައް ދޯނި އިލްޔާސް މިއިން އެކަކުކިޔާ އެކައްޗެއްވެސް ރައްޔަތުން ގަބޫލުނުކުރާނެ ދެން ރަނގަޅައް ފެންބޮއެ
ޒުވާނާ.
23 November 2020
ތިކަހަލަ ގޮތްކުޑަ މީހުން ދޫނުދޭނެ ފާޅުގަ ހަގީގަތް ދެއްކިޔަސް ސަފާރީގަ އެހިނގި ކަންކަމައްވެސް ދުލެއްނުދީ އޮއްބާލީނު ދެންބުނީ ނޫސްވެރިންނައް މާނަ އޮޅުނިއްޔޭ ބުނާއިރު ތިމާޔައް ނޭނގެ ހިޖުރައޮޅިފަ މިހިރީ ތިމާކަން
ޙަބީބު.
23 November 2020
އިބުރާހިމު ބުނުއްވި ގޮތައް ދޮއްތޮ ސަފާރީ ކުޅިގަނޑުވެސް ތިޔަނިންމާލީ ނޫނޭވާ ޒަމާނީ ގޮތެއްތިޔައީ ސޭހުންނައް ހުތުރު ތިކަހަލަ ދެފުއްދެގޮތް މީހުންގެ ސަބަބުން
ޓިނު
23 November 2020
ސާބަސް
އޭނަމީނަ
23 November 2020
ޔާމީން އިރުގައި އިމްރާން ޖަލުގައި ހުންނަންޖެހުނުއިރު ފެނުނީ އަބަދުވެސް ގޭ ބަންދަށް ބަދަލުވެފައި ހުއްޓާ. އެކަމު އަނިޔާވެރީ ޔާމީނުކަމަށްވަނީ. ދެން އެކިޔަނީ ޖަލުބަންދުގައި ހުންނަންޖެހޭ މީހަކު ޖަލުން ނެރެދޭ މީހަކަށްނުވާނެކަމަށް. އެހެން ބުނާއިރު ޖަލުގައި ހުންނަން ޖެހޭ އެންމެ ބޮޑުމީހާ ހުރީ ޖަލުން ނެރެދީ ގޭގައި ބަހައްޓައިދީފައި. ސަރުކާރުން ބޭނުންވާ މީހުން ޖަލުން ނެރެދޭ މޭސްތިރިއަކަށް އިމްރާނު މިހާރު ވެނިމިފައި ހުރީ. ދެން އިތުރަކަށް ނުވެވޭނެ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
23 November 2020
އިމްރާން އަކީ ލީޑަރެއް. ކާމިޔާބު ލީޑަރެއް. މޭވާ ނާޅާ ގަހަކަށް ގަޅިއެށް ނޫކާނެ. @-ޖަމީލަށް ވުރެ ކާމިޔާބު @-އުމަރަށް ވުރެ ކާމިޔާބު @-ހަސަން ސައީދަށް ވުރެ ކާމިޔާބު ކާމިޔާބު ޕާޓީއެއްގެ ލީޑަރު. އިސްލާމީ ތައުލީމް ހުރި ބޭފުޅެއް އެމް.ޑީ.ޕީން ވެސް ދިމާކުރަން ޖެހެނީ ސިޔާސީ ލީގަށް ރޮނަލްޑޯ ފަދައިން ބާރު ބޮޑު ކުރުމުގެ ގާބިލްކަން ހުރީމަ، ވީމާ ކޯލީޝަނުންވެސް ވާދަވެރިންވެސް ތިޔަވަރު ކުރާނެ އޯކޭ ވާނެ. އިމްރާން އެހާ ގަމާރެއްނޫން ޕޮލިޓިކްސްގަ.
ޢަހުމަދު އީސަ
23 November 2020
އިމްރާނު މިނިސްޓަރުކަން ގެއްލިދާނެތީ ތިޔަދެން ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޑުވަރުދޯ ސޭހު ކިޔާތީ ވެސް ލަދުން ބޯހަލާކު ބޮޑުދޮގުވެރިއެއް