މާލެ ދެކުނު ފަރާތު ފަޅުތެރޭގައި ލޯންޗުތަކެއް އަޅާފައި: އެ ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި-
24 ނޮވެމްބަރ 2020 - 11:06
މަރުވެފައި އޮތް ފިރިހެނަކު މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން މިއަދު ހެނދުނު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު 9:45 ހާއިރު ލިބިފައިވާ ކަމަށާއި އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައީ 50 އަހަރުން މަތީގެ ބިދޭސީއެއް ކަމަށާއި އެ މީހާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޅަބޭ
24 November 2020
މިހާރު ގޮތް ނޭނގޭ މަރުތަކާބެހޭ ކޮމިޝަނައް ވީގޮތެއްވެސް ނޭނގޭޭ، ދެއްތޯ
ރަދީފްއޮފިޝިއަލް
24 November 2020
انا لله وانا اليه راجعون . ވަރަށް ހިތާމަވެރި ހަބަރެއް.ދުރުގަ ތިބި އާއިލާގެ މީހުންނަށް މިހަބަރު ލިބޭއިރު އެމީހުންގެ އިހްސާސް ހުންނާނެގޮތް ހިތަށްއެރީމަ ވަރަށް ދެރަވޭ.
ފޫހި
24 November 2020
އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުން؟ ނިމުނީ