24 ނޮވެމްބަރ 2020 - 13:18
ދަރިވަރުންގެ "ޔުނިފޯމް އެކްސްޗޭންޖް" ޕްރޮމްރާމެއް ކުރިއަށް ގެންދަން ނިންމައި، ޔުނިފޯމްތައް ސްކޫލާ ހަވާލުކުރަން ހިތަދޫ ސްކޫލުން ހުޅުވާލައިފި އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ ސްކޫލުން ބުނިގޮތުގައި އަހަރު ނިމުމުން ޔުނިފޯމް އެއްލާލުމުގެ ބަދަލުގައި ބޭނުންކުރެވޭ ފެންވަރަށް ހުރި ޔުނިފޯމް ބޭނުން ޖެހިފައިވާ ދަރިވަރުންނަށް ލިބޭނެ ގޮތެއް ހަމަޖެހިފައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ އެވެ.
ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ސްކޫލްތަކުގައި ކިޔަވައިދިނުން ގިނަ ދުވަސްތަކަކަށް މެދުކަނޑާލަން ޖެހުމުން ދަރިވަރުންނަށް މި އަހަރު ސްކޫލްގެ ޔުނިފޯމް ބޭނުން ކުރަަން ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ވާތީ އެފަދަ ޔުނިފޯމްތައް އަހަރު ނިމުމުން އެއްލާލަން ޖެހޭ ވަރަށް ވުރެ އާ ވާނެ ކަމަށް ހިތަދޫ ސްކޫލު ބުންޏެވެ.
އެހެންވެ މި އަހަރު ބޭނުންކުރި ޔުނިފޯމް އަންނަ އަހަރު ބޭނުން ނުކުރެވޭ ދަރިވަރުންގެ ޔުނިފޯމްތައް ހަވާލުކުރަން ސްކޫލުން ބެލެނިވެރިންގެ ކިބައިން އެދިފައިވެ އެވެ.
"މިކަމަށް އެހީތެރިވުމުގެ ގޮތުން ސްކޫލުން ގަސްތުކުރަނީ ޔުނިފޯމް އެކްސް ޗެންޖް" ޕްރޮގްރާމްއެއް ސްކޫލްގައި ފެށުމަށެވެ." ހިތަދޫ ސްކޫލުން ނެރުނު ބަޔާނެއްގައި ބުންޏެވެ. "މިގޮތުން ދަރިވަރުންނަށް ސައިޒުން ކުޑަވެފައި ހުރި ޔުނިފޯމްތައް ސްކޫލްއާއި ހަވާލުކޮށްދިނުމުން، ބޭނުންވާ އެހެން ބެލެނިވެރިންނަށް ޔުނިފޯމް ލިބޭނެ ގޮތް ސްކޫލުން ހަމަޖައްސާނެ އެވެ."
ދެ ޖިންސްގެ ދަރިވަރުންގެ ރަސްމީ ޔުނިފޯމްގެ އިތުރުން އެކްޓިވިޓީ ޔުނިފޯމް ވެސް ހަދިޔާކުރެވޭނެ އެވެ. މީގެ އިތުރުން ބޫޓާ އިސްޓާކީނު ވެސް ހަދިޔާކުރެވޭނެ ކަމަށް ހިތަދޫ ސްކޫލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސް ދޭތެރެ
25 November 2020
ސ. ހިތަދޫ ސްކޫލުން އިސްނަންގަވައިގެން ތިޔަ ކުރައްވާ މަސައްކަތް އެހެން ސްކޫލް ތަކުން ވެސް ބަލައިގަނެ، އެގޮތަށް މަސައްކަތް ކުރެއްވުން މުހިންމު. މި ވަޤުތަށް ވަރަށް ބޭނުން ތެރި ކަމެއް...
އަލީ ރާޖާ.
24 November 2020
ލ ކަމެއް ސ ކަަމެއް ނޭގުނު ހަބަރު ކިޔާނިމުން އިރު...
ރަގަޅު
24 November 2020
މީ ވަރަށް ރަގަޅު ކަމެއް. މާލެ ވެސް ހިމެނޭ ގޮތުން ހުރިހާ ސްކޫލެއްގައިވެސް މިކަން ހިންގަން ފެނޭ، އަޅުގަޑުގެ ޕްރައިމަރީ 2 އަންހެން ކުދިންގެ ޔުނިފޯމްތައް އެހުރީ ފެހިގޮތަށް ހުރެ ކުދި ވެފަ. މާލޭގަ ޕްރައިމަރީ ކުދިން ސްކޫލަށް ދިޔައީ މާޗް ބްރޭކާ ހަމައަށް. އާކަމުން އެއްލައިލަންވެސް ނުކެރޭހާ އާކޮށް ހުރީ
ށޖސޖސ
24 November 2020
ޜަގަޅު ކަމެއް ... ދ
ދާރުބެންޓެން
24 November 2020
ކޮވިޑު . ބަލައިގެން އުޅޭތި