ޗާންދަނީ މަގާއި ކެނެރީ މަގު ގުޅޭ ކަންމަތީގަ ހުންނަ ރެއިންބޯ ލިވިން މޯލް.---ފޮޓޯ/މިހާރު
25 ނޮވެމްބަރ 2020 - 17:28
ރެއިންބޮ އެންޓަޕްރައިސަސްގެ އަހަރީ ސޭލް މިއަދު ފަށައިފި އެވެ.
މިއީ ކޮންމެ އަހަރަކު ވެސް އަހަރުގެ ފަހުކޮޅު ރެއިންބޯއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށްދާނެ އެވެ.
ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ރެއިންބޯގެ ފިހާރަތަކުން 500ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ހުށަހާޅާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ތިން ނަސީބުވެރިންނަށް އެ ކުންފުނިން ވަނީ އައިފޯން 12 ޕްރޯ އިނާމުގެ ގޮތުގައި ހުށަހަޅައިފަ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތު ނެގުން އޮންނާނީ 27 ފެބްރުއަރީ 2021ގައި ކަމަށް ރެއިންބޯއިން ބުންޏެވެ. މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު އެކުންފުނީގެ ފޭސްބުކް ޕޭޖުން ލިބޭނެ އެވެ.
ރެއިންބޯ އެންޓަޕްރައިސަސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި، ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގާ ފިހާރަތަކުގެ ތެރޭގައި ރެއިންބޯ ލިވިންގް މޯލް، އާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދޫ އާއި ރެއިންބޯ އޮފީސް ސިސްޓަމާއި ރެއިންބޯ އައްޑޫ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy