އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރި ބައެއް އެސްއޯ ފުލުހުންތަކެއް--. ފޮޓޯ:ނިޝާން އަލީ/މިހާރު
04 ޑިސެމްބަރ 2020 - 15:48
ފުލުހުންގެ ހިދުމަތުގެ ބިިލް ފާސްވުމުން ފުލުހުންނަށާއި އެ މުއައްސަސާއަށް މީގެ ކުރިން ދުވަހަކު ވެސް އައިސްފައި ނުވާވަރުގެ ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ހިސާބުގައި އޮތް ބިލާ ގުޅޭގޮތުން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ފުލުހުންނަކީ ރައްޔިިތުން ރައްކާތެރިކުރުމާއި ޖިނާއީ އަދުލުގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އެހެންވެ ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަކަށް ދެވޭ ހިދުމަތަށް ވާންޖެހާ ކަމަށާއި އެ ގާނޫނު ތަންފީޒުވެގެންދާއިރު އެކަން ހާސިލްވެގެންދާނެ ކަމަށް ބުންޏެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމުން، ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމާއި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް އެ ހިދުމަތް ދެވޭނެ ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ހުރިހާ ކަމެއް ދުސްތޫރި ހަމަތަކާއި ގާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނި ހައްގުތަކަށް އިހުތިރާމްކޮށްގެން ފޯރުކޮށްދެވޭނެ ކަން ވެސް ފާހަގަކުރި އެވެ.
އެމްޑީޕީން ބުނިގޮތުގައި، ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންނަށް ތައުލީމާއި ތަމްރީނާއި ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަކަމާއެކު އެ ފުރުސަތުތައް ލިބޭނެ އެވެ. އެކަންކަމުގެ އިތުރުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްހީ ފަރުވާގެ ހިދުމަތް ކަށަވަރުކޮށްދިނުމާއި ފުލުހުންގެ ހިދުމަތުން ރިޓަޔާކުރުމުން މާލީ ރައްކާތެރުކަން ކަށަވަރުކޮށްދީ ހައުސިން ސްކީމްތައް ގާއިމްކޮށް އޭގެ ފައިދާ ފުލުހުންނަށް ލިބޭނެ ގޮތް ހެދުމަކީ ވެސް އެ ގާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަމެވެ.
އެ ބިލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީީޕީގެ ވައުދުގެ މައްޗަށް، ޑިމޮކްރެޓިކް ވެރިކަމެއްގައި ހުނަރުވެރިކަމާއެކު މަސައްކަތް ކޮށް ހިދުމަތްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުމަށް ހެދޭ ގާނޫނެއް ކަމަށް ބަޔާނުގައި ބުނެ އެވެ.
"މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެ ކުރިން ދުވަހަކު ވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ގާނޫނެކެވެ،" ބަޔާނުގައި ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަޤީޤަތް
05 December 2020
އެމްޑީޕީ އިން މަސައްކަތް މި ކުރަނީ ރައްޔިތުންނަށް ކޯއްޗެއް އޮޅުވާލަންބާ؟ އެ ބިލުގަ އޮތް އެއްޗެއް މަވެސް ކިޔައިފިން. އޭގެން ސާފުވި އެއްކަމަކީ ފުލުސްމީހާއަށް ބާރުގެ ބޭނުންކުރަން ނުކެރޭމިންވަރަށް ފުލުސްމީހާއަށް ބިރުދައްކާފަ އޮތްކަން. އަދި ގޭންގްތަކާ ދެކޮޅަށް ފުލުހުންނަށް މަސައްކަތް ކުރަން ދަތިކޮށްފަ އޮތްކަން.
ހަސީނާ
05 December 2020
ބަނގުރާ ބޯ މީހުން ދެން ނުހިފެހެއްޓޭނެ! ސިޔާސީ ޕާޓީގެ ނިވާފަތްގަނޑުގައި ތިބި ބޮޑެތި ކުއްވެރިންށް ބޮޑު ފުރުސަތެއް!
ލިބޭނެ
05 December 2020
ލިބޭނެ ކުރިއެރުން ކޮންމެ ދުވަހަކު ނޫހުން އެބަ ފެނޭ. މައްސަލަ ތަހްގީގުކޮށް ނުނިމިގެން ކުށްވެރިން ދޫވާނީ.
ރޮބީ
05 December 2020
ފުލުހުންގެ ތެރޭގައި ގިނައީ އޯލެވެލުން ފާސްނުވާތީ ލާރި ހޯދަން ވަންނަ މީހުން
ގެދާނޯމޮސް
04 December 2020
ފުލުހުންނަކީ ދައުރު ފެންނަމުންދަނީ މިރާއްޖޭގައި މިހާރު މިއޮތް ޤާނޫނު އަސާސީ ގެ ކުރިމަތީގައި ފޫނެތްދާންޏަކުން ފެންފުރާބަޔެއްގެ ގޮތުގައެވެ.
ޔާނު
04 December 2020
އެމް ޑީ އެން އަށް ފައިނަލީ މިނިވަންކަން ލިބޭނެ ތިޔަ ބިލުން.
ސިފޫން
04 December 2020
އެމްޑީޕީން ބުނާ އެއްޗެއް ތެދުކަމަށް ގަބޫކުކުރުމަކީ މޮޔަކަމެއް...ފުލުހުންނަށް ލިބޭނެ ކަމަށް ތިބުނާ ކަންކަމަކީ މިހާރުވެސް ލިބޭ ބައެއް ކަންކަން..ދެން ފެންނާނީ އެކިއެކި ފުލުހުން ބަގާވާތް ކުރިކަމަށްބުނެ އުފުރާލާތަން...
ބޮޑުވަޒީރު
05 December 2020
އޭގެ ކުރިން އަންނި އުފުރާލާނެ
ކުޑޭ
04 December 2020
އަންނިއެއް ފުލުހުންނަކަށް ހެވެއް ނޭދޭނެ!
1828
04 December 2020
ފުލުހުން އަނިއަކަށްވެސް އަދި އެމްޑީޕީއަކަށްވެސް ހެވެއް ނޭދޭނެ. އަދި އެމްސީ ހަމީދު ކަމިޝަނަރ އޮފް ޕޮލިސްއަކަށް ހުއްޓަކަސް.
1828
04 December 2020
ކަމިޝަނަރ އޮޕް ޕޮލިސް އަދި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އަކީ ސިޔާސީ މަޤާމުކަމަށް ވާހާ ހިނދަކު ފުލުހުންގެ މުއައްސަސާ ރަނގަޅެއް ނުވާނެ. ތިޔަ ބިލުން މާލޭ ފުލުހުންނާއި ރާއްޖެތެރޭ ފުލުހުންގެ ދެމެދުގައި އޮތް ތަފާތުކުރުން ނައްތާނުލެވޭކަމަށްވަނީ ނަމަ ތިޔަ ބިލުގެ ބޭނުމެއްނެތް.